ޣައްޒާގެ ޚާން ޔޫނިސް ސިޓީގެ އަވަށެއް ހުސްކުރަން އަންގައިފި
ލިޔުންތެރިޔާ
ފާޠިމަތު އިނާ ސަވާދު
ފަލަސްތީނުގެ ޣައްޒާގެ ޚާން ޔޫނިސްގެ އުތުރުގައި އޮންނަ އޮންނިސްގެ އަލް-ޖަލާ އަވަށް ހުސް ކުރަން އިސްރާއީލްގެ އަސްކަރިއްޔާ އިން އަންގައިފިއެވެ.
ހައްދުފަނަ އަޅާފައިވާ އިޒަރާއީލުގެ ޔަހޫދީން ޚާން ޔޫނިސްގެ އުތުރުގައި އޮންނަ އޮންނިސްގެ އަލް-ޖަލާ އަވަށް ހުސް ކުރަން އަންގާފައިވަނީ މިއަދު ހެންދުނުގެ ވަގުތެއްގައެވެ.
އަދި މީގެއިތުރު ޚާން ޔޫނިސްގެ އުތުރުގައި އޮންނަ އޮންނިސްގެ އަލް-ޖަލާ އަވަށުން ނުނިކުމެއެޖެނަމަ ގަދަކަމުނެ އެތަނުން ނެރޭނޭކަމަށްވެސް ވަނީ ބުނެފައެވެ.
ހާން ޔޫނިސްގެ އުތުރުގައި އޮންނަ އޮންނިސްގެ އަލް-ޖަލާ އަވަށް ހުސް ކުރަން އަނަގާފައިވަނީ މިސަރަހައްދުގައި އޮޕަރޭޝަނެއް ކުރިއަށް ގެންދިއުމަށް ހަމަޒެހިފައިވާތީ ކަމަށް އިޒްރާއީލުންވަނީ ބުނެފައެވެ.
އަދި އިއްޔެއިން ފެށިގެން މި ހިސާބުގައި ހުރި ގިނަ ގެތަކަށް ދަނީ ބޮން އަޅައި ހަލާކު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް