06 Aug 2020 | 23:07
އިގްތިސާދު ކުރިން އޮތް ހާލަތަށް ރުޖޫއަވާނެކަމަށް ބެލެވެނީ 2022 ވަނަ އަހަރު: ފައްޔާޒު

ކޮވިޑް-19 އައުމުގެ ކުރިން ދިވެހިރާއްޖޭގެ އިގްތިސާދު އޮތް ހާލަތަށް އަނެއްކާވެސް ފުރިހަމައަށް ރުޖޫއަވާނެކަމަށް ބެލެވެނީ 2022 ވަނަ އަހަރުގެ ތެރޭގައި ކަމަށް އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ރޭ ޕީއެސްއެމް ނިއުސްގެ ފަރާތުން ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ވިދާޅުވީ ކޮވިޑް-19ގެ ކުރިން ދިވެހިރާއްޖެ އިގްތިސާދު ކުރިއަރާނެކަމަށް ލަފާކުރެވިފައިވަނީ 7.5 އަށް ކަމަށެވެ. ނަމަވެސް އެ ބަލިމަޑުކަމާއި އެކު އިގްތިސާދަށް އައި ހީނަރުކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދުގެ ކުރިއެރުން 11 އިންސައްތަ ދަށަށް ވެއްޓޭނެކަމަށް މިހާރު ލަފާކުރެވިފައިވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ހަ މަސް ދުވަސް ވެގެންދާނީ އިގްތިސާދީގޮތުން ދަތި ހަ މަސް ދުވަހަށް ކަމަށެވެ. އެގޮތުން މުޅި ދުނިޔޭގެ އިގްތިސާދު ހީނަރުވެ، ގިނަ ބަޔެއްގެ ވަޒީފާތައް ގެއްލިފައިވުމުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެބޭފުޅާ އިތުރަށް ވިދާޅުވި ގޮތުގައި ކޮވިޑް-19އަށް ވެކްސިނެއް ލިބެންދެން އިގްތިސާދީ ދަތިކަން ދެމިއޮންނާނެއެވެ.

އެބޭފުޅާ ވިދާޅުވި ގޮތުގައި ކުރިން ދިވެހިރާއްޖޭގެ އިގްތިސާދު އޮތް މިންވަރަށް އަލުން އިޔާދަވާނެކަމަށް ބެލެވެނީ 2022 ވަނަ އަހަރުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.
12 Sep 2026
ބޯޓާ ގުޅޭ މައްސަލަ ޖުލައިމަހު ކޮމިޝަނަށް ލިބުނު، އެހީތެރިކަން ވާނީ ދީފައި
އެޗްއާރުސީއެމުން ބުނީ މި މައްސަލައަކީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްގެން ބަލަމުން ގެންދާ މައްސަލައެކެވެ
12 Sep 2026
ބްރިޖް ސަރަހައްދަށް އުރުނު ބޯޓުތަކުގެ މައްސަލަ 241 ކޮމިޓީއަށް
ހުށަހެޅުއްވި މައްސަލައިގައި ވަނީ، މި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުގެ ވެރިން ކޮމިޓީއަށް ހާޒިރުކޮށް، ކަންހިނގައިދިޔަ ގޮތުގެ ފުރިހަމަ މައުލޫމާތު ސާފުކޮށްދިނުމަށް އެދިވަޑައިގެންފައެވެ