ޖިންސީ ގޯނާކުރި ބިދޭސީ މީހާ ހައްޔަރުކޮށްފި

07 Aug 2020 | 20:17

މާލޭގެ ފާމަސީއެއްގެ ތެރޭގައި އަންހެނަކަށް ޖިންސީ ގޯނާކުރި ބިދޭސީ ފާމަސިސްޓެއް ފުލުހުން ހައްޔަރުކޮށްފިއެވެ.

މީޑިޔާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން 50 އަހަރުގެ ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާކަމަށް ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ވޮއިސްއަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހިމެނެނީ އިންޑިޔާއަށް ނިސްބަތްވާ ފާމަސިސްޓެކެވެ. އެގޮތުން އެ ފާމަސިސްޓް ވަނީ އެ ފިހާރައަށް ބޭސް ގަތުމަށް ދިޔަ އަންހެން މީހާގެ ގައިގައި އަތްލާފައެވެ. އަދި އަތްލުމަށްފަހު ސޮރީއޭވެސް ބުނެފައިވާކަމަށްވެއެވެ.

Advertisement

ކޮމެންޓް