ޝައިބާނީ އާއި އަރުގާޗީ.. ފޮޓޯ: އެކްސް
ޝައިބާނީ އާއި އަރުގާޗީ.. ފޮޓޯ: އެކްސް
ދުނިޔެ 22 Aug 2026 | 15:46

އިރާނާއި ސޫރިޔާއާ ދެމެދު މެދުވެރިއަކަށް މިވަގުތު ޕާކިސްތާން ނުގެންނާނަން: ޝައިބާނީ

ސޫރިއާއާއި އީރާނާއި ދެމެދު މަޝްވަރާތަކުގެ މެދުވެރިއެއްގެ ދައުރު ޕާކިސްތާނުން އަދާކުރުމުގެ ބޭނުމެއް މިވަގުތަށް ނެތްކަމަށް ސޫރިޔާގެ ޚާރިޖީ ވަޒީރު އަސާދް ހަސަން އަލްޝައިބާނީ ވިދާޅުވެއްޖެއެވެ.

ޝައިބާނީ މިހެން ވިދާޅުވީ ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވަމުންނެވެ. ޝައިބާނީ ވިދާޅުވީ މެދުވެރިއެއްގެ ރޯލު އަދާކުރާނެ ފަރާތެއް ހޯދަން ޖެހިއްޖެ ޙާލަތެއް އައުމުން، ދިމިޝްޤުން އެކަމާ ވިސްނާނެކަމަށެވެ. އަދި އީރާނާއި އެމެރިކާއާ ދެމެދު މެދުވެރިއެއްގެ ރޯލު އަދާކުރުމަށް ޕާކިސްތާނުން ކުރި މަސައްކަތަށް ތައުރީފްކުރައްވައި، ޝައިބާނީ ވިދާޅުވީ ޕާކިސްތާނުން އަދި މިހާތަނަށް ސޫރިޔާއަށް އެފަދަ ހުށަހެޅުމެއްވެސް ހުށަހަޅާފައި ނުވާކަމަށެވެ.

ޝައިބާނީ ވިދާޅުވީ، އިރާނުން ސޫރިޔާގެ ދައުލަތަށާއި އެ ޤައުމުގެ ރައްޔިތުންނަށް ދީފައިވާ ގެއްލުންތަކަށް އެންމެ ފުރަތަމަ އިއުތިރާފް ވާންޖެހޭނެ ކަމަށެވެ. މި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއްގެ ގޮތުގައި ސިފަކުރައްވަމުން ޝައިބާނީ ވިދާޅުވީ، ޕާކިސްތާނާއި ސޫރިޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ޤައުމުންވެސް އެއްބަސްވެފައިވާ ކަމަށެވެ. އެގޮތުން، ދެ ޤައުމުގެ ގުޅުނު މިނިސްޓްރީތަކުގެ ކޮމިޝަން އަލުން ހިންގުމަށާއި، ސީދާ ދަތުރުތައް ފެށުމަށާއި، ބިޒްނަސް ކައުންސިލެއް އުފެއްދުމުގެ އިތުރުން އިންވެސްޓްމަންޓް ފޯރަމެއް ބޭއްވުމަށް އެއްބަސްވެވުނު ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ސޫރިޔާއިން ޕާކިސްތާނުގައި ބަހައްޓާ ސަފީރުގެ ފެންވަރު އޭގެ އެންމެ މަތީ ދަރަޖައަށް މަތިކުރުމަށް ނިންމާފައިވާކަންވެސް އޭނާ ހާމަކުރެއްވިއެވެ.

ޕާކިސްތާން، ސާޢޫދީ އަރަބިއްޔާ އަދި ތުރުކީ ގުޅިގެން ހަދާފައިވާ "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް" އާ ބެހޭގޮތުން ސުވާލުކުރުމުން، ސޫރިޔާއިން އެ އެއްބަސްވުން ދިރާސާކުރަމުންދާ ކަމަށާއި، އެ އިއްތިހާދާ ގުޅުމާމެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ސޫރިޔާ އަލުން އާރާސްތުކުރުމުގައި ތުރުކީއަކީ މުހިންމު ބައިވެރިއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އިސްރާއީލާ މެދު ވާހަކަދައްކަވަމުން، އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓުވުމަކީ ސޫރިޔާގެ އެންމެ އިސް އިސްކަންދޭ ކަންތައް ކަމަށާއި، ސޫރިޔާއަކީ މިނިވަން މުސްތަޤިއްލު ޤައުމެއް ކަމަށްވާތީ އެހެން ޤައުމުތަކާއެކު ބާއްވާ ގުޅުންތައް އިސްރާއީލަށް ނިންމުމުގެ ހައްޤެއް ނޯންނާނެ ކަމަށްވެސް ޝައިބާނީ ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބިރުދައްކަމުން މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދެއް ނުކުރެވޭނެ: ޕެޒެޝްކިޔާން
21 Oct 2026 ދުނިޔެ

ބިރުދައްކަމުން މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދެއް ނުކުރެވޭނެ: ޕެޒެޝްކިޔާން

ޕެޒެޝްކިޔާންގެ މި ވާހަކަ ގެނެސްދީފައިވަނީ އީރާނުގެ ދައުލަތުގެ މީޑިއާއިންނެވެ. އީރާނަށް މަގުތައް ބަންދުކޮށް، ބިރުދައްކަމުން ދިއުމާއެކު ބައްދަލުވުމަކަށް ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

އިރާގުގެ ބޮޑުވަޒީރަށް އަރާގްޗީ: ސިޔާސީ ގުޅުންތައް ހީނަރުކުރީ އެމެރިކާއިން
18 Oct 2026 ދުނިޔެ

އިރާގުގެ ބޮޑުވަޒީރަށް އަރާގްޗީ: ސިޔާސީ ގުޅުންތައް ހީނަރުކުރީ އެމެރިކާއިން

އަރާގްޗީ މިހެން ބުނެފައިވަނީ، ބަގްދާދުގައި ބާއްވަމުންދާ އޯއައިސީގެ ބައްދަލުވުމުގެ ސައިޑްލައިންގައި އިރާގުގެ ބޮޑުވަޒީރާ ކުރި ބައްދަލުވުމެއްގައި ވާހަކަދައްކަމުންނެވެ. އެގޮތުން، އޭނާ ވަނީ ހަނގުރާމަ ނިންމާލުމުގެ ސިޔާސީ މަސައްކަތްތައް އެމެރިކާއިން ހަލާކުކުރި ކަމަށް ތުހުމަތުކޮށްފައެވެ.

ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
08 Oct 2026 ދުނިޔެ

ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ

މެދުއިރުމައްޗާއި ހޮރްމޫޒް ކަނޑުއޮޅީގައި ޝިޕިން ލައިންތަކަށް ދެމުންދާ ހަމަލާތައް އިތުރުވެ، ތެލުގެ ސަޕްލައިއަށް އޮތް ގޮންޖެހުންތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުތަނުން މައްޗަށް ގޮސް، ފީފާއެއް...

އެމެރިކާއިން 3 ވަނަ އެއާކްރާފްޓް ކެރިއާއެއް މެދުއިރުމައްޗަށް ފޮނުވަނީ
02 Oct 2026 ދުނިޔެ

އެމެރިކާއިން 3 ވަނަ އެއާކްރާފްޓް ކެރިއާއެއް މެދުއިރުމައްޗަށް ފޮނުވަނީ

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާއިން 3 ވަނަ އެއާކްރާފްޓް ކެރިއާއެއް މެދުއިރުމައްޗަށް ފޮނުވަން ނިންމާފިއެވެ. އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައ...

އީރާނުގެ ވައިގެ ދަތުރުފަތުރަށް އެމެރިކާއިން ދަތިކުރާ މައްސަލަ އދ އަށް
28 Sep 2026 ދުނިޔެ

އީރާނުގެ ވައިގެ ދަތުރުފަތުރަށް އެމެރިކާއިން ދަތިކުރާ މައްސަލަ އދ އަށް

އީރާނުގެ ވައިގެ ދަތުރުފަތުރަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އެޤައުމުން އެ މައްސަލަ އދ. އަށް ހުށަހަޅައިފިއެވެ. އީރާނުގެ ސިވިލް އޭވިއޭޝަންގެ ވެރިޔާ އަބޫޒާރް ޝީރޫދީ ވިދާޅުވި...

އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
27 Sep 2026 ދުނިޔެ

އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

އެމެރިކާއިން އީރާނާ ދެކޮޅަށް އައު ހަނގުރާމައެއް ފަށައިފި ނަމަ އިންޑިއާ ކަނޑުގައި ދުއްވާ އެމެރިކާގެ ހަނގުރާމަމަތީ އުޅަނދުތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ސިފައިން ދީފިއ...