ޣައްޒާގެ ސުކޫލަކަށް ހަމަލާދީ 10 މީހުން ޝަހީދުކޮށްލައިފި
ލިޔުންތެރިޔާ
ފާޠިމަތު އިނާ ސަވާދު
ހައްދުފަހަނަ އަޅާފައިވާ އިޒްރާއީލުގެ ޔަހޫދީން ޣައްޒާ ސިޓީގެ ހުޅާނގުގައި ހުންނަ މުސްތަފާ ސުކޫލަށް ދިން ހަމަލާގައި 10އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ.
މި ހަމަލާ ދީފައިވަނީ މިއަދު މެންދުރުގެ ވަގުތެއެގައެވެެ.
މި ސުކޫލަކީ 700 އަށްވުރެ ގިނަ މީހުްނ ބޯހިޔާވެހިކަން ހީދަމުން ދިޔަ ސުކޫލެއްކަމަށް ސިވިލްޑިފެންސް އިން ވަނީ ބުނެފައެވެ.
މިދިޔަ 24 ގަޑިއިރުތެރޭގައި ހައްދުފަހަނަ އަޅާފައިވާ އިޒްރާއީލުގެ ޔަހޫދީން ޣައްޒާގެ އެކި ތަންތަނަށްދިން ހަމަލާތަކުގައި 34 މީހުން ވަނީ ޝަހީދުވެފައެވެ.އަދި 114 މީހުން ޒަހަމްވެފައިވާ ކަމަށް ޣައްޒާަގެ ހެލްތް މިނިސްޓްރީ އިންވަނީ ބުނެފައެވެ.
މި ގަތުލުއާންމަށް 318 ދުވަސްވެފައިވާއިރު މިހާތަނަށް 40،173 ޝަހީދުކޮށްލާފައިވާއިރު 92،857 މީހުން ޒަހަމްކޮށްލާފައިވާކަމަށްވެސް ހެލްތް މިނިސްޓްރީއިން ވަނީ ބުނެފައެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް