31 Jul 2020 | 18:17
ބޮޑުފިނޮޅުގައި ތިބި ބިދޭސީން އީދުގެ އުފަލުން މަހުރޫމްކުރެވިފައި!

މިއަދަކީ ބަރަކާތްތެރިވެގެންވާ އަޟްހާ އީދު ނުވަތަ ބޮޑު އީދު ދުވަހެވެ. ހާލަތު ނިޔާކުރި ގޮތުން މިފަހަރުގެ އީދާއި މުޅި ދުނިޔެއާއި އިސްލާމީ އުންމަތް ބައްދަލުކުރަން މި ޖެހުނީ ކޮވިޑް-19ގެ ބަލިމަޑުކަމާއި ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ. އެހެނަސް، އިޖްތިމާއީ ގައިދުރުކަމާއި ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތަކާއި އެކު އީދުގެ އުފާ ލިބިގަތުމަށްޓަކައި ގިނަބަޔަކު ދަނީ މަސައްކަތްކުރަމުންނެވެ. އެހެނަސް، މި ނަސީބާއި އުފަލަކީ ހުރިހާ އިންސާނުންނަށް ލިބެން އޮތް އެއްޗެއް ނޫނެވެ.

އަޅުގަނޑުމެންގެ މުސްލިމް ގައުމުގައިވެސް، އީދުގެ ފޮނިމީރު އުފަލުން މަހުރޫމްވެފައިވާ ގަދަކަމުން މަހުރޫމްކުރެވިފައިވާ އެތައް ބަޔަކު އެބައުޅެއެވެ. އެގޮތުން އެއް ބަޔަކަށް ވާނީ، ދިވެހި އިގްތިސާދުގެ ކުރިއެރުމަށްޓަކައި މަދު އުޖޫރައަކަށް ދަތި އަދި ނުރައްކާތެރި ހާލަތުގައި މަސައްކަތްކުރުވާ އެތަކެއް ބިދޭސީންނެވެ. އޭގެ ތެރެއިން ގިނަ މީހުން މިއަދު އެ ތިބީ އެތަކެއް މަސްތަކެއް ވަންދެން މުސާރަ ނުލިބިއެވެ. އާއިލާއާއި އެއްވެސް ގޮތަކަށް ބައްދަލުނުވާއިރު، ރަނގަޅަށް ބަނޑުފުރާނަ މުއްތިކޮށް ގައިން ތާހިރުވެވޭނެ ގޮތެއްވެސް ނެތިއެވެ. މި އީދުގައި އެބައިމީހުންނަށް ހިނިތުންވުމާއި އުފަލަކީ ބީރައްޓެހި އިހުސާސްތަކެކެވެ.

މިފަދަ ދަތި ހާލަތެއްގައި ތިބި އެއް ބަޔަކީ ރިސޯޓް ހެދުމުގެ މަސައްކަތްކުރަމުންދާ ބ.ބޮޑުފިނޮޅުގައި ތިބި ބިދޭސީންނެވެ. މިފަރާތްތަކުގެ ހާލަތު ތަފްސީލްކޮށް ކިޔައިދޭ ވީޑިޔޯއެއް، މަދަނީ ޖަމްއިއްޔާއެއްކަމަށްވާ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ އާންމުކޮށްފައެވެ.

މި ވީޑިޔޯގައި ވާހަކަދައްކާ ބިދޭސީ މީހާ ބުނިގޮތުގައި އޭނާއަށް އެންމެ ފަހުން މުސާރަ ލިބިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގައެވެ. މިފަދައިން މުސާރަ ނުލިބި ދިގު މުއްދަތެއް ވޭތުވެފައި ވުމުން، މި ބިދޭސީން ތިބީ އަމިއްލަ ގައުމުގައި ތިބި ލޯބިވާ އާއިލާގެ ފަރާތްތަކަށްވެސް ނުގުޅިއެވެ. އަދި އަމިއްލައަށް ގައިން ތާހިރުވާން ބޭނުންވާނެ ތަކެތި ނުލިބި، ގިނަ ބިދޭސީން ފުއްދާލަނީ ހަމައެކަނި ފެންކޮޅަކުންނެވެ. 

އެ ބިދޭސީ މީހާ ބުނިގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރަން އައިސްފައި ތިބުމުން، ހަގީގަތުގައި މައިންބަފައިންނަށް ފައިސާ ފޮނުވަން ޖެހޭނީ އެމީހުންނެވެ. އެހެނަސް ރަމަޟާން މަހާއި އީދަށްވެސް އާއިލާއަށް އެއްވެސް ފައިސާއެއް ނުފޮނުވޭ ހާލަތުގައި، ކުންފުނިން ފައިސާ ނުދިނުމުން އަމިއްލަ މުހުތާދުތައް ފުއްދުމަށް ފައިސާ ހޯދަން ޖެހެނީ މައިންބަފައިންގެ އަތުންނެވެ. 

މި ވީޑިޔޯގައި ވާހަކަދައްކާ މީހާ ބުނިގޮތުގައި އެރަށުގައި ތިބި ބިދޭސީ މަސައްކަތްތެެރިންގެ ނިދުމުގެ ހާލަތުވެސް ވަނީ އިންތިހާއަށް ނިކަމެތި ހާލުގައެވެ. އެގޮތުން 94 މީހުން ސަތަރި އަޅައިގެން ކާގޭގައި ނިދަން ޖެހޭއިރު، ކޮންމެ މީހަކަށް ލިބެނީ ބާލީހަކާއި ބެޑްޝީޓެކެވެ. މި ހާލަތުގައި އެމީހުން ނިދަން ޖެހޭއިރު، އެތަނުގައި ތިބި 40 ވަރަކަށް ބިދޭސީންނަށް ވަނީ ހަމުގެ މައްސަލަތަކާއިވެސް ކުރިމަތިވެފައެވެ. މިކަން އެމީހުންނާއި ހަވާލުވެ ތިބި ރިޒް ކޮމްޕެނީއަށް އެންގުމުން މިހާތަނަށްވެސް ޑޮކްޓަރަށް ދައްކާފައި ނުވާކަން އެ ބިދޭސީ މީހާ ފާހަގަކުރިއެވެ. 

ކުރިންވެސް ފާހަގަކުރި ފަދައިން މިއަދަކީ ބަރަކާތްތެރި އަޟްހާ އީދުގެ މުނާސަބަތެވެ. އެހެނަސް، ބޮޑުފިނޮޅުގައި ތިބި ބިދޭސީންނަށް އިއްޔެއިން ފެށިގެން ފެނާއި ކަރަންޓްގެ ޚިިދުމަތެއް ނުލިބެއެވެ. ކަރަންޓް އަނބުރާ ލިބޭނެ ވަގުތެއް އެ ބިދޭސީންނަށް ނޭނގޭއިރު، ރޭގެ ކެއުން އެމީހުން ކައްކާ ކައިހެދީ ކަނު އަނދިރީގައެވެ. 

ކަން މިހެން އޮތްއިރު، އަލިފާން ދަރު ނުލިބޭނަމަ އީދު ދުވަހަށް ކެއްކޭނެފަދަ ގޮތެއްވެސް އެ މަސައްކަތްތެރިންނަށް ނެތެވެ. އެ ރަށުގައި ފެން ނެތުމުން ނަމާދަށް ހިނައި ތާހިރުވެ، ވުޟޫ ކުރާނެ ރަނގަޅު ގޮތެއްވެސް ނެތެވެ. 

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ވީޑިޔޯގައި ވާހަކަދައްކާ ބިދޭސީ މީހާ ބުނިގޮތުގައި އެމީހުން ދެން އެރަށުގައި މަޑު ކުރާކަށް ބޭނުމެއްވެސް ނުވެއެވެ. ބޮޑުފިނޮޅުގައި ތިބި 174 ބިދޭސީން ބޭނުންވަނީ މުސާރަ ލިބުމުން ވީހާވެސް އަވަހަށް އެނބުރި ގައުމަށް ދާށެވެ.

މިއަދުގެ އީދު އުފަލުގައި އަޅުގަނޑުމެންގެ މުޅި ގައުމު ބައިވެރިވަމުންދާއިރު، އީދުގެ އުފަލާއި ނަސީބުން ބޮޑުފިނޮޅުގައި ތިބި ބިދޭސީން ވަނީ މަހުރޫމްކުރެވިފައެވެ. އެމީހުންގެ އިތުރުން އެތަކެއް ބިދޭސީންވެސް ހަމަ އެހާލުގައި ދިވެހިރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ތިބޭނެއެވެ. އެހެނަސް އެމީހުން ދިވެހިރާއްޖެއަށް ގެނެސް މަސައްކަތްކުރުވާ ވެރިން އެ ތިބީ ގޭގައި އަރާމުކުރުމަށެވެ. އިންސާނީ ވަގުފާރީގެ ފައިދާއިން ހިތްހަމަ ޖެހިގެންނެވެ. އެމީހުންނަށް ގާނޫނު އަރާ ހަމަ ކުރާނެ ދުވަހެއް އަދި ނުފެނެއެވެ. ހާލަތު އޮތްގޮތުން އެ ދުވަސް ފެންނާނެކަމުގެ އުންމީދުވެސް ކުޑައެވެ. 

ފޮޓޯ: ނަވާނަވައި

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ލީގް ކަޕްގައި އިޕްސްވިޗް އަތުން އާސެނަލަށް ފަސޭހަ މޮޅެއް
މެޗަށްފަހު އާސެނަލްގެ ކޯޗް މިކޭލް އަޓޭޓާ ބުނީ ޑޯމަން އަކީ ވަރަށް ހުށިޔާރު ކުޅުންތެރިއެއް ކަމަށާއި އޭނާ ޖެހި ލަނޑުތަކުން ވަރަށް ރަނގަޅަށް އެކަން ފެނިގެން ގޮސްފައިވާކަމަށެވެ. އަޓޭޓާ ބުނީ އުމުރުން އެހާ ހަގު ކުޅުންތެރިއަކު އެ ފެންވަރުގައި ޕްރިމިއާލީގުން ފެނުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެއް ކަމަށެވެ.
16 Sep 2026
ޕީއެންސީގެ ޒުވާނުންގެ ހަތް ގޮނޑިއަށް މެންބަރުން ހޮވައިފި
ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ ޒުވާނުންގެ ހަތް ގޮނޑިއަށް 12 ކެންޑިޑޭޓުންގެ ތެރެއިން ހަތް ބޭފުޅަކު މިއަދު އިންތިޚާބުކޮށްފައިވާ އިރު، އެންމެ ގިނަ ވޯޓު ހޯއްދެވީ ސިމާން ހާދީއެވެ.
16 Sep 2026
ޕީއެންސީ އަންހެނުންގެ މަޖިލީހަށް 10 މެމްބަރުން އިންތިޚާބުކޮށްފި،
ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ މަޖިލީހުގައި (ސެނެޓް) އަންހެނުންނަށް ޚާއްޞަކޮށްފައިވާ 10 ގޮނޑިއަށް ބޭފުޅުން އިންތިޚާބުކޮށްފިއެވެ.
16 Sep 2026
އިސްރާއީލުގެ އަސްކަރިއްޔާއަށް ފޮނުވާ މުދާ މެލޭޝިޔާ މަގުން ގެންދިޔުން ހުއްޓުވާނަން
އިސްރާއީލުގެ އަސްކަރިއްޔާއަށް ފޮނުވާ އެއްވެސް މުދަލެއް މެލޭޝިޔާ މަގުން ގެންދިޔުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު މިހެން ވިދާޅުވީ އިސްރާއީލަށް ގެންދަން އުޅުނު ކާގޯ ކޮންޓޭނަރުތަކެއް މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން ހިފެހެއްޓުމާ ގުޅިގެންނެވެ.
16 Sep 2026
ހޫތީން މައްކާއަށް ޑްރޯން ހަމަލާއެއް އަމާޒު ކުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
ހޫތީންގެ ސިޔާސީ ބިއުރޯގެ މެންބަރު ޙިޒާމް އަލް އަސަދު ވަނީ ރިޔާޛުން ކުރާ ތުހުމަތު ސިފަކޮށްފައިވަނީ ބޮޑު ދޮގެއް ކަމުގައެވެ. މައްކާގެ ވައިގެ ސަރަޙައްދާ ދިމާއަށް ހޫތީންގެ ޑްރޯންއެއް ދަތުރުކުރި ކަމަށް ސަޢޫދީން ބުނެފައިވެއެވެ.
16 Sep 2026
ގެއަށް ރަނގަޅީ ހުދު ލައިޓުތޯ ރީނދޫ ލައިޓުތޯ؟
ލައިޓުގެ ކުލަ ކަނޑައެޅެނީ ކެލްވިން (ކޭ) އިން މިންކުރާ ކަލާ ޓެމްޕެރެޗާ އިންނެވެ. ރީނދޫ ލައިޓް ނުވަތަ ވޯމް ލައިޓްގެ ކެލްވިން 2700 އާއި 3000 އާ ދެމެދުގައި ހުންނައިރު އެ ލައިޓުން ފެންނާނީ އިރުއޮއްސޭ ވަގުތު ނުވަތަ އުއްބައްތިއެއްގެ ހޫނު ރީނދޫ ކުލައެވެ. ހުދު ލައިޓް ނުވަތަ ކޫލް ލައިޓުގެ ކެލްވިން 4000 އާއި 6500 އާ ދެމެދުގައި ހުންނައިރު އެއިން ދޭ އައްޔަކީ ސާފު ހުދު ނޫ ކުލައެއްގެ ތޫނު އައްޔެކެވެ. އެހެންކަމުން ކެލްވިން ދަށްވާ ވަރަކަށް އަލި ހޫނު ރީނދޫކުލައަކަށް ބަދަލުވެ މައްޗަށް ދާ ވަރަކަށް ހުދު ނީލާ ކުލައަކަށް ބަދަލުވެއެވެ.
16 Sep 2026
ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީ މަޢުލޫމާތު ޔަޤީންކުރުމަށް އިލްތިމާސްކޮށްފި
ޑިވިޑެންޑް ޓެކުހާ ގުޅޭ ޤާނޫނީ ލާޒިމުކުރުންތަކާ އެއްގޮތަށް ފައިދާ ދޫކުރުމަށްޓަކައި ހިއްސާދާރުން ޓެކްސް ދައްކަންޖެހޭ ޤައުމުގެ މަޢުލޫމާތު ބެލުމަށްފަހު އެ މަޢުލޫމާތު އަޕްޑޭޓުކުރުމަށް ދިރާގުން މިއަދު އިލްތިމާސްކޮށްފިއެވެ.
16 Sep 2026
ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
އެ ސަމާލު ނެރެފައިވަނީ ފަތިހު 5:30 އިން ހެނދުނު 11:30 އާ ހަމައަށެވެ. މެޓުން ބުނީ އެ ވަގުތުތަކުގައި ބޯކޮށް ވާރެވެހުމާ އެކު ގުގުރުން އެކަށީގެންވާ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލާ ހަމައަށް ވައިގަދަވެދާނެ ކަމަށެވެ.