އިންޑިއާގެ ތެއޮ އުފައްދާ ކާރުހާނާއެއް.. ފޮޓޯ: ދަ މޮސްކޯ ޓައިމްސް
އިންޑިއާގެ ތެއޮ އުފައްދާ ކާރުހާނާއެއް.. ފޮޓޯ: ދަ މޮސްކޯ ޓައިމްސް
ދުނިޔެ 21 Aug 2025 | 08:38

އެމެރިކާ ނުރުހުނަސް އިންޑިއާއަށް ތެޔޮ ވިއްކާނަން: ރަޝިޔާ

އެމެރިކާ ނުރުހުނަސް ކުރިއަށް އޮތްތަނުގައިވެސް އިންޑިއާއަށް ތެޔޮ ވިއްކަމުންދާނެކަމަށް ރަޝިޔާއިން ބުނެފިއެވެ.

އިންޑިއާއަށް ބޭނުންވާ ތެޔޮ ރަޝިޔާއިން ގަންނަ މައްސަލައިގައި އެމެރިކާއިން ހިތްހަމަނުޖެހި، އިންޑިއާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން 25 އިންސައްތައިގެ ޓެރިފެއް އަންނަ ހަފްތާއިން ފެށިގެން ނަގަން ފަށާނެއެވެ. އިންޑިއާގައި މިވަގުތު ހުންނެވި ރަޝިޔާގެ އެންމެ އިސް ޑިޕްލޮމެޓް ރޮމަން ބަބުޝްކިން ވިދާޅުވީ މަސްރަހު ގޯސްވިޔަސް، އިންޑިއާއިން ތެޔޮ ގަންނާނެކަމަށް އުއްމީދުކުރާކަމަށާއި، ތެޔޮ ސަޕްލައިކުރުން ރަޝިޔާއިން ހުއްޓާ ނުލާނެކަމަށެވެ.

ޔޫކްރެއިން ހަނގުރާމަ ފެށުމުގެ ކުރިން އިންޑިއާއަށް އެތެރެކުރާ ތެލުން ރަޝިޔާ ހިއްސާކުރަނީ ވަރަށް ކުޑަކުޑަ މިންވަރެކެވެ. އެހެންނަމަވެސް، ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ލޮޅުންތަކާއެކު، ހެޔޮ އަގުގައި ތެޔޮ ހޯދުމަށް ދަތިތައް ދިމާވެ، އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަތުން އިތުރުކުރިއެވެ. އިންޑިއާއަށް ބޭރުން އެތެރެކުރާ ތެލުގެ 25 އިންސައްތައަކީ މިހާރު ރަޝިޔާއިން ގެންނަ ތެލެވެ.

ދާދިފަހުން ރަޝިޔާގެ ފަރސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ޑެނިސް މަންތުރޯވް ވިދާޅުވީ ސާފުނުކުރާ ތެލާއި، ބޯޓު ދެލި މިހާރުވެސް އިންޑިއާއަށް ބޭރުކުރާ ފަދައިން، ރަޝިޔާއިން ޤުދުރަތީ ގޭސްވެސް އިންޑިއާއަށް ބޭރުކުރެވިދާނެކަމަށެވެ. އަދި ނިއުކްލިއަރ ހަތަކަތައިގެ ދާއިރާއިންވެސް އިންޑިއާއާއެކު އޮންނަ ގުޅުން ބަދަހިކުރެވިދާނެ މަގުތައް ހޯދަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންޑިއާއާއި އެމެރިކާއާއި ދެމެދު ވިޔަފާރީގެ މަޝްވަރާތައް ކުރިއަށްދަނިކޮށް މައްސަލަ ގޯސްވީ، އިންޑިއާގެ ދަނޑުވެރިކަމުގެ ސިނާޢަތް އެމެރިކާއަށް ހުޅުވާލަން އިންޑިއާއިން އެއްބަސްނުވުމުންނެވެ. އެއާއެކު ރަޝިޔާގެ ތެޔޮ އިންޑިއާއިން ގަންނަނީކަމަށްބުނެ، އިންޑިއާއިން އެތެރެކުރާ މުދަލުން ބޮޑު ޓެރިފެއް ނަގާނެކަން އެމެރިކާއިން އިއުލާންކުރިއެވެ. މީގެ އިތުރުން އެމެރިކާއިން ޕާކިސްތާނާއެކު އޮންނަ ގުޅުން ބަދަހިކުރަމުންދާ މައްސަލައިގައިވެސް އެމެރިކާއާއިން އިންޑިއާގެ ގުޅުން ވަނީ ގޯސްވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ
02 Nov 2026 ދުނިޔެ

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ

އެމެރިކާގެ ދެކުނު ފްލޮރިޑާގެ މީހުން ދިރިއުޅޭ އަވަށަކަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން ހިމެނޭހެން ނުވަ މީހަކު މަރުވެއްޖެއެވެ.

މުޒާހަރާ ކުރުމަށްފަހު ވިޔަފާރިކުރޭ: ރާހުލް ގާންދީ
01 Nov 2026 ދުނިޔެ

މުޒާހަރާ ކުރުމަށްފަހު ވިޔަފާރިކުރޭ: ރާހުލް ގާންދީ

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ، ނޮވެމްބަރު 1 ގައި ދިއްލީގެ ރާމްލީލާ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިދިކޮޅު އިއްތިހާދުގެ ބޮޑު އެއްވުމާ ގުޅިގެން ވިޔަފާރިވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ޖަވާބެއް ދެއްވައިފިއެވެ.

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ
30 Oct 2026 ހަބަރު

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" )އެޗް.އައި.ސީ.ޑީ.ޕީ( ގެ ދަށުން، ރާއްޖޭގެ 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާ )އެމްއޯޔޫ( އެއްގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފިއެވެ.

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް
23 Oct 2026 ދުނިޔެ

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް

އދ. ގައި ހުންނަ އިންޑިއާގެ ފަސްޓް ސެކްރެޓަރީ ބަވިކާ މަންގަލާނަންދަން ބުނީ، އަމިއްލަ ގައުމުގައި ތިބި ނާޒުކު މީހުން ހިމާޔަތް ނުކުރެވޭ ގައުމަކަށް އިންޑިއާއަށް ފާޑުކިޔުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށެވެ.

އެމެރިކާއާ މެކްސިކޯ ގުޅޭ ބޯޑަރު ކައިރިން "އާދަޔާ ޚިލާފް ޖަނަވާރެއް" ފެނިއްޖެ: ރިޕޯޓް
22 Oct 2026 ދުނިޔެ

އެމެރިކާއާ މެކްސިކޯ ގުޅޭ ބޯޑަރު ކައިރިން "އާދަޔާ ޚިލާފް ޖަނަވާރެއް" ފެނިއްޖެ: ރިޕޯޓް

އެމެރިކާއާއި މެކްސިކޯ ގުޅޭ ބޯޑަރު ކައިރިން، ދުނިޔެއިން އާންމުކޮށް ނުފެންނަ ޒާތުގެ "އާދަޔާ ޚިލާފް ޖަނަވާރެއް" ފެނި، އެކަމާ ގުޅޭގޮތުން ގިނަ ބައެއްގެ މެދުގައި ބޮޑު ސުވާލުތަކަކާއި ބަހުސްތަކެއް އުފެދިއްޖެއެވެ.

އިންޑިއާގެ ކޮއިމްބަތޫރުގެ ޝަބާނާ ހުޅުވައިދިނީ އަބާޔާލައި، ނިވާވެ ތިބެގެން ކަސްރަތު ކުރެވޭނެ ޖިމެއް
21 Oct 2026 ދުނިޔެ

އިންޑިއާގެ ކޮއިމްބަތޫރުގެ ޝަބާނާ ހުޅުވައިދިނީ އަބާޔާލައި، ނިވާވެ ތިބެގެން ކަސްރަތު ކުރެވޭނެ ޖިމެއް

ދެކުނު އިންޑިއާގެ ޝަހަރެއް ކަމަށްވާ ކޮއިމްބަތޫރުގައި، މުސްލިމް އަންހެނުންނަށް ހިޖާބާއި އަބާޔާ ފަދަ ނިވާކަން ބޮޑު ހެދުމުގައި ތިބެ ފަސޭހަކަމާއެކު ކަސްރަތު ކުރެވޭނެ ހާއްސަ ޖިމެއް ހުޅުވައިފިއެވެ. މިއީ އެ ސަރަހައްދުގައި ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެން ހިންގާ ޖިމެކެވެ.