ފޮޓޯ: ނިއުއަރަބް.ކޮމް
ފޮޓޯ: ނިއުއަރަބް.ކޮމް
ދުނިޔެ 21 Sep 2026 | 09:02

ޣައްޒާގައި ވެއްޓެން ކައިރިވެފައިވާ އިމާރާތްތައް ތަޅައިލުމުގެ ބޮޑު މަޝްރޫޢެއް ފަށައިފި

އިސްތިއުމާރީ އިސްރާއީލުގެ ޢުދުވާނީ ހަމަލާތަކުގައި ބޮޑެތި ގެއްލުން ލިބި ވެއްޓުމުގެ ބިރު ހީވެފައިވާ 255 އިމާރާތެއް ހުސްކޮށް ތަޅައިލުމުގެ މަސައްކަތް ޣައްޒާގައި ފަށައިފިއެވެ.

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން އިސްނަގައިގެން ބޯހިޔާވަހިކަމާ ބެހޭ ވުޒާރާއާއި އދ. ގުޅިގެން ހިންގާ މި މަޝްރޫޢުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންގެ ފުރާނައަށް ކުރިމަތިވެފައިވާ ނުރައްކާ ކުޑަކުރުމެވެ.

ސެޕްޓެމްބަރު 16 ވަނަ ދުވަހު އަލް-ސަޢާދާ އިމާރާތް ވެއްޓި 21 މީހުން ޝަހީދުވި ހާދިސާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވެއެވެ.

ނުރައްކާތެރި ސަރަޙައްދުތަކުގައި އިންޒާރުގެ ބެރިކޭޑް ޖެހުމާއި ވަގުތީ ބޯހިޔާވަހިކަން ހަމަޖެއްސުމުގެ މަސައްކަތް އެހީދޭ ޓީމުތަކުން ވިލަރެސްކުރަމުން ގެންދެއެވެ.

ޚާއްޞަ އިންޖިނޭރުންގެ ކޮމިޓީތަކުން ނާޒުކު ޙާލަތުގައި ހުރި ތަންތަން ބަލައި އެ ތަންތަނުގައި ދިރިއުޅޭ މީހުން ދަފްތަރުކުރަމުން ގެންދެއެވެ.

ޣައްޒާގެ އެކި ހިސާބުތަކުން ގާތްގަނޑަކަށް 3000 އިމާރާތެއް ނުރައްކާތެރި ފެންވަރެއްގައި ހުރި އިރު ގެއްލުން ލިބިފައިވާ ޢިމާރާތްތައް ވެއްޓިގެން މިހާތަނަށް 61 މީހުން ޝަހީދުވެފައިވާ ކަމަށް ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

ނަމަވެސް އިސްރާއީލުގެ ޙިޞާރުގެ ސަބަބުން ބޮޑެތި މެޝިނަރީ ނުވެއްދުމާއި ފައިސާގެ ދަތިކަމާއި މީހުން ވަޒަންވެރިކުރުވާނެ ސާފު ބިމެއް ނެތުމުގެ ހުރަސްތައް ބޮޑު ކަމަށް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.

އެ ސަބަބުތަކާ ހެދި ބަދަލު ބޯހިޔާވަހިކަމެއް ނެތި އެތައް ހާސް ބަޔަކު ރެނދުލައި ހަލާކުވެފައިވާ އިމާރާތްތަކުގައި ދިރިއުޅެން މަޖުބޫރުވެފައިވެއެވެ.

2025 ވަނަ އަހަރުގެ އޮކްޓޫބަރު 10 ގައި ޤަތުލުޢާންމު ހުއްޓައިލުމަށް އެއްބަސްވި ފަހުންވެސް ފޭލިގެ ނެތުމާއި ވަގުތީ ހިޔާ ބިނާކުރަން ބޭނުންވާ ސާމާނު އެތެރެކުރުމަށް އިސްރާއީލުން ހުރަސް އެޅުމުގެ ސަބަބުން ގިނަ އިމާރާތްތައް ވެއްޓިފައިވެއެވެ.

ބޯހިޔާވަހިކަމުގެ ސާމާނު ޣައްޒާއަށް ވެއްދުމުގެ ހުއްދަ ދިނުމަށް ބައިނަލްއަޤުވާމީ ފަރާތްތަކުން ތަކުރާރުކޮށް ގޮވައިލި ނަމަވެސް އިސްރާއީލުން އެ ގޮވައިލުންތަކަށް އިޖާބައެއް ދީފައެއް ނުވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރުގައި ފެށި ޢުދުވާނުގައި ފަލަސްޠީނުގެ 73000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 174000 މީހުން ޒަޚަމުކޮށްލާފައިވާ އިރު ޣައްޒާގެ އުމްރާނީ ވަސީލަތްތަކުގެ ގާތްގަނޑަކަށް 90 އިންސައްތަ ވަނީ ގެއްލުންވެ ނުވަތަ ސުންނާފަތިވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ
02 Nov 2026 ދުނިޔެ

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ

އެމެރިކާގެ ދެކުނު ފްލޮރިޑާގެ މީހުން ދިރިއުޅޭ އަވަށަކަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން ހިމެނޭހެން ނުވަ މީހަކު މަރުވެއްޖެއެވެ.

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް
27 Oct 2026 ދުނިޔެ

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް

އެ ޖަމިއްޔާއިން ބުނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އެތައް ހާސް ކުޑަކުދިންނަށް ތަޢުލީމު ޙާޞިލުކުރުމުގެ ޙައްޤުން މަޙްރޫމުވެ، ސްކޫލަށް ދިއުމަކީ ނުރައްކާތެރި ކަމަކަށް ވެފައިވާ ކަމަށެވެ

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް
21 Oct 2026 ދުނިޔެ

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް

އެ މިނިސްޓްރީން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 175،604 މީހަކަށް އަނިޔާވެފައިވެއެވެ.

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި
07 Oct 2026 ކުޅިވަރު

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި

ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕ...