ތިލަމާލެ ބުރިޖުގެ މަސައްކަތުގައި މީހަކު ހަރަކާތްތެރިވަނީ -- ވޮއިސް ފޮޓޯ
ތިލަމާލެ ބުރިޖުގެ މަސައްކަތުގައި މީހަކު ހަރަކާތްތެރިވަނީ -- ވޮއިސް ފޮޓޯ
ވިޔަފާރި 08 Nov 2025 | 08:12

ބަޖެޓު ފޯކާސްޓް: އިގްތިސާދު ކުރިއަރައި، ރަސްމީ ރިޒާވް 903.7 މިލިއަން ޑޮލަރަށް އިތުރުވާނެ

މި އަހަރަށް ވުރެ އަންނަ އަހަރު ނިމޭއިރު ރަސްމީ ރިޒާވް 55 މިލިއަން ޑޮލަރު ނުވަތަ 848.1 މިލިއަން ރުފިޔާ އަށް އިތުރުވާނެ ކަމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ރިޕޯޓުގައި އަންދާޒާކޮށްފިއެވެ.

މި އަހަރު ނިމޭނެއިރު ދައުލަތުގެ ރަސްމީ ރިޒާވް ހުންނާނެ ކަމަށް ލަފާކުރެވެނީ 848.6 މިލިއަން އެމެރިކާ ޑޮލަރުގައެވެ. އެއީ ހުސްވި އަހަރަށް ވުރެ ގާތްގަޑަކަށް 174.7 މިލިއަން ޑޮލަރު ނުވަތަ 25.9 އިންސައްތަ އިތުރު އަދަދެކެވެ.

އެގޮތުން 2020 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރި އަދަދުތަކަށް ބަލާއިރު:

- 2020 ވަނަ އަހަރު 984.9 މިލިއަން ޑޮލަރު

- 2021 ވަނަ އަހަރު 805.8 މިލިއަން ޑޮލަރު

- 2022 ވަނަ އަހަރު 832.1 މިލިއަން ޑޮލަރު

- 2023 ވަނަ އަހަރު 590.5 މިލިއަން ޑޮލަރު

- 2024 ވަނަ އަހަރު 673.9 މިލިއަން ޑޮލަރު

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ފޮތް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މާލީ ވުޒާރާގެ އަންދާޒާތަކުން ދައްކާ ގޮތުން، 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އެވްރެޖް ގޮތެއްގައި 15 އިންސައްތައިގެ ކުރިއެރުމެއް ރިޒާވަށް ދަނީ ލިބެމުންނެވެ. އެގޮތުން ބަލާއިރު އަންނަ އަހަރު ވެސް 903.7 މިލިއަން ޑޮލަރު ނުވަތަ 13.93 ބިލިއަން ރުފިޔާއަށް ރަސްމީ ރިޒާވު އިތުރުވާނެ ކަމަށް މާލީ ވުޒާރާއިން ވަނީ އަންދާޒާކޮށްފައެވެ.

އެގޮތުން މުޅި އިގްތިސާދަށް ބަލާއިރު، 2026 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 5.3 އިންސައްތައިގައި ކުރިއަރާނެ ކަމަށް އަންދާޒާކުރެވޭއިރު، 2026 ވަނަ އަހަރާއި 2028 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުންނާނެ ކަމަށް އަންދާޒާކުރެވެނީ 4.9 އިންސައްތައިގައި ކަމަށް ވެސް މާލީ ވުޒާރާއިން އަންދާޒާކުރެއެވެ.

އެގޮތުން ނޮމިނަލް ޖީޑީޕީ ނުވަތަ އެ ދުވަސްވަރެއްގެ ބާޒާރުގެ އަގުތަކަށް ބަލާއިރު އުފެއްދުންތެރިކަމުގެ މިންވަރު ހުންނާނެ ނިސްބަތަށް ބަލާއިރު، 2024 ވަނަ އަަހަރު މުޅިން އަލަށް ނޮމިނަލް ޖީޑީޕީ 100 ބިލިއަން ރުފިޔާ ހުރަސްކޮށްފައިވާއިރު، ކުރިޔަށް އޮތް އަހަރު ނޮމިނަލް ޖީޑީޕީ ގާތްގަޑަކަށް 15 އިންސައްތަ ކުރިއަރާނެ ކަމަށް ލަފާކޮށްފައިވެއެވެ. އެއީ މި އަހަރާއި އަޅާބަލާއިރު ގާތްގަޑަކަށް ހަތް އިންސައްތައިގެ އިތުރުވުމެކެވެ.

ނޮމިނަލް ޖީޑީޕީގެ ކުރިއެރުމުން ބަލާއިރު މި އަހަރު ޖީޑީޕީ ޑީފްލޭޓާ ނުވަތަ އިގްތިސާދީ ދާއިރާތަކުގެ އަގުތައް 1.6 އިންސައްތައިގައި ކުރިއަރާނެ ކަމަށް އަންދާޒާކުރާއިރު، މި އަންނަ އަހަރު ވެސް އެ މިންގަނޑު 1.6 އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށް ވެސް އެ ވުޒާރާއިން އަންދާޒާކޮށްފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަންނަ އަހަރު ނިމޭއިރު ރިޒާވްގައި 907.2 މިލިއަން ޑޮލަރު ހުންނާނޭކަމަށް އަންދާޒާކުރެވޭ: މާލީ ވަޒީރު
31 Oct 2026 ހަބަރު

އަންނަ އަހަރު ނިމޭއިރު ރިޒާވްގައި 907.2 މިލިއަން ޑޮލަރު ހުންނާނޭކަމަށް އަންދާޒާކުރެވޭ: މާލީ ވަޒީރު

ބަޖެޓް ހުށަހަޅުއްވަމުން ވަޒީރު ވިދާޅުވީ، އިޤްތިޞާދީ އިޞްލާޙީ ފިޔަވަޅުތަކާއެކު އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ރިޒާވް އެދެވޭ މިންވަރަކަށް އިތުރުވެގެންދާނެ ކަމަށެވެ.

ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްޤީކުރަން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިފި
29 Oct 2026 ހަބަރު

ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްޤީކުރަން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިފި

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ދަތުރުދާނެ ހާއްސަ ރަށެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

އަންނަ އަހަރު އެއްވެސް ޓެކުހެއް ބޮޑު ނުކުރާނަން: މާލީ ވަޒީރު
29 Oct 2026 ހަބަރު

އަންނަ އަހަރު އެއްވެސް ޓެކުހެއް ބޮޑު ނުކުރާނަން: މާލީ ވަޒީރު

ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި، ސަރުކާރުން އިސްކަންދޭނީ ދައުލަތުގެ ޓެކްސް ނިޒާމު މިހާރަށްވުރެ އެފިޝިއެންޓްކޮށް، ނިޒާމުގައި ހުރި ލޫޕްހޯލްތައް ބައްދާލުމަށް ކަމަށް މާލީ ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ޢަމަލުކުރާ މިންވަރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
29 Oct 2026 ހަބަރު

އަންނަ އަހަރަށް ލަފާކޮށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

2027 ވަނަ އަހަރަށް ލަފާކޮށް ޖުމްލަ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ. މިއީ 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ..

މިއަހަރުގެ ނިޔަލަށް ދަރަނި ދެއްކުމަށް 11.7 ބިލިއަން ރުފިޔާ ހޭދަވާނެ: ޒަރީރު
29 Oct 2026 ހަބަރު

މިއަހަރުގެ ނިޔަލަށް ދަރަނި ދެއްކުމަށް 11.7 ބިލިއަން ރުފިޔާ ހޭދަވާނެ: ޒަރީރު

މާލީ ވަޒީރު ޒަރީރު ވިދާޅުވީ، މި ހިނގާ އަހަރަކީ ދިވެހިރާއްޖޭގެ މާލީ ތާރީޚުގައިވެސް، ދައުލަތުގެ ބަޖެޓުން ރެކޯޑް ޢަދަދަކަށް ހޭދަކުރި ތާރީޚީ އަހަރެއް ކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 10.4 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި ދައްކާ ހަލާސްކޮށްފައިވާކަން ވަޒީރު ވިދާޅުވިއެވެ

ކުރިއަށްއޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުން މިއަދު
29 Oct 2026 ހަބަރު

ކުރިއަށްއޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުން މިއަދު

ސަރުކާރުން މިހިނގާ އަހަރަށް ލަފާކޮށް ފާސްކޮށްފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެގޮތުން މިއަހަރުގެ ބަޖެޓް ބޮޑަށް ހާއްސަވެގެން ދިޔައީ މީގެ ކުރިން ނަގާފައިވާ ބޭރުގެ ދަރަނިތައް އަނބުރާ ދެއްކުމަށެވެ.