އެމެރިކާގެ ރައީސް ޓްރަމްޕް
އެމެރިކާގެ ރައީސް ޓްރަމްޕް
ދުނިޔެ 02 Aug 2026 | 03:34

އެމެރިކާއިން އިރާނަށް ދޭން އުޅުނު ވަރުގަދަ ހަމަލާތައް ކުއްލި ގޮތަކަށް މަޑުޖައްސާލައިފި

އިރާނަށް ދޭން ރާވާފައިވާ ވަރުގަދަ އަސްކަރީ ހަމަލާތަކެއް ކުއްލި ގޮތަކަށް މަޑުޖައްސާލާފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޢުލާން ކޮށްފިއެވެ.

ޓްރަމްޕް މިކަން ހާމަކުރީ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރުތް ސޯޝަލް" ގައި ކުރި ޕޯސްޓެއްގައެވެ.

ޓްރަމްޕް ބުނީ އިރާނާއެކު "އަވަސް" އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދުގައި ހަމަލާތައް ކެންސަލް ކުރަން ނިންމީ، އިރާނާއި މެދުއިރުމަތީގެ ބައެއް އެހެން ގައުމުތަކުން އެކަމަށް އެދުމުން ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ހޯރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުމާއި، އިރާނުގެ ނިއުކްލިއަރ ބިރުވެރިކަން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށް ޓްރަމްޕް ބުންޏެވެ.

މި ނިންމުމަކީ އިޒްރޭލާއެކު މަޝްވަރާ ކުރުމަށްފަހު ނިންމި ނިންމުމެއް ކަމަށް ޓްރަމްޕް ބުނެއެވެ. އޭނާ އިތުރަށް ބުނީ އެމެރިކާ އޮތީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ނުފެންނަ ފަދަ ވަރުގަދަ ބާރަކާއެކު އިރާނާ ދެކޮޅަށް ހަމަލާދޭން ތައްޔާރަށް ކަމަށެވެ. ނަމަވެސް މިހާރު އެއްބަސްވުމެއްގެ އަސާސްތަކަށް ވާސިލްވެވިފައިވާ ކަމަށް އޭނާ އިޝާރާތް ކޮށްފައިވެއެވެ.

މި ހަމަލާތައް މަޑުޖައްސާލާފައި މިވަނީ، އެމެރިކާއިން އިރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭން އުޅޭ ކަމުގެ ރިޕޯޓްތައް ފެތުރިފައި ވަނިކޮށެވެ. މީގެ ކުރިން ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ އިރާނަށް ވަރަށް ވަރުގަދަ ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ.

މި ނިންމުމުގެ ކުރިން، ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ޓްރަމްޕާ ފޯނުން ގުޅުއްވައި، ހަމަލާތަކުގެ ސަބަބުން ސަރަހައްދަށް ކުރިމަތިވެދާނެ ނުރައްކަލާ މެދު ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް ރިޕޯޓްތައް ބުނެއެވެ. އިރާނުން ބުނެފައިވަނީ އެމެރިކާއާ ގުޅިގެން މަސައްކަތްކުރާ ކޮންމެ ގައުމެއް "ހަނގުރާމައިގެ އަލިފާނުގެ ތެރެއަށް" ވެއްޓޭނެ ކަމަށެވެ.

އެމެރިކާ ސަރުކާރުން ވަނީ މެދުއިރުމަތީގައި ތިބި އެމެރިކާގެ ރައްޔިތުން ސަމާލުވުމަށާއި، މަސްލަހަތު ގޯސްވެއްޖެ ހާލަތެއްގައި ފުރަން ތައްޔާރުވެ ތިބުމަށް އިލްތިމާސްކޮށްފައެވެ.

މިދިޔަ ފެބްރުއަރީ 28 އިން ފެށިގެން އެމެރިކާއާއި އިޒްރޭލުން ދަނީ އިރާނަށް ހަމަލާތައް ދެމުންނެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

ޓްރަމްޕްގެ މި އިޢުލާނާ ގުޅިގެން އިރާނުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރަޔަންއެއާގެ ފައިދާ ދަށަށް ހިނގައްޖެ
02 Nov 2026 ދުނިޔެ

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރަޔަންއެއާގެ ފައިދާ ދަށަށް ހިނގައްޖެ

ކުންފުނިން ބުނި ގޮތުގައި ފައިދާ ދަށަށް ދިޔަ މައިގަނޑު ސަބަބަކީ ބައިނަލްއަގުވާމީ މާކެޓުގައި ތެލުގެ އަގު އުފުލުމާއި، އެމެރިކާއާއި އިސްރާއީލުން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޓިކެޓުގެ އަގުތަކަށް އައި ބަދަލުތަކެވެ.

ބިރުދައްކަމުން މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދެއް ނުކުރެވޭނެ: ޕެޒެޝްކިޔާން
21 Oct 2026 ދުނިޔެ

ބިރުދައްކަމުން މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދެއް ނުކުރެވޭނެ: ޕެޒެޝްކިޔާން

ޕެޒެޝްކިޔާންގެ މި ވާހަކަ ގެނެސްދީފައިވަނީ އީރާނުގެ ދައުލަތުގެ މީޑިއާއިންނެވެ. އީރާނަށް މަގުތައް ބަންދުކޮށް، ބިރުދައްކަމުން ދިއުމާއެކު ބައްދަލުވުމަކަށް ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

އިރާގުގެ ބޮޑުވަޒީރަށް އަރާގްޗީ: ސިޔާސީ ގުޅުންތައް ހީނަރުކުރީ އެމެރިކާއިން
18 Oct 2026 ދުނިޔެ

އިރާގުގެ ބޮޑުވަޒީރަށް އަރާގްޗީ: ސިޔާސީ ގުޅުންތައް ހީނަރުކުރީ އެމެރިކާއިން

އަރާގްޗީ މިހެން ބުނެފައިވަނީ، ބަގްދާދުގައި ބާއްވަމުންދާ އޯއައިސީގެ ބައްދަލުވުމުގެ ސައިޑްލައިންގައި އިރާގުގެ ބޮޑުވަޒީރާ ކުރި ބައްދަލުވުމެއްގައި ވާހަކަދައްކަމުންނެވެ. އެގޮތުން، އޭނާ ވަނީ ހަނގުރާމަ ނިންމާލުމުގެ ސިޔާސީ މަސައްކަތްތައް އެމެރިކާއިން ހަލާކުކުރި ކަމަށް ތުހުމަތުކޮށްފައެވެ.

ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
08 Oct 2026 ދުނިޔެ

ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ

މެދުއިރުމައްޗާއި ހޮރްމޫޒް ކަނޑުއޮޅީގައި ޝިޕިން ލައިންތަކަށް ދެމުންދާ ހަމަލާތައް އިތުރުވެ، ތެލުގެ ސަޕްލައިއަށް އޮތް ގޮންޖެހުންތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުތަނުން މައްޗަށް ގޮސް، ފީފާއެއް...

އެމެރިކާއިން 3 ވަނަ އެއާކްރާފްޓް ކެރިއާއެއް މެދުއިރުމައްޗަށް ފޮނުވަނީ
02 Oct 2026 ދުނިޔެ

އެމެރިކާއިން 3 ވަނަ އެއާކްރާފްޓް ކެރިއާއެއް މެދުއިރުމައްޗަށް ފޮނުވަނީ

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާއިން 3 ވަނަ އެއާކްރާފްޓް ކެރިއާއެއް މެދުއިރުމައްޗަށް ފޮނުވަން ނިންމާފިއެވެ. އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައ...

އީރާނުގެ ވައިގެ ދަތުރުފަތުރަށް އެމެރިކާއިން ދަތިކުރާ މައްސަލަ އދ އަށް
28 Sep 2026 ދުނިޔެ

އީރާނުގެ ވައިގެ ދަތުރުފަތުރަށް އެމެރިކާއިން ދަތިކުރާ މައްސަލަ އދ އަށް

އީރާނުގެ ވައިގެ ދަތުރުފަތުރަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އެޤައުމުން އެ މައްސަލަ އދ. އަށް ހުށަހަޅައިފިއެވެ. އީރާނުގެ ސިވިލް އޭވިއޭޝަންގެ ވެރިޔާ އަބޫޒާރް ޝީރޫދީ ވިދާޅުވި...

އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
27 Sep 2026 ދުނިޔެ

އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

އެމެރިކާއިން އީރާނާ ދެކޮޅަށް އައު ހަނގުރާމައެއް ފަށައިފި ނަމަ އިންޑިއާ ކަނޑުގައި ދުއްވާ އެމެރިކާގެ ހަނގުރާމަމަތީ އުޅަނދުތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ސިފައިން ދީފިއ...