ދުނިޔެ 30 Apr 2023 | 00:49

ފަލަސްޠީނުގެ 16 އަހަރުގެ ކުއްޖަކު ޝަހީދު ކޮށްލައިފި

އިޒްރާއިލް ސިފައިން ފަލަސްޠީނުގެ 16 އަހަރުގެ ކުއްޖަކު ޝަހީދު ކޮށްލައިފިއެވެ.

ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން ބުނީ، އިޒްރާއިލް ސިފައިން ބެތަލްހަމް އަވަށް ކައިރީގައި އެ ޒުވާނާގެ މެޔަށް އަމާޒުކޮށް ބަޑި ޖަހައި މަރައިލައިފައިވާ ކަމަށެވެ.

ފަލަސްޠީނުގެ މީޑިއާ އިން ބުނެފައިވަނީ ބަޑި ޖެހުމުގެ މި ހާދިސާ އަކީ އިޒްރާއިލް ސިފައިންނާއި ފަލަސްޠީނުގެ ޒުވާނުންގެ ގްރޫޕަކާއި ދެމެދު ބެތަލްހަމަ ކައިރީގައި ހިންގި ހަމަލާބަދަލު ކުރުން ތަކެއްގެ ތެރޭގައި ހިނގި ބަޑި ޖެހުން ތަކެއް ކަމަށެވެ.
މަންޒަރު ދުށް ފަލަސްޠީނުގެ މީހަކު ރޮއިޓާސް އަށް ބުނި ކަމަށް އަލްޖަޒީރާގައި ބުނެފައިވަނީ ފަލަސްޠީނުގެ ޒުވާނުން އެމީހުންގެ ދިފާޢުގައި ބޭނުން ކޮށްފައިވަނީ އޮއް ގައު ކަމަށެވެ. އަދި އިޒްރާއިލް ސިފައިން އެޒުވާނުންނަަށް ކަރުނަ ގޭހާއި ބަޑިން ހަމަލާދީފައި ވާކަމަށެވެ.

ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން ބުނެފައިވަނީ މެޔަށް ބަޑި ޖެހުމުގެ ސަބަބުން ޝަހީދު ވެފައިވަނީ މުޞްޠަފާ ޞަބާޙު ނަމަކަށް ކިޔާ ޒުވާނެއް ކަމަށެވެ.

އިޒްރާއިލް ސިފައިން ބުނެފައިވަނީ ފަލަސްޠީނުގެ ޒުވާނުންގެ ގްރޫޕަކުން އިޒްރާއިލް ސިފައިންގެ ގްރޫޕެއްގެ ތެރެއަށް އޮއްގަލުން ހަމަލާ ދީފައި ވާކަމަށެވެ. އަދި ބަޑި ޖެހީ އޮއްގަލުން ދިން ހަމަލާތަކުން ދިފާޢު ވުމަށް ކަމަށެވެ.

އަދި ކަން ހިނގައި ދިޔަ ގޮތް ތަހުޤީޤު ކޮށް ބަލަމުން ދާ ކަަމަށެވެ. މިހާދިސާ ހިނގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި ހަމަ އެދުވަހު ހިނގި އެހެން ހާދިސާ އެއްގައި އިޒްރާއިލް ސިފައިން ވަނީ ފަލަސްޠީނުގެ މީހަކު ޝަހީދުކޮށްލައިފައެެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް
27 Oct 2026 ދުނިޔެ

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް

އެ ޖަމިއްޔާއިން ބުނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އެތައް ހާސް ކުޑަކުދިންނަށް ތަޢުލީމު ޙާޞިލުކުރުމުގެ ޙައްޤުން މަޙްރޫމުވެ، ސްކޫލަށް ދިއުމަކީ ނުރައްކާތެރި ކަމަކަށް ވެފައިވާ ކަމަށެވެ

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް
21 Oct 2026 ދުނިޔެ

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް

އެ މިނިސްޓްރީން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 175،604 މީހަކަށް އަނިޔާވެފައިވެއެވެ.

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި
07 Oct 2026 ކުޅިވަރު

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި

ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕ...