ރެސްޓޯރެންޓް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ބާއްވަން ތައްޔާރުވަނީ

28 Jul 2020 | 11:38

ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރެމް)ގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ތައްޔާރުވާން ފަށައިފިއެވެ.

ފުޑް ބޭންކް ރެސްޓޯރެންޓްގައި ރެމްގެ މެންބަރުންތަކެއް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ މި އެސޯސިއޭޝަންގެ ހަރަކާތްތައް އަލުން ފެށުމަށް ނިންމާފައިވާ ކަމަށް އިއުލާންކޮށްފައެވެ. 

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރެމްގެ ފައުންޑިންގ މެންބަރު ނުޒައިރު އަލީ ވިދާޅުވީ ރެސްޓޯރެންޓްގެ ދާއިރާގައި މިއަދު ގިނަ އަދަދެއްގެ ޒުވާނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެހެންކަމުން ރެމްގެ ހަރަކާތްތައް މުޅި ދިވެހިރާއްޖެއަށް ފުޅާކޮށް، އެސޯސިއޭޝަން ހިންގުމުގެ މަސައްކަތް ޒުވާނުންނަށް ހަވާލުކުރުމަކީ ވަރަށް ބޮޑު އުންމީދެއްކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ރެމްގެ ހިންގާ ކޮމެޓީ އިންތިޚާބު ކުރުމަށް މި އަންނަ މަހުގެ 4 ވަނަ ދުވަހު އަހަރީ އާންމު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

2009 ވަނަ އަހަރުގެ ތެރޭގައި އުފެދިގެން ދިޔަ މި ޖަމްއިއްޔާއިން ވަނީ އުފެދުނުތާ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ވަރަށް ހަރަކާތްތެރިކޮށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެއަށްފަހު ދުވަސްތަކެއް ވަންދެން ޖަމްއިއްޔާގެ މަސައްކަތްތައް ވަޅު ޖެހުނެވެ.

ފޮޓޯ: ވަން އޮންލައިން

Advertisement

ކޮމެންޓް

Advertisement