ރައީސް ޞާލިހު ވޯޓު ލައްވައިފި!
ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ސާލިހް ވޯޓު ލައްވައިފިއެވެ.
ރައީސް ވޯޓު ލެއްވީ ޖަމާލުއްދީން ސްކޫލްގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ. ވޯޓުލެއްވުމަށް ފަހު ރައީސް ސޯލިހް ވަނީ ވަނީ ވީހާ ވެސް އަވަހަށް ނިކުމެ ވޯޓު ލާން ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.
ރައީސް ޞާލިހުގެ އިތުރުން މިއިންތިޚާބުގައި ވާދަ ކުރައްވާ ޑރ. މުއިއްޒު ވަނީ ވަރަށް ހެނދުނާ ވޯޓު ލައްވާފައެވެ.
ހެނދުނު 10 ޖެހުމާއި ހަމައަށް 56،500 އަށްވުރެ ގިނަ މީހުން ވަނީ ވޯޓު ލާފައެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ޢަދަދަކީ 282،804 މީހުންނެވެ. ލަންޑަންގެ ވޯޓު ފޮއްޓާއި އަބޫދާބީގެ ފޮށިނޫން އެހެން ހުރިހާ ފޮއްޓެއްގެ ވޯޓް ލުން 8:00 ފެށިގެން ގޮސްފައިވާއިރު ވޯޓް ކިޔު ބަންދު ކުރާނީ 5:00 ގައެވެ.
އީސީ އިން ބުނެފައިވައިވަނީ ސަބަބެއް މެދުވެރިވެގެން ވޯޓް ލުން ލަސްކޮށް ފެށުނު ނަމަވެސް ވޯޓް ކިޔު ބަންދު ކުރާ ވަގުތު ފަސް ނުކުރާނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް