ޔުނައިޓެޑްގެ އުއްމީދުތައް ގެއްލުވާލި ލަނޑުޖެހުމަށްފަހު ކްރޫފީ: ޝޯފުޓްބޯލް
ޔުނައިޓެޑްގެ އުއްމީދުތައް ގެއްލުވާލި ލަނޑުޖެހުމަށްފަހު ކްރޫފީ: ޝޯފުޓްބޯލް
ކުޅިވަރު 16 Dec 2025 | 04:08

ބޯންމައުތު އަތުން މެންޗެސްޓަރ ޔުނައިޓެޑަށް ސަލާމަތެއް ނުވެވުނު

އިނގިރޭސި ޕްރިމިއާލީގްގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ބޯންމައުތު ބައްދަލުކުރިމެޗް އެއްވަރުވެގެން ނިމިއްޖެއެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑްގައި ކުޅުނު މިމެޗް ނިމުނީ 4-4 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެގެންނެވެ. މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރިހޯދީ ޔުނައިޓެޑުންނެވެ. އެއީ 13 ވަނަ މިނެޓް ތެރޭގައި ޑިއާލޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ޔުނައިޓެޑުން ލީޑް ނަގާފައިވަނިކޮށް ބޯންމައުތުގެ ސެމެންޔޯ ވަނީ 40 ވަނަ މިނެޓް ތެރޭގައި ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

ބޯންމައުތުން އެއްވަރުކުރިނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުނައިޓެޑްގެ ކަސެމީރޯ ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ފުރަތަމަ ހާފް ފަށައިގެން މާގިނައިރުތަކެއް ނުވެ ދެވަނަ ފަހަރަށް ބޯން މައުތުން އެއްވަރުކުރިއިރު، 52 ވަނަ މިނެޓްތެރޭގައި އެޓީމުން ވަނީ ފުރަތަމަ ފަހަރަށް މެޗުން ލީޑްނަގާފައެވެ.

ބޯންމައުތާ ޔުނައިޓެޑް ބައްދަލުކުރިމެޗް: ޝޯފުޓްބޯލް

ބޯންމައުތުން މެޗްގެ ލީޑް ނެގުނަމަވެސް ފެނާންޑެޒް އަަދި ކުންޔާގެ ލަނޑުތަކުން ވަނީ ޔުނައިޓެޑުން އެއްވަރުކޮށްފައެވެ. މެޗުން ޔުނައިޓެޑް މޮޅުވުމަށް ކުރި އުއްމީދުތައް ގެއްލިގެންދިޔައީ ބޯންމައުތުގެ ކްރޫފީ ޖަހައިދިން ލަނޑުންނެވެ.

މެޗަށްފަހު ޕްރިމިއާ ލީގް ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، މެންޗެސްޓަރ ޔުނައިޓެޑް އުޅެނީ 26 ޕޮއިންޓާއެކު ތާވަލުގެ 6 ވަނައިގައެވެ. ބޯންމައުތު އުޅެނީ 21 ޕޮއިންޓާއެކު ތާވަލްގެ 13 ވަނާގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް
02 Nov 2026 ކުޅިވަރު

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ، މެޗް ފަށައިގެން 16 ވަނަ މިނެޓް ތެރޭގައި ކައި ހާވާޓްޒް އެވެ. މި ނަތީޖާއާއެކު އާސެނަލުން ވަނީ ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ކަރަބާއޯ ކަޕްގައި ސިޓީއަތުން ބަލިވި ބަލިވުމުގެ ބަދަލު ބްރައިޓަނުން ހިފައިފި
01 Nov 2026 ކުޅިވަރު

ކަރަބާއޯ ކަޕްގައި ސިޓީއަތުން ބަލިވި ބަލިވުމުގެ ބަދަލު ބްރައިޓަނުން ހިފައިފި

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައެވެ. ސިޓީގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، މި ލަނޑު ބްރައިޓަންއަށް ކާމިޔާބުކޮށްދިނީ ޔާސީން އަޔާރީއެވެ.

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ
01 Nov 2026 ކުޅިވަރު

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ޚާއްޞަކޮށް ޓީމާ ގުޅުނު ކެޕްޓަން ބްރޫނޯ ފެނާންޑޭޒާއި އަމަދު ޑިއާލޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް ޗެލްސީގެ ކީޕަރު މައިކް ޕެންޑާސް ވަނީ އެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ބްރައިޓަން އަތުން ލިވަޕޫލަށް މުހިންމު މޮޅެއް
26 Oct 2026 ކުޅިވަރު

ބްރައިޓަން އަތުން ލިވަޕޫލަށް މުހިންމު މޮޅެއް

މިމެޗްގައި އެންމެބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ ލިވަޕޫލްގެ އެލެކްސެންޑަރ އީސާކްގެ ކުޅުމެވެ. މެޗްގައި ޖެހި ލަނޑާއެކު އޭނާ ވަނީ ޖެހިޖެހިގެން ތިންވަނަ މެޗުގައި ލަނޑު ޖަހައި، ފޯމު ދަމަހައްޓާފައެވެ

ބޯންމައުތު ކައިރިންވެސް މެންޗެސްޓަރ ޔުނައިޓެޑަކަށް ސަލާމަތެއް ނުވެވުނު
26 Oct 2026 ކުޅިވަރު

ބޯންމައުތު ކައިރިންވެސް މެންޗެސްޓަރ ޔުނައިޓެޑަކަށް ސަލާމަތެއް ނުވެވުނު

މި ނާކާމިޔާބީއާއެކު ޔުނައިޓެޑްގެ ސަޕޯޓަރުން ވަނީ ކްލަބުގެ މެނޭޖްމަންޓަށާއި ވެރިންނަށް ނުރުހުން ފާޅުކޮށްފައެވެ. ދަނޑުގައި ތިބި ސަޕޯޓަރުން ވަނީ ކްލަބުގެ ވެރިން ކަމަށްވާ ގްލޭޒާ އާއިލާ ކްލަބުން ވަކިވުމަށް ގޮވާލައި އަޑުއުފުލާފައެވެ. .

އާސެނަލް މޮޅުވިއިރު، މެންޗެސްޓަރ ޔުނައިޓެޑަށް މޮޅެއް ނުވެވުނު
19 Oct 2026 ކުޅިވަރު

އާސެނަލް މޮޅުވިއިރު، މެންޗެސްޓަރ ޔުނައިޓެޑަށް މޮޅެއް ނުވެވުނު

މިމެޗްގައި ތަރިއަކަށްވީ މަޑުއެކޭއެވެ. މި ސީޒަނުގައި އާސެނަލްގެ ފުރަތަމަ އެގާރައިން ގަވާއިދުން ފުރުސަތު ނުލިބުނު ނަމަވެސް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުމެ މަޑުއެކޭ ދައްކަމުންދާ ކުޅުމަށް ގިނަ ބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ.