ރައީސް ނަޝީދު ވޯޓު ލައްވައިފި!
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއަދު އެކެއް ޖެހުމާ ހަމައަށް 149،524 މީހުން ވަނީ ވޯޓުލާ ފައެވެ. އެއީ ވޯޓުލެވޭ މީހުންގެ %52.87 މީހުން ކަމަށްވާއިރު މިހާރު ވޯޓު ނުލާ ތިބީ 133،280 މީހުންނެވެ. އެއީ %47.13 މީހުންނެވެ.
މިހާތަނަށް އައިއިރު ވޯޓުލާފައި ވަނީ 73،234 އަންހެނުންނާއި 76،290 ފިރިހެނުންނެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ޢަދަދަކީ 282،804 މީހުންނެވެ. ލަންޑަންގެ ވޯޓު ފޮއްޓާއި އަބޫދާބީގެ ފޮށިނޫން އެހެން ހުރިހާ ފޮއްޓެއްގެ ވޯޓް ލުން 8:00 ފެށިގެން ގޮސްފައިވާއިރު ވޯޓް ކިޔު ބަންދު ކުރާނީ 5:00 ގައެވެ.
އީސީ އިން ބުނެފައިވައިވަނީ ސަބަބެއް މެދުވެރިވެގެން ވޯޓް ލުން ލަސްކޮށް ފެށުނު ނަމަވެސް ވޯޓް ކިޔު ބަންދު ކުރާ ވަގުތު ފަސް ނުކުރާނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް