ގްރީސްގައި އަލިފާން ރޯވެ އަންދަނީ: ފޮޓޯ/ ޓެލެގުރާމް
ގްރީސްގައި އަލިފާން ރޯވެ އަންދަނީ: ފޮޓޯ/ ޓެލެގުރާމް
ދުނިޔެ 12 Aug 2024 | 06:35

ހޫނުމިން މަތިވެ، ގްރީސްގައި އަލިފާން ރޯވެ އަނދަނީ

ގްރީސްގެ އެތެންސްގެ ސަރަހައްދެއްގައި އަލިފާން ރޯވެ އެތައް ސަތޭކަ ބަޔަކު އެސަރަހައްދުން ނެރެން ޖެހިއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ އެތެންސް ކައިރީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާއެކު އަލިފާން ނިއްވާ ސިފައިން އަލިފާންނިއްވަން މަސައްކަތްކުރަމުން ދިޔައިރު، ވެރިރަށުގެ ބައެއް ސަރަހައްދުތަކުގައި ދުމުގެ އަސަރު ވަނީ ގަދަވެފަ އެވެ.

ފަޔަރ ބްރިގޭޑްގެ ތަރުޖަމާނު ވަސިލިސް ވަތުރަކޮގިއާނިސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހިނގި 40 އަލިފާނުގެ ހާދިސާގެ ތެރެއިން 33 އަލިފާނުގެ ހާދިސާއާ ގުޅިގެން އާދީއްތަ ދުވަހުގެ މެންދުރުގެ ވަގުތާ ހަމައަށް އަލިފާން ނިއްވާ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

އެސިވިލް ޕްރޮޓެކްޝަން މިނިސްޓަރު މީގެ އެއް ދުވަސް ކުރިން އިންޒާރު ދެއްވާފައި ވަނީ ހޫނުމިން މަތިވުމާއި ވައި ގަދަވުމާއި ހިރަފުހުގެ ސަބަބުން ގްރީސްގެ ދެބައިކުޅަ އެއްބައިގައި އަލިފާނުގެ ހާދިސާތައް ހިނގައިދާނެ ކަމުގެ ހައި ރިސްކް ގައި އޮތް ކަމަށެވެ.

އެގޮތުން އަންނަ ހަފުތާގައި މޫސުން އިތުރަށް ގޯސްވާނެ ކަމުގެ އިންޒާރު ތަޖުރިބާކާރުންދެއްވައިފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މުސާރަައިގެ މައްސަލަ ހޫނުވެ، ބަންގްލަދޭޝްގެ ފޭރާން ސިނާއަތް ހުއްޓުމަކަށް
02 Nov 2026 ދުނިޔެ

މުސާރަައިގެ މައްސަލަ ހޫނުވެ، ބަންގްލަދޭޝްގެ ފޭރާން ސިނާއަތް ހުއްޓުމަކަށް

މުސާރަ ކުޑަވުމާއި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލުމާ ގުޅިގެން، ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ކާރުޚާނާތަކުގެ އެތައް ހާސް މުވައްޒަފުންނެއް މަގުތަކަށް ނުކުމެ ކުރަމުންދާ ވަރުގަދަ މުޒާހަރާތަކުގެ ސަބަބުން، އެ ޤައުމުގެ އިޤްތިޞާދުގެ މައިނާރު ކަމަށްވާ އަންނައުނު އުފެއްދުމުގެ ސިނާއަތް މުޅިން ހުއްޓުމަކަށް އަތުވެއްޖެއެވެ.

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރަޔަންއެއާގެ ފައިދާ ދަށަށް ހިނގައްޖެ
02 Nov 2026 ދުނިޔެ

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރަޔަންއެއާގެ ފައިދާ ދަށަށް ހިނގައްޖެ

ކުންފުނިން ބުނި ގޮތުގައި ފައިދާ ދަށަށް ދިޔަ މައިގަނޑު ސަބަބަކީ ބައިނަލްއަގުވާމީ މާކެޓުގައި ތެލުގެ އަގު އުފުލުމާއި، އެމެރިކާއާއި އިސްރާއީލުން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޓިކެޓުގެ އަގުތަކަށް އައި ބަދަލުތަކެވެ.

ހުޅުމާލޭ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް؛ 5 މީހަކަށް އަނިޔާވި
01 Nov 2026 ހަބަރު

ހުޅުމާލޭ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް؛ 5 މީހަކަށް އަނިޔާވި

ހުޅުމާލެ ރުއްގަނޑު 1 ކައިރީގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުނަދޫގެ ބޮޑު އަލިފާނުގެ ހާދިސާ: ތަހުގީގަށް ފުލުހުންގެ ހާއްސަ ޓީމެއް
26 Oct 2026 ހަބަރު

ފުނަދޫގެ ބޮޑު އަލިފާނުގެ ހާދިސާ: ތަހުގީގަށް ފުލުހުންގެ ހާއްސަ ޓީމެއް

ށ. ފުނަދޫ ޕެޓްރޯލް ޝެޑްގައި އިއްޔެ ހެނދުނު ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ހާދިސާ ތަހުގީގު ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ޚާއްސަ ޓީމެއް މިއަދު ހެދުނު ފުނަދޫއަށް ފޮނުވަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުނަދޫ އަލިފާނުގެ ހާދިސާ: އެއް ގެއެއް ވަރަށް ބޮޑަށް އަނދައި ބޮޑެތި ގެއްލުންތަކެއް؛ ދުމުގެ އަސަރު ކުރި މީހުންނަށް ފަރުވާދެނީ
25 Oct 2026 ހަބަރު

ފުނަދޫ އަލިފާނުގެ ހާދިސާ: އެއް ގެއެއް ވަރަށް ބޮޑަށް އަނދައި ބޮޑެތި ގެއްލުންތަކެއް؛ ދުމުގެ އަސަރު ކުރި މީހުންނަށް ފަރުވާދެނީ

އެންޑީއެމްއޭއިން އިތުރަށް ބުނީ ހާދިސާ ހިނގި ސަރަޙައްދުން އަދިވެސް އެއްޗެހި ގޮވާ އަޑު އިވެމުންދާތީ، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ސަރަޙައްދުގައި ހުރި ގޭގޭގެ މީހުން މިހާރު ވަނީ ރައްކާތެރި އެހެން ގެތަކަށް ވަގުތީ ގޮތުން ބަދަލުކޮށްފައި ކަމަށެވެ.

ފުނަދޫ ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވުން: އަލިފާންގަނޑު ކޮންޓްރޯލް ނުވެ، 4 ގެއަކާއި 5 ގަރާޖަކަށް އަސަރުކޮށްފި
25 Oct 2026 ހަބަރު

ފުނަދޫ ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވުން: އަލިފާންގަނޑު ކޮންޓްރޯލް ނުވެ، 4 ގެއަކާއި 5 ގަރާޖަކަށް އަސަރުކޮށްފި

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ )އެންޑީއެމްއޭ( އިން މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 8:00 ހާއިރު އެވެ. އަދި މިހާތަނަށް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ނުވާއިރު، އެ ސަރަޙައްދުގައި ހުރި 4 ގެއަކަށާއި 5 ވޯކްޝޮޕް/ގަރާޖަކަށް ވަނީ އަލިފާނުގެ އަސަރު ފޯރާފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަޙައްދުގެ ގެތަކުގައި ދިރިއުޅޭ މީހުން މިހާރު ވަނީ އެ ސަރަޙައްދުން ހުސްކޮށްފައެވެ.

ށ. ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވެ އަނދަނީ
25 Oct 2026 ހަބަރު

ށ. ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވެ އަނދަނީ

އެތަނުގައި ރޯވި ސަބަބެއް އަދި ނޭނގޭއިރު، އަލިފާން ރޯވުމުގެ ސަބަބުން ރަށު ތެރެއަށް ދުންގަނޑު ވަނީ ފެތުރިފައެވެ.

ފަރެސްމާތޮޑާ ގެއެއްގެ އޭސީއެއްގައި ރޯވެ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި؛ އެކަކަށް އަނިޔާވި
19 Oct 2026 ހަބަރު

ފަރެސްމާތޮޑާ ގެއެއްގެ އޭސީއެއްގައި ރޯވެ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި؛ އެކަކަށް އަނިޔާވި

ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މި ހާދިސާގައި އެކަކަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ވެފައިވެއެވެ. ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަލިފާނުގެ ސަބަބުން އެ ގޭގެ އެ ކޮޓަރި ވަނީ ވަރަށް ބޮޑަށް އަނދައި ގެއްލުން ވެފައެވެ.