އިންޑިއާ ޓްރޭޑް ފެއާ؛ ފޮޓޯ / އަޑޯ ޓްރިޕް
އިންޑިއާ ޓްރޭޑް ފެއާ؛ ފޮޓޯ / އަޑޯ ޓްރިޕް
ވިޔަފާރި 01 Oct 2026 | 14:38

އިންޑިއާ ޓްރޭޑް ފެއާގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވައިލައިފި

މި އަހަރުގެ ނޮވެމްބަރު މަހު ނިއުދިއްލީގައި އޮންނަ 45 ވަނަ އިންޑިއާ އިންޓަނޭޝަނަލް ޓްރޭޑް ފެއާގައި ރާއްޖޭގެ ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

އިންޑިއާ ސަރުކާރުން އިކޮނޮމިކް މިނިސްޓްރީއާ ހިއްސާކުރި ގޮތުގައި ނޮވެމްބަރު 14 އިން 27 އަށް ކުރިއަށް ގެންދާ މި ފެއާގައި ދިވެހި ކުންފުނިތަކާއި ސިނާއީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ބައިވެރިވުމަށް ފެއާ އިންތިޒާމުކުރާ ފަރާތުން ދަޢުވަތު ދީފައިވެއެވެ.

ބައިނަލްއަޤުވާމީ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމުގެ މަޤުޞަދުގައި ބާއްވާ މި މައުރަޒަކީ އުފެއްދުންތަކާއި ޚިދުމަތްތައް އިޝްތިހާރުކުރުމާއި އިންވެސްޓްމަންޓުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިންވެސްޓަރުންނާއި ޓެކްނޮލޮޖީ ފޯރުކޮށްދޭ ފަރާތްތަކާ ގުޅުން ޤާއިމުކުރެވޭ ޕްލެޓްފޯމެކެވެ.

ފެއާގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން ފެއާ އިންތިޒާމުކުރާ ފަރާތުގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ފުރިހަމަކުރުމަށްފަހު އެ މަޢުލޫމާތު އެ ވުޒާރާއަށް އީމެއިލް ކުރުމަށް އެ ވުޒާރާއިން އެދިފައިވެއެވެ.

އިންޑިއާ އިންޓަނޭޝަނަލް ޓްރޭޑް ފެއާއަކީ 1980 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ނިއުދިއްލީގެ ޕްރަގަތީ މައިދާން ކޮމްޕްލެކްސްގައި ބާއްވަމުން އަންނަ ދެކުނު އޭޝިއާ ސަރަޙައްދުގެ އެންމެ ބޮޑު އެއް ވިޔަފާރި މައުރަޒެވެ.

އިންޑިއާ ޓްރޭޑް ޕްރޮމޯޝަން އޯގަނައިޒޭޝަން (އައިޓީޕީއޯ) އިން އިންތިޒާމުކުރާ މި ފެއާގައި ކޮންމެ އަހަރަކު ވެސް ގިނަ ޢަދަދެއްގެ ޤައުމުތަކުން ބައިވެރިވެ ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް އެއްބާރުލުން އިތުރުކުރުމުގެ ފުރުޞަތު ހޯދައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މުޒާހަރާ ކުރުމަށްފަހު ވިޔަފާރިކުރޭ: ރާހުލް ގާންދީ
01 Nov 2026 ދުނިޔެ

މުޒާހަރާ ކުރުމަށްފަހު ވިޔަފާރިކުރޭ: ރާހުލް ގާންދީ

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ، ނޮވެމްބަރު 1 ގައި ދިއްލީގެ ރާމްލީލާ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިދިކޮޅު އިއްތިހާދުގެ ބޮޑު އެއްވުމާ ގުޅިގެން ވިޔަފާރިވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ޖަވާބެއް ދެއްވައިފިއެވެ.

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ
30 Oct 2026 ހަބަރު

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" )އެޗް.އައި.ސީ.ޑީ.ޕީ( ގެ ދަށުން، ރާއްޖޭގެ 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާ )އެމްއޯޔޫ( އެއްގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފިއެވެ.

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް
23 Oct 2026 ދުނިޔެ

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް

އދ. ގައި ހުންނަ އިންޑިއާގެ ފަސްޓް ސެކްރެޓަރީ ބަވިކާ މަންގަލާނަންދަން ބުނީ، އަމިއްލަ ގައުމުގައި ތިބި ނާޒުކު މީހުން ހިމާޔަތް ނުކުރެވޭ ގައުމަކަށް އިންޑިއާއަށް ފާޑުކިޔުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށެވެ.

އިންޑިއާގެ ކޮއިމްބަތޫރުގެ ޝަބާނާ ހުޅުވައިދިނީ އަބާޔާލައި، ނިވާވެ ތިބެގެން ކަސްރަތު ކުރެވޭނެ ޖިމެއް
21 Oct 2026 ދުނިޔެ

އިންޑިއާގެ ކޮއިމްބަތޫރުގެ ޝަބާނާ ހުޅުވައިދިނީ އަބާޔާލައި، ނިވާވެ ތިބެގެން ކަސްރަތު ކުރެވޭނެ ޖިމެއް

ދެކުނު އިންޑިއާގެ ޝަހަރެއް ކަމަށްވާ ކޮއިމްބަތޫރުގައި، މުސްލިމް އަންހެނުންނަށް ހިޖާބާއި އަބާޔާ ފަދަ ނިވާކަން ބޮޑު ހެދުމުގައި ތިބެ ފަސޭހަކަމާއެކު ކަސްރަތު ކުރެވޭނެ ހާއްސަ ޖިމެއް ހުޅުވައިފިއެވެ. މިއީ އެ ސަރަހައްދުގައި ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެން ހިންގާ ޖިމެކެވެ.

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި
16 Oct 2026 ހަބަރު

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ )މުއްދަތު އިތުރު( ކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާގައި
15 Oct 2026 ދުނިޔެ

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާގައި

އެމެރިކާ އާއި ކެނެޑާއާއި ދެމެދު އޮތް ޒަމާންވީ ގުޅުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރްމްޕްގެ ސިޔާސަތުތަކާއެކު ގޯސްވެފައިވާ މި ދަނޑިވަޅުގައި ކެނެޑާއިން އަންނަނީ އެހެން ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.