ޝަހީދު ހާނިއްޔާގެ ބޮޑިގާޑުންތައް ޝަހީދުކޮށްލައިފި
ލިޔުންތެރިޔާ
ފާޠިމަތު އިނާ ސަވާދު
ޣައްޒާ ސިޓީގެ ހުޅަނގުގައި އޮންނަ އަލް-ޝާތީ ކޭމްޕުގެ ހުޅަނގުގައި ހުންނަ މިސްކިތެއްކައިރިއަށް އިއްޔެ ހަވީރުދިން ހަމަލާގައި ހަމާސްގެ ކުރީގެ ސިޔާސީ ގޮފީގެ ލީޑަރު ޝަހީދު އިސްމާއިލް ހަނިއްޔާގެ 7 ބޮޑީގާޑުން ޝަހީދުކޮށްލައިފިއެވެ.
މި ހަމަލާގައި 9 މީހުން ޝާހީދުވެފައިވާއިރު މީ ގެ ތެރޭގައި ކުޑަކުއްޖެއްވެސް ހިމެނެއެވެ.

ހަމާސްގެ ކުރީގެ ސިޔާސީ ގޮފީގެ ލީޑަރި އިސްމާއީލް ހަނިއްޔާ ޝަހިދުކޮށްލާފައިވަނީ ޖުލައިމަހުގެ 31 ވަނަ ދުވަހުގައި އިރާނުގެ ތެހެރައިންގައި ހުއްޓައިއެވެ.
މިހާރު ހަމާސްގެ ސިޔާސީ ގޮފީގެ ލީޑަރަކީ ޣައްޒާގައި ދިރިއުޅެމުންދާ ކޮމާންޑަރު ޔަޙްޔާ ޝިންވާރީއެވެ.
ހަމާސް އިން އިއްޔެ ބުނެފައިވާގޮތުން ޝަހީދު ހަނިއްޔާ އާއި ގުޅުން އޮންނަ މީހުންނަށް ގިނަހަމަލާތަށް އަމާޒު ކުރަމުން ދާކަމަށްށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް