ވޯޓް ކަރުދާސް ފޮޓޯ ނެގި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް
މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓް ލުމަށް ވޯޓްލާ މަރުކަޒަށް ގޮސް ވޯޓް ކަރުދާސް ކޮޅު ފޮޓޯ ނެގި މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދްމަތުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ ފުވައްމުލަކުގައި ވޯޓް ކަރުދާސް ފޮޓޯ ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް އޭނާ މިހާރު ދޫކޮށްލެވިފައިވާ ކަމަށެވެ.
ވޯޓުލާ މަރުކަޒަށް ފޯނާއި ކެމެރާ އަދި މަންޒަރާއި އަޑު ރިކޯޑް ކުރެވޭ އެއްޗެހި ވެއްދުމަކީ މަނާ ކަމަކެވެ.
އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް މިފަދަ ބައެއް މައްސަލަތައް ފުލުހުންނަށް ހުށައެޅިފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް