ޑޮލަރު
ޑޮލަރު
ދުނިޔެ 02 Sep 2026 | 04:18

މެދުއިރުމަތީގެ ހާލަތާ ގުޅިގެން ބައިނަލްއަޤުވާމީ ފައިސާގެ ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުތަނުން މަތިވެއްޖެ

މެދުއިރުމަތީގައި ހަމަނުޖެހުން ބޮޑުވެ ތެލުގެ އަގު އުފުލުމާ އެކު އެމެރިކާ ޑޮލަރުގެ އަގު ދެ ހަފުތާ ތެރޭ ވަރަށް މައްޗަށް ޖެހިލައިފިއެވެ.

ޔެން އާއި ޔޫރޯ ހިމެނޭ ގޮތަށް ހަ ފައިސާގެ ބާވަތަކާ އަޅައި ބަލާ ޑޮލަރު އިންޑެކްސް 0.11 އިންސައްތަ އިތުރުވެ 99.79 ގައި ހުރީ ފައިތުވި ދެ ހަފްތާގައިވެސް ނުދާހާ މަތީގައެވެ. ޔޫރޯ 0.13 އިންސައްތަ ދަށަށް ގޮސް 1.1577 ޑޮލަރުގައި ހުރިއިރު ޑޮލަރުގެ އަގު މަތިވެފައިވަނީ ޓްރެޒަރީ ބޮންޑުގެ ފައިދާ ބޮޑުވެ ފެޑެރަލް ރިޒާވުން އިންޓަރެސްޓް ރޭޓު އުފުލާނެ ކަމަށް ލަފާކުރެވޭތީއެވެ.

އެމެރިކާއިން އަންގާރަ ދުވަހު އީރާނަށް ވައިގެ ވަރުގަދަ ހަމަލާތަކެއް ދީ ރައްދުގައި އީރާނުން ހަމަލާ ބަދަލުކޮށްފައިވާ އިރު މިއީ ފާއިތުވެ ދިޔަ ހަފުތާތަކުގެ ތެރޭ ހާލަތު އެންމެ ބޮޑަށް ގޯސްވި ފަހަރެވެ.

ބުދަ ދުވަހު ބްރެންޓް ފިއުޗާޒް 1.15 އިންސައްތަ އުފުލި ފީފާއެއް 95.74 ޑޮލަރުގައި ހުރި އިރު ވެސްޓް ޓެކްސަސް އިންޓަމީޑިއެޓް (ޑަބްލިއުޓީއައި) ކްރޫޑް 0.85 އިންސައްތަ މައްޗަށް ގޮސް ފީފާއެއް 91.05 ޑޮލަރަށް އެރިއެވެ.

ޖެނެޖާނީ ޔެންގެ އަގު 0.08 އިންސައްތަ ދަށްވެފައިވާއިރު ބެންކް އޮފް ޖެޕެން (ބީއޯޖޭ)ގެ ގަވަރުނަރު ކާޒުއޯ އުއެޑާ އާ ބައްދަލުކުރައްވައި ޔެންގެ ބަލިކަށިކަމާ ދެކޮޅަށް "ހަރުދަނާ" ފިޔަވަޅު އެޅުމަށް އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވި ކަމަށް ޓްރެޒަރީ ޑިޕާޓްމެންޓުން ބުންޏެވެ. ބީއޯޖޭގެ ބޯޑު މެންބަރު ހަޖިމެ ޓަކާޓާ ބުނީ އިންފްލޭޝަންގެ ހާލަތާ އެއްވަރަށް ހަލުއި ގޮތެއްގައި ރޭޓު ބޮޑުކުރަން ޖެހޭ ކަމަށެވެ.

ސީއެމްއީ ގްރޫޕުގެ ފެޑްވޮޗް ޓޫލުން ދައްކާ ގޮތުގައި ސެޕްޓެމްބަރުގައި ފެޑުން ރޭޓު ބޮޑުކުރާނެ ކަމުގެ ފުރުސަތު މިހާރު 68 އިންސައްތައަށް އެރީ ހަފުތާއެއް ކުރިން ގާތްގަނޑަކަށް 40 އިންސައްތައިގައި ހުރެފައެވެ. ފެޑް ގަވަރުނަރު މައިކަލް ބާ އަންގާރަ ދުވަހު ބުނީ އިންފްލޭޝަން އަވަހަށް ތިރި ނުވެއްޖެ ނަމަ ރޭޓު ބޮޑުކުރަންވީ ވަގުތު ޖެހުނީ ކަމަށެވެ.

އެމެރިކާގެ 10 އަހަރުގެ ބެންޗްމާކް ނޯޓުގެ ޔީލްޑް 4.81 އިންސައްތައަށް އެރީ 2023 ވަނަ އަހަރުގެ ނޮވެމްބަރުގެ ފަހުން އެންމެ މަތީ ހިސާބަށެވެ. ޖެޕެނީޒް 10 އަހަރުގެ ޔީލްޑް ވެސް 3.01 އިންސައްތައަށް ވާސިލުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބިރުދައްކަމުން މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދެއް ނުކުރެވޭނެ: ޕެޒެޝްކިޔާން
21 Oct 2026 ދުނިޔެ

ބިރުދައްކަމުން މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދެއް ނުކުރެވޭނެ: ޕެޒެޝްކިޔާން

ޕެޒެޝްކިޔާންގެ މި ވާހަކަ ގެނެސްދީފައިވަނީ އީރާނުގެ ދައުލަތުގެ މީޑިއާއިންނެވެ. އީރާނަށް މަގުތައް ބަންދުކޮށް، ބިރުދައްކަމުން ދިއުމާއެކު ބައްދަލުވުމަކަށް ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

އިރާގުގެ ބޮޑުވަޒީރަށް އަރާގްޗީ: ސިޔާސީ ގުޅުންތައް ހީނަރުކުރީ އެމެރިކާއިން
18 Oct 2026 ދުނިޔެ

އިރާގުގެ ބޮޑުވަޒީރަށް އަރާގްޗީ: ސިޔާސީ ގުޅުންތައް ހީނަރުކުރީ އެމެރިކާއިން

އަރާގްޗީ މިހެން ބުނެފައިވަނީ، ބަގްދާދުގައި ބާއްވަމުންދާ އޯއައިސީގެ ބައްދަލުވުމުގެ ސައިޑްލައިންގައި އިރާގުގެ ބޮޑުވަޒީރާ ކުރި ބައްދަލުވުމެއްގައި ވާހަކަދައްކަމުންނެވެ. އެގޮތުން، އޭނާ ވަނީ ހަނގުރާމަ ނިންމާލުމުގެ ސިޔާސީ މަސައްކަތްތައް އެމެރިކާއިން ހަލާކުކުރި ކަމަށް ތުހުމަތުކޮށްފައެވެ.

ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
08 Oct 2026 ދުނިޔެ

ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ

މެދުއިރުމައްޗާއި ހޮރްމޫޒް ކަނޑުއޮޅީގައި ޝިޕިން ލައިންތަކަށް ދެމުންދާ ހަމަލާތައް އިތުރުވެ، ތެލުގެ ސަޕްލައިއަށް އޮތް ގޮންޖެހުންތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުތަނުން މައްޗަށް ގޮސް، ފީފާއެއް...

އެމެރިކާއިން 3 ވަނަ އެއާކްރާފްޓް ކެރިއާއެއް މެދުއިރުމައްޗަށް ފޮނުވަނީ
02 Oct 2026 ދުނިޔެ

އެމެރިކާއިން 3 ވަނަ އެއާކްރާފްޓް ކެރިއާއެއް މެދުއިރުމައްޗަށް ފޮނުވަނީ

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާއިން 3 ވަނަ އެއާކްރާފްޓް ކެރިއާއެއް މެދުއިރުމައްޗަށް ފޮނުވަން ނިންމާފިއެވެ. އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައ...

އީރާނުގެ ވައިގެ ދަތުރުފަތުރަށް އެމެރިކާއިން ދަތިކުރާ މައްސަލަ އދ އަށް
28 Sep 2026 ދުނިޔެ

އީރާނުގެ ވައިގެ ދަތުރުފަތުރަށް އެމެރިކާއިން ދަތިކުރާ މައްސަލަ އދ އަށް

އީރާނުގެ ވައިގެ ދަތުރުފަތުރަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އެޤައުމުން އެ މައްސަލަ އދ. އަށް ހުށަހަޅައިފިއެވެ. އީރާނުގެ ސިވިލް އޭވިއޭޝަންގެ ވެރިޔާ އަބޫޒާރް ޝީރޫދީ ވިދާޅުވި...

އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
27 Sep 2026 ދުނިޔެ

އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

އެމެރިކާއިން އީރާނާ ދެކޮޅަށް އައު ހަނގުރާމައެއް ފަށައިފި ނަމަ އިންޑިއާ ކަނޑުގައި ދުއްވާ އެމެރިކާގެ ހަނގުރާމަމަތީ އުޅަނދުތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ސިފައިން ދީފިއ...