N/A
N/A
ހަބަރު 07 Aug 2020 | 17:50

28 ބިދޭސީ ނަރުހަކަށް ދެމަސް ދުވަހުގެ މުސާރަ އަދިވެސް ނުލިބޭ!

ދިވެހިރާއްޖޭގައި މަސައްކަތްކުރާ 28 ބިދޭސީ ނަރުހުންނަށް ޖޫން އަދި ޖުލައި މަހުގެ މުސާރަ ނުލިބޭކަމަށް ބުނެފިއެވެ.

މިފަދައިން ބުނެފައިވަނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހައްގުގައި ވަކާލާތުކުރާ ޖަމްއިއްޔާއެއްކަމަށްވާ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަނުންނެވެ.

އެ ޔޫނިއަނުން ކުރި ޓްވީޓެއްގައި ބުނީ ‏ބިދޭސީ 28 ނަރުހަކަށް، ޖޫން އަދި ޖުލައި މަހުގެ އަސާސީ މުސާރަ ހަމަޖެހިފައި ނުވުމުން އެކަމާއި މެދު ކަންބޮޑުވާކަމެކެވެ. އަދި ވީ އެންމެ އަވަސް، ފުރުސަތެއްގައި، މިފަރާތްތަކުގެ މުސާރަ ހަމަޖެއްސުމަށް ގޮވާލާކަމަށްވެސް ވަނީ ބުނެފައެވެ.

އޮންލައިން ނޫސް "މިހާރު"އަށް މައުލޫމާތުދެމުން ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަންގެ އޮފިޝަލަކު ވިދާޅުވީ އެ ނަރުހުންނަށް މުސާރަ ލިބުން ލަސްވެފައިވަނީ ސިސްޓަމްގެ ތެރެއިން ލަސްތަކެއް އައިސްގެންކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން އެމީހުންގެ މުސާރަ ބޭންކްގައި ހުރިކަމަށް ބުނެފައިވާކަމަށްވެސް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އެއްވެސް ސަބަބަކާއި ގުޅިގެން މުސާރަ މިހާ ލަސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އޮފިޝަލް ފާހަގަކުރެއްވިއެވެ. މި ނަރުހުންނަކީ މިހާރު ކޮވިޑް-19 ފެސިލިޓީ އެއްގައި މަސައްކަތްކުރަމުންދާ ފަރާތްތަކެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މާރާމާރީގެ މައްސަލައެއްގައި ހައްޔަރުކުރި ޒުވާނަކު އެދުނީ ”ކިޔަވާ ކުއްޖެއް“ ވީމާ ދޫކޮށްލަން
04 Nov 2026 ހަބަރު

މާރާމާރީގެ މައްސަލައެއްގައި ހައްޔަރުކުރި ޒުވާނަކު އެދުނީ ”ކިޔަވާ ކުއްޖެއް“ ވީމާ ދޫކޮށްލަން

މާލޭގެ މަޖީދީމަގުގައި ހިންގި މާރާމާރީއެއްގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނަކު، އޭނާއަކީ ކިޔަވާ ކުއްޖެއް ކަމަށާއި ކުރެވެނީ ކުޑަ ތުހުމަތެއް ކަމަށް ބުނެ ބަންދުން ދޫކޮށްލުމަށް އެދުނު ނަމަވެސް، ކްރިމިނަލް ކޯޓުން އޭނާ ބަންދުކުރުމަށް އަމުރުކޮށްފިއެވެ.

ނޭޝަނަލް ތެލެސީމިއާ ސެންޓަރުގައި ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ބާއްވަނީ
04 Nov 2026 ހަބަރު

ނޭޝަނަލް ތެލެސީމިއާ ސެންޓަރުގައި ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ބާއްވަނީ

ނޭޝަނަލް ތެލެސީމިއާ ސެންޓަރުގައި ލޭ ހަދިޔާކުރުމުގެ ޚާއްޞަ ހަރަކާތެއް ބާއްވަން ނިންމައި އެ ހަރަކާތުގައި ވީހާވެސް ގިނަ ފަރާތްތަކަކުން ބައިވެރިވެ، ލޭ ހަދިޔާކުރުމަށް މޯލްޑިވްސް ބިޒްނަސް ސްކޫލް (އެމްބީއެސް) އިން އާންމުކޮށް ހުޅުވާލައިފިއެވެ

ސައީދުގެ އިތުބާރު އޮތް ކަމަށް މަޖިލީހުން ފާސްކޮށްފި
04 Nov 2026 ހަބަރު

ސައީދުގެ އިތުބާރު އޮތް ކަމަށް މަޖިލީހުން ފާސްކޮށްފި

ސައީދުގެ އިތުބާރު ނެތް ކަމަށްބުނެ އެމްޑީޕީގެ 13 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅި މައްސަލަ ފާސްކުރަން ވޯޓް ދެއްވީ އެންމެ 10 މެންބަރުންނެވެ. ފާސްނުކުރަން 54 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

މާލެސިޓީ ކައުންސިލުގެ ދަށުގައި އޮތް 14 ބިމެއް ދައުލަތަށް ނެގުމާ ދެކޮޅު ގަރާރު ބޭރުކޮށްލައިފި
04 Nov 2026 ހަބަރު

މާލެސިޓީ ކައުންސިލުގެ ދަށުގައި އޮތް 14 ބިމެއް ދައުލަތަށް ނެގުމާ ދެކޮޅު ގަރާރު ބޭރުކޮށްލައިފި

މާލޭ ސިޓީ ކައުންސިލްގެ 14 ބިމެއް ދައުލަތަށް ނެގުމާ ދެކޮޅަށް މީކާއީލް ހުށަހެޅުއްވި ގަރާރު، 52 މެންބަރުންގެ ވޯޓުން މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ތަކުރާރުކޮށް މިސްކިތަށް ބޮޑުކަމުދާ ނައުޝާދު ބަންދުން ދޫކޮށްލުމުން އެނބުރި މިސްކިތަށް
04 Nov 2026 ހަބަރު

ތަކުރާރުކޮށް މިސްކިތަށް ބޮޑުކަމުދާ ނައުޝާދު ބަންދުން ދޫކޮށްލުމުން އެނބުރި މިސްކިތަށް

މިމަހުގެ 10 ވަނަ ދުވަހު ފަތިހު 4:14 ހާއިރު ފުރުގާން މިސްކިތަށް ވަދެ، މިސްކިތަށް ބޮޑުކަމުގޮސް، މިސްކިތުގެ ހުރުމަތް ކެނޑޭފަދަ އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތަކެއް ހިންގި މައްސަލައިގައި ނައުޝާދު ހައްޔަރުކޮށް ބަންދު މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ދިނީ 15 ދުވަހެވެ.

ކުރަނީ ހަގީގަތާ ޚިލާފް ތުހުމަތުތަކެއް؛ ރަސްމީ ރޭޓްގައި ޑޮލަރު ދޫކުރި މިންވަރު %80 އިތުރު: ސަޢީދު
04 Nov 2026 ހަބަރު

ކުރަނީ ހަގީގަތާ ޚިލާފް ތުހުމަތުތަކެއް؛ ރަސްމީ ރޭޓްގައި ޑޮލަރު ދޫކުރި މިންވަރު %80 އިތުރު: ސަޢީދު

ޑޮލަރު ރޭޓާއި ގުޅިގެން އެމަނިކުފާނަށް ކުރައްވަނީ ދޮގު ތުހުމަތުތަކެއް ކަމަށާ، ރަސްމީ ރޭޓްގައި މި ސަރުކާރުން ދޫކުރި ޑޮލަރުގެ ނިސްބަތް 80% އިތުރު ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.