30 Jul 2020 | 05:33
ޗައިނާއަށް ދިންކަމަށް ތަކުރާރުކޮށް ވިދާޅުވާ 16 ރަށް މަޖިލިސް ރައީސްއަށް ނޭނގުނު!

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާ އަށް ރާއްޖެ އިން 16 ރަށެއް ދިން ކަމަށް މީގެ ކުރިން ތަކުރާރުކޮށް އެތައް ފަހަރަކު ރައީސް ނަޝީދު ވިދާޅުވިނަމަވެސް، މިރޭ ނޫސްވެރިން އެ 16 ރަށަކީ ކޮބައިތޯ ސުވާލު ކުރުމުން އޭގެ ތަފްސީލް ރައީސް ނަޝީދަކަށް ވިދާޅުވެނުވެވުނެވެ.

މިރޭ އެމްޑީޕީގެ އޮފީހުގައި ކުރިއަށް ދިޔަ މި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރިމަތިކުރުވި މި ސުވާލަށް ރައީސް ނަޝީދުވަނީ ނުގުޅޭ ގިނަ ވާހަކަތަކެއް ދައްކަވާފައެވެ.

މިގޮތުން ރައީސް ނަޝީދުވަނީ، ޗައިނާ ލޯނު ނަގާ، އެ ލޯނު އަނބުރާ ނުދެއްކިއްޖެނަމަ ދެން ދޭން ޖެހޭނީ ހިއްސާ ކަމަށާއި، ހިއްސާ އާއި އެކު ގެންދަނީ ރަށް ކަމަށާއި ދެން ރަށާއި އެކު ގެއްލިގެން ދަނީ އިސްތިޤުލާލު ކަމަށް ވިދާޅުވިއެވެ.

"16 ރަށެއް.. ބައިވަރު ރަށްތަކެއް، މިކަމުގަ މިވާގޮތަކީ މިއީ.. މި ނަގަނީ ލޯނެއް ޗައިނާގެ ކުންފުންޏަކުން، ނަގާއިރުގާ ލޯނުގެ އަދަދު މިއޮންނަނީ ވަރަށް ބޮޑުވެފައި، އެއީ ލޯނު ނެގުމަށް، ހެދި ހިސާބު، ނުވަތަ ނެގުމަށް އުފައްދަން ބޭނުންވި ރައުސްމާލު، އެސެޓުގެ އަގު މިއޮތީ ވަރަށް ބޮޑުތަނުން، ބޮޑުކޮށްފަ، އިންފްލޭޓްކޮށްފަ. އެހެންވީމަ ބޮޑުކޮށްފަ އޮތް ލޯނެއްގެ އަދަދު މިދެނީ، މި ބޮޑު ކޮށްފަ އޮތް މިންވަރަކީ އެ ޕްރޮޖެކްޓް ކަނޑައެޅިގެން ވިޔަފާރީގެ ގޮތުން ދެކޮޅު ނުޖެހޭނެ ވަރަށް ދޫކޮށްފަ އޮތުން. އެހެންވީމަ މީގެއިން ލޯނެއް ނަގައިގެން ހަދާ އެއްވެސް ޕްރޮޖެކެޓަކުންނެއް ވިޔަފާރީގެ ފައިދާނެރެވި ލޯނު އަނބުރާ ދެއްކޭކަށް ނޯވޭ. ލޯނު އަނބުރާ ނުދެއްކުނީމާ، ދެން މިބުނަނީ ހިއްސާ ދޭށެ. އިކުއިޓީ ދޭށޭ. ހިއްސާ އާއި އެކު މިގެންދަނީ ރަށް. ރަށާއި އެކު އަޅުގަނޑުމެންނަށް އިސްތިޤުލާލު ގެއްލިގެން މިދަނީ" ނަޝީދު ވިދާޅުވިއެވެ.

16 ރަށާއި ބެހޭގޮތުން ދިޔަރެސް ނޫހުން ތަކުރާރުކޮށް ސުވާލު ކުރުމުން ނަޝީދު ވަނީ އެ ރަށްތަކުގެ ނަންތައް ދަންނަވަން ދަތިކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު މިތާ ހުރެފައި ރަށްތަކުގެ ނަންތައް ދަންނަވަން އުނދަގޫވާނެ، އެކަމަކު ތިބޭފުޅާގެ ކުރިމަތިން ކަނޑައެޅިގެން ފެންނަ ރަށްތައް އެބަހުރި. މިސާލަކަށް ފޭދޫ ފިނޮޅު. މިސާލަކަށް ކަޅުފަހަލަފުށި، އަޅުގަނޑު އަތުގާ ހުރިހާ ރަށެއްގެ ނަން ދާދި ފަހުންވެސް އަޅުގަނޑަށް ލިބިދީފައި އެބައޮތް. އެހެންވީމަ މި ރަށްތައް އަޅުގަނޑުމެން އަތުން ބީވެގެން ދިޔުމުގެ ކިތަންމެ ފުރުސަތުތަކެއް ފަހިވެގެން ހިނގައްޖެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވިކަމުގައި ވީނަމަވެސް ފޭދޫ ފިނޮޅަކީ ރާއްޖޭގައި ރިސޯޓް ތަރައްޤީކުރަމުން އިންވެސްޓްކުރަމުން އަންނަ ބޭރުގެ ކުންފުނިތައް ފަދައިން ދިވެހި ކުންފުންޏަކާއި ޗައިނާ ކުންފުންޏަކާއި އަދި ހޮންކް ކޮންގް ކުންފުންޏަކާއި ޖޮއިންޓްވެންޗާ އެއްގެ ދަށުން ހަދަމުން އަންނަ ރިސޯޓެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Jun 2026
ކަންކަންމަތީ ޕާާކުނުކުރެވޭ ގޮތް ހަދާ, ހަނިމަގުތަކުގެ ޕާކިންއަށް ބަދަލެއް ގެންނަނީ
ރައީސް ވިދާޅުވީ މަގުތަކަކީ ފަސޭހަ ތަންތަނަށް ހެދުމަށް ޕާކިން ޒޯންތައް އިތުރުކޮށް ޕާކުކުރެވޭނެ ހަރުދަނާ އުސޫލެއް އޮތުން މުހިންމު ކަމަށެވެ.
26 Jun 2026
ނާޖައިޒުކޮށް އެއްވެސް މީހަކަށް ފްލެޓެއް ނުދޭނަން، އެކަމުގެ ޔަގީންކަން ދެން: ރައީސް
"އިރާދަކުރެއްވިއްޔާ މި ސަރުކާރުން ދޭ އެއްވެސް ފްލެޓެއް އަދި އެއްވެސް ގޯޗެއް ނުދޭނަން އެފަދަ އެއްވެސް ނާޖައިޒު ކަމެއް ހިމެނޭ ގޮތަކަށް. އެކަމުގެ ފުރިހަމަ ޔަޤީންކަން ހުރިހާ ރައްޔިތުންނަށް ދެން," ރައީސް ވިދާޅުވި އެވެ.
25 Jun 2026
ށ.ފުނަދޫ އިސްރަށްވެހިންގެ ހިޔާވަހި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
މި މަޝްރޫޢުގެ ދަށުން ގާއިމުކުރާ މި މަރުކަޒަކީ ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި އިޖުތިމާޢީ ޕްރޮގްރާމްތައް ހިންގޭނެ އިންތިޒާމުތަކުގެ އިތުރުން، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކަކާއެކު 60 މީހުންގެ ޖާގައިގެ މަރުކަޒެކެވެ.
25 Jun 2026
"ލޭ އެޕް"އިން އިސްނަގައިގެން ނެރޭ ލަވަ މާދަން ރިލީސް ކުރަނީ
މި ލަވަ ނެރުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު، ޓީވީއެއްގެ ”ހޭޔަންބޯ“ ޕްރޮގްރާމްގެ ތެރެއިންނެވެ.
25 Jun 2026
މާލެ އޭރިއާގެ 84 ފުލުހަކަށް ޝަރަފުގެ ނިޝާން
މި ރަސްމިއްޔާތުގައި، މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 84 ފުލުހަކަށް ޝަރަފުގެ ނިޝާން ލިބިފައިވެ އެވެ.
25 Jun 2026
ޖަޕާނުން ރާއްޖެއަށް ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފި
މިއީ ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ކުރުމަށްޓަކައި ހަދިޔާ ކުރި ސިސްޓަމެކެވެ.
25 Jun 2026
އެމްއެންޔޫގެ ޢަރަބި ބަހުގެ ކްރޭޝް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު
އެމްއެންޔޫއިން ބުނީ މި ކޯހަކީ ޢަރަބި ބަހުގެ އަސާސްތައް ދަސްކޮށްދިނުމަށާއި، އެ ޔުނިވަރސިޓީން ކުރިއަށްގެންދާ ޢަރަބި ބަހުގެ އެކި ޕްރޮގްރާމްތަކަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ ކޯހެއް ކަމަށެވެ.
25 Jun 2026
ޓޫރިޒަމް އޯފް ސީޒަނުގައި ބޭންކްތަކަށް އެމްއެމްއޭއިން ވިއްކާ ޑޮލަރު އިތުރުކުރަން ނިންމައިފި
ބޭންކުތަކަށް ބޭރު ފައިސާ އިތުރަށް ދޫކުރުމަށް ނިންމީ، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ