ތުއްތު ކުއްޖަކަށް ބުއްފުޅި ޖައްސަނީ... ފޮޓޯ: ވޮއިސް
ތުއްތު ކުއްޖަކަށް ބުއްފުޅި ޖައްސަނީ... ފޮޓޯ: ވޮއިސް
ލައިފްސްޓައިލް 09 Aug 2026 | 07:06

ހަމަސްނުވާ ތުއްތު ކުދިން ކަރުހިއްކުން ފިލުވުމަށް ފެން ނުދީ: އެޗްޕީއޭ

ކިތަންމެ ހޫނުގަދަ މޫސުމެއް ނަމަވެސް ހަމަސް ނުފުރޭ ތުއްތު ކުދިންގެ ކަރުހިއްކުން ފިލުވުމަށް ފެން ބޭނުން ނުވާނޭކަމަށާއި، ދެކެވޭ އެފަދަ ވާހަކަތަކުގެ ހަގީގަތަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

ހަމަސްނުވާ ތުއްތުކުދިން ކަރުހިއްކުން ފިލުވުމަށް ފެން ޖެއްސުމަކީ ބައެއް މީހުން ކޮށްއުޅޭ ކަމެކެވެ. މިކަމާ ގުޅޭގޮތުން އެޗްޕީއޭއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ މިކަމުގެ ހަގީގަތް ސާފްކޮށްދީފައެވެ. އެޗްޕީއޭއިން ބުނީ، ކިތަންމެ ހޫނު މޫސުމެއް ކަމުގައި ވީނަމަވެސް ތުއްތު ކުދިންނަށް 6 މަސްވުމުގެ ކުރިން ފެން ބޭނުން ނުވާނޭކަމަށެވެ.

އެގޮތުން މައިމީހާގެ ގާތުން ދޭ ކިރުގެ 88 އިންސައްތައަކީ ފެންކަމުގައިވާތީ، ދަރިފުޅުގެ ކަރުހިއްކުން ފިލުވުމަށް ގާތުންދޭ ކިރު ފުދޭނޭކަމަށް އެޗްޕީއޭގެ އިރުޝާދުގައި ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނީ މައިމީހާގެ ކިރަކީ ތުއްތު ކުއްޖާގެ އުމުރުން ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ހަށިގަނޑަށް ބޭނުންވާ ހުރިހާ ހަކަތައަކާއި، ކާނާގެ މުހިންމު މާއްދާތަކުގެ އިތުރުން ހަށިގަނޑަށް ބޭނުންވާ ފެން ވެސް ފުރިހަމައަށް ފޯރުކޮށްދޭ އެއްޗެއް ކަމަށެވެ.

މޫސުން ހޫނު ދުވަސްވަރެއް ނަމަ، 6 މަސް ނުވާ ކުދިންނަށް އާދައިގެ މަތިން ކިރުދޭ ވަރަށް ވުރެ ގިނައިން ކިރުދިނުން މުހިންމުކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

ހަމަސްނުވާ ތުއްތު ކުދިންނަށް ފެން ދިނުމަކީ އެކުދިންގެ ސިއްހަތަށް ވަރަށް ނުރައްކާތެރި ކަމެކެވެ. މިއީ އާއްމުކޮށްވެސް ޑޮކްޓަރުން މައިންނަށް އެންމެ ގިނައިން ދޭ އެއް ނަސޭހަތެވެ. ޑޮކްޓަރުން ލަފާދެއްވަނީ މި ދުވަސްވަރު ދަރިފުޅަށް ހަމައެކަނި މައިކިރު ނުވަތަ މައިމީހާ ގާތުން ނުދެވޭނަމަ ފޯމިއުލާ ކިރު ދިނުމަށެވެ.

އެއީ ކުއްޖާގެ ހަށިގަނޑަށް ބޭނުންވާ ހުރިހާ ފެނެއް އޭގެއިން ލިބޭތީއެވެ. ހަމަސް ނުފުރޭ ކުދިންނަށް ފެން ނުދޭން ޑޮކްޓަރުން ލަފާދެއްވާ މައިގަނޑު އެއް ސަބަބަކީ ފެން ވިހަވުން ފަދަ ކަމެއް ކުރިމަތިވެދާނެތީއެވެ. އެގޮތުން މި އުމުރުގައި ކުދިންގެ ކިޑްނީ ފުރިހަމައަށް ހެދިބޮޑުނުވާތީ، ހަށިގަނޑަށް އެތެރެވާ އިތުރު ފެން ބޭރުކުރުމުގެ ގާބިލުކަން ނުހުރުމަކީ މައިގަނޑު އެއް ސަބަބަބެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އާމްދަނީ 60،000 ރުފިޔާ އިން މަތިން ލިބޭ މީހުންގެ އާސަންދައިން ކޯ-ޕޭމަންޓް ނަގަން ފަށަނީ
31 Oct 2026 ހަބަރު

އާމްދަނީ 60،000 ރުފިޔާ އިން މަތިން ލިބޭ މީހުންގެ އާސަންދައިން ކޯ-ޕޭމަންޓް ނަގަން ފަށަނީ

އާސަންދަ އާއި ސަބްސިޑީ އޭގެ ހައްގުވެރިންނަށް ދިނުމަށް ރާއްޖެއަށް އެހީދޭ މާލީ އިދާރާތަކުން ގޮވާލާތާ އެތައް އަހަރެއް ވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މަހު ވަނީ އާސަންދަ ދެމުން އަންނަ އުސޫލު ބަދަލުކުރާނޭކަމަށް ހާމަކުރައްވާފައެވެ. މުއްސަނދިންނަށް އާސަންދަ ދިނުމަށް ނިންމާފައިވާ ނިންމުމާ ގުޅޭ އުސޫލު މިހާރު ވަނީ ގެޒެޓުކޮށްފައެވެ.

ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކޮންމެ އަންހެނަކުވެސް ކޮންމެ ދުވަހަކު ކެއުމުގައި ހިމަނަންވީ ކާނާތައް
30 Oct 2026 ލައިފްސްޓައިލް

ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކޮންމެ އަންހެނަކުވެސް ކޮންމެ ދުވަހަކު ކެއުމުގައި ހިމަނަންވީ ކާނާތައް

އަންހެނުންނަކީ ދިރިއުޅުމުގެ އެކި ޒިންމާތައް އަދާކުރުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ބަޔެކެވެ. މިގޮތުން ގޭތެރޭގެ ކަންކަމާއި، ވަޒީފާ އަދި ޢާއިލާގެ ކަންކަން ބެލެހެއްޓުމުގައި އުޅެމުން، ގިނަ ފަހަރަށް އަމިއްލަ ޞިއްޙަތަށް ދޭންވާ ސަމާލުކަން ކުޑަވެގެންދެއެވެ. މީގެ ސަބަބުން ދުވަސްވީ ވަރަކަށް ހަށިގަނޑުގެ ހަކަތަ ދަށްވެ، މޫޑު ގޯސްވެ، ދިރިއުޅަށް ނޭދެވޭ އަސަރުތައް ފޯރައެވެ. އޭގެ ސަބަބުން ދިމާވާ ބައެއް ކަހަލަ ޞިއްޙީ މައްސަލަތަކަށް ޑޮކްޓަރީ ފަރުވާ ބޭނުންވި ނަމަވެސް، ދިރިއުޅުމުގެ އާދަކާދައަށް ގެންނަ ކުދިކުދި ބަދަލުތަކުންވެސް ބޮޑެތި ފައިދާތަކެއް ޙާޞިލްކުރެވިދާނެއެވެ.

ބުރަ މަސައްކަތަކާނުލައި ކަސްރަތުކުރާނެ ގޮތްތައް
28 Oct 2026 ލައިފްސްޓައިލް

ބުރަ މަސައްކަތަކާނުލައި ކަސްރަތުކުރާނެ ގޮތްތައް

މިހާރުން މިހާރަށްވެސް ކުރަންވީ ކަމަކީ އިށީނދެ އިންނައިރު ފައި ތަޅުވައި، އިނގިލިތައް ތެޅުވުން ފަދަ ކަންކަން ކުރުމެވެ. މީހަކަށް ގުޅައިގެންވެސް ދެކޮޅަށް ދެކޮޅަށް ހިނގާލާހިނގާލާ ހުރުމެވެ. މިފަދައިން އުޅެން ފެށުމުން ބައެއް މީހުންނަށް ކޮންމެވެސް ގޮތަކަށް ހީވެދާނެއެވެ. ނަމަވެސް، އެކަމުން އެމީހެއްގެ ސިއްހަތަށް ފައިދާ ކުރާނެއެވެ.

އެކަނި އިނދެ ކެއުމުގެ ބަދަލުގައި އެހެން މީހާކާއެކުގައި ކާންވީ މިހެންވެ
20 Oct 2026 ލައިފްސްޓައިލް

އެކަނި އިނދެ ކެއުމުގެ ބަދަލުގައި އެހެން މީހާކާއެކުގައި ކާންވީ މިހެންވެ

ރަޙްމަތްތެރިންނާ ނުވަތަ ގޭބިސީއާ އެކު ކެއުމުން ޑިޕްރެޝަނާއި ޑިމެންޝިއާގެ ފުރުޞަތު ކުޑަވެ، ކާއެއްޗަކުން ލިބޭ މީރުކަން އިތުރުވާ ކަމަށް ދިރާސާތަކުން ދައްކައެވެ.

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިން: ރައީސް ޑރ. މުއިއްޒު
10 Oct 2026 ހަބަރު

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިން: ރައީސް ޑރ. މުއިއްޒު

ރާއްޖޭގައި ނަފްސާނީ ބަލީގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޚާއްޞަ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވި...

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ: މެޑަމް ސާޖިދާ
08 Oct 2026 ހަބަރު

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ: މެޑަމް ސާޖިދާ

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އުރަމަތީގެ ކެންސަރާ ބެހޭ ހަތް ވަނަ ސިމްޕޯޒިއަމ...