03 Sep 2020 | 18:27
ފޮޓޯ ސްޓޯރީ: ކޮވިޑްގެ ހަގީގީ މަންޒަރުތައް

ކުރިން ނަމަ މިކަހަލަ މަންޒަރުތައް އަހަރެމެންނަށް ފެންނަނީ ފިލްމުތަކުން ނުވަތަ ބޭރުގެ ކޮންމެވެސް ގައުމެއްގެ އިމަޖެންސީއެއްގެ ހާލަތުގައި. އެކަމަކު މިއަދު މިއީ މި ރާއްޖޭގައި ވެސް އާންމު މަންޒަރެއް. ސިއްހީ އެހީތެރިންނާއި ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ދުވަހުގެ ހެދުމަކީ، ކޮރޯނާވައިރަސްއިން ރައްކާތެރިވުމުގެ ޕީޕީއީ. ހަމައެކަނި މި ހެދުންތަކުން ވެސް ބުނެދެނީ ކޮވިޑް-19ގެ ބިރުވެރިކަން.

ބައްޔަކުން ރައްކާތެރިވުމުގެ ގޮތުން ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަން ޖެހިދާނެކަމަށް، މީގެ ކުރިން އެއްވެސް ދިވެއްސެއްގެ ހިތަށް ވެސް އަރާފައެއް ނުވާނެ. ދެ މަހަށް ވުރެ ގިނަ ދުވަހު މާލެ ސަރަހައްދުގެ މިސްކިތްތައް ބަންދުކޮށް އަލުން ހުޅުވިޔަސް، ބަލީގެ ނުރައްކާ ކުޑައެއްނުވޭ. ނަމާދަށް ދާއިރު މާސްކް އަޅައިގެން ތިބެން މި ޖެހެނީ، އެކަން ގަބޫލުކޮށްގެން، މި ނޫން ދުވަހެއް ދައްކަވާތޯ ދުއާކޮށްކޮށް.

ކޮވިޑް-19 ކޮންޓްރޯލްކޮށް އޮތުމަށް ފަހު އަނެއްކާ މި އޮތީ ނުރައްކާތެރި ފައްތަރެއްގައި. ކޭސްތައް ގިނަވެ، ފްރޮންޓްލައިންގެ މަސައްކަތްތަކަށް ވެސް ބޮޑެތި ލޮޅުންތައް އަރައިފި. އެކަމަކު ކޮރޯނާވައިރަސްއަކީ ހަށިގަނޑުގައި އެ ހުރި ކަން ވެސް ނޭނގޭ ފަދަ ގޮތަކަށް ހަރަކާތްތެރިވާ އެއްޗަކަށް ވާތީ ރެންޑަމްކޮށް ހަދާ ޓެސްޓްތައް ވެސް ހުއްޓާލެވޭކަށް ނެތް. އެހެންކަމުން ރެންޑަމް ޓެސްޓްތައް ވެސް، މާލޭގެ އެކި ސަރަހައްދުތަކުގައި ގެންދަނީ ކުރިއަށް.

ޓޫރިސްޓުންގެ މެދުގައި ރާއްޖެ މަޝްހޫރުވެފައި އޮންނަނީ ހިމޭން، ރީތި، ހިތްގައިމު ގައުމެއްގެ ގޮތުގައި. މީގެ ކުރިން ނަމަ ޓޫރިސްޓުން މަތިންދާބޯޓުން ފައިބައި އިރު ވެސް އެ ފެންނަ ހިނިތުންވުމުން އެމީހުންގެ އުއްމީދުތައް ދެނެގަނެވޭ. އެކަމަކު ކޮވިޑް-19އިން ރައްކާތެރިވާން އަޅާ ފިޔަވަޅުތަކުގައި، އެ ހިނިތުންވުމެއް ވެސް މިއަދަކު ނުފެނޭ. މިއަދު އޮތީ މޫނުމަތި އަޅައި ގައިދުރުކުރުން.

ކޮވިޑް-19ގެ ކޭސްތައް ގިނަވެ، ސިއްހީ ނިޒާމަށް އޮތް ގޮންޖެހުން ކުޑަކުރަން މި ކަހަލަ ވަގުތީ ހޮސްޕިޓަލެއް އަޅާ ހާލަތަށް ބަލިވަނީ ބޮޑުވެފައި. ހުޅުމާލޭގައި ހަދާފައިވާ މި ފެސިލިޓީގެ މި ފޮޓޯ ނަގާފައި ވަނީ މާލޭގައި ކޭސްތައް ގިނަ ވުމުގެ ކުރިން. އެކަމަކު މިއަދު މިތަނުގެ 85 ޕަސެންޓް ވަނީ ފުރިފައި. މިހާރު ދާ ގޮތުން ނަމަ މިތަން ވެސް ވަރަށް އަވަހަށް ފުރިދާނެ. އެއީ ކުޑަ މައްސަލައެއް ނޫން. އެހެންކަމުން ދޭތިން އެކައްޗަށް ހިފައިގެން ނަމަވެސް، އާންމުންގެ ޒިންމާއަކަށް ވާން ޖެހޭނީ، ކޭސްތަކުގެ އަދަދު ތިރިކުރަން ކުރެވެން އޮތް މަސައްކަތެއް ކުރުން.

ކޮވިޑް-19ގެ ހާލަތު ގޯސްވަމުން ދާ ވަރަކަށް، ފްރޮންޓްލައިންގެ މަސައްކަތްތެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ގިނަ. ދަރުބާރުގޭގައި ހުންނަ ހެލްތު އިމަނެޖްސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) އިން ފެންނަނީ އެ މަންޒަރު. އެތަނުގައި ގާއިމްކޮށްފައިވާ ތަފާތު ޑިވިޝަންތަކުގެ ވަގުތީ މުވައްޒަފުންނާއި ވޮލަންޓިއަރުން ދުވާލު ހަތަރުދަމު ބިޒީވެފައި ވަނީ، މި ބަލީގެ ކަންކަމަށް. މިހާރު ކޭސްތައް ފެންނަ ނިސްބަތުން އަދިވެސް އޮތީ ގޮންޖެހުމާއި ހުރަސްތައް.

އެޗުއީއޯސީގައި ގާއިމްވެފައިވާ އެންމެ މުހިންމު އެއް ތަނަކީ ކޯލް ސެންޓަރު. ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ފެނުނަސް، ނުވަތަ ކޮވިޑް-19އަށް ސާމްޕަލް ނަގަން އައުން ލަސްވުން ފަދަ ޝަކުވާތަކަށް ވެސް ގުޅަން އޮތީ ކޯލް ސެންޓަރު. މި ދުވަސްވަރު އެ ސެންޓަރުގެ ހިދުމަތްތެރިންގެ ކޮންމެ މީހަކަށް އެތައް ސަތޭކަ ކޯލަކަށް ޖަވާބު ދޭން ޖެހޭ. ހަމައެކަނި ކޯލް ސެންޓަރުން އެކަނި ވެސް ދައްކައިދެނީ ކޮވިޑްގެ ނުރައްކާތެރިކަމާއި އޮތް ގޮންޖެހުންތައް.

ސިއްހީ އެހީތެރިން މިހާ ބޮޑަށް ވަރުބަލިވި ޒަމާނެއް ރާއްޖެ ދެކެފައެއް ނުވޭ. ކޭސްތައް ދަނީ ގިނަވަމުން. އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދު ދަނީ ގިނަވަމުން. ސިއްހީ ބައެއް އެހީތެރިންނަށް ރަނގަޅަށް ނުކެވި، ތިން ހަތަރު ކިލޯ ހިކިއްޖެ. ކޮންމެ ނަރުހަކާއި ކޮންމެ ޑޮކްޓަރަކު ބަލަން ޖެހޭ ބަލިމީހުންގެ ނިސްބަތް އެތައް ތަނެއް މައްޗަށް ހިނގައްޖެ. ސިއްހީ ނިޒާމަށް މިހާ ބޮޑު ލޮޅުމެއް އެރުމުން، އެކަމާ މެދު އާންމުން ނުވިސްނާ ނަމަ، މި ނުރައްކަލުން އަރައިގަނެވޭނެ ދުވަހެއް ލަފާކުރަން ވެސް އުނދަގޫ.

ކޮވިޑް-19ގެ މި ބަލިމީހާއަށް ފަރުވާދެމުން އެދަނީ ވެންޓިލޭޓަރުގައި. މިއީ ކޮވިޑް-19ގެ އެންމެ ހިތްދަތި ހާލަތް. މިހާރު ވެސް ތިން މީހަކު ގެންދަނީ ވެންޓިލޭޓަރުގައި މަރާ ހަނގުރާމަކުރަމުން. އަށް މީހަކު އައިސީޔޫގައި އެބަ އޮތް. މިހާތަނަށް 29 މީހަކު މި ބަލީގައި މަރުވެއްޖެ. މިއީ ރާއްޖޭގެ ނިސްބަތުން ބޮޑެތި އަދަދުތަކެއް. އާންމުން މިކަމާ މެދު ނުވިސްނައިފި ނަމަ، ގެއްލޭ ފުރާނަތަކުގެ އަދަދު ވެސް ދާނީ މައްޗަށް.

ފުރާނައަކީ އަނބުރާ ލިބޭ އެއްޗެއް ނޫން. މީހެއްގެ މަރަކީ އެތައް ބައެއްގެ ލޯބި، މުޅި އުމުރަށް ވަކިވެ ދިއުން. އެކަމަކު މިގޮތަށް ސަންދޯން އުފުލަން ޖެހޭ ވަރަށް ކޮވިޑް-19 ވަނީ ރާއްޖޭގައި ފެތުރިފައި. މީގެ ކޮންމެ ޖަނާޒާއަކާ އެކު ދިވެހި އެތައް އާއިލާއެއްގެ ރުއިމުގެ އަޑު ވަނީ ގަދަވެފައި. މި ކަރުނައިން މުޖުތަމައު ސަލާމަތްކުރަން، ކެތްތެރިކަމާ އެކު މަސައްކަތްނުކޮށް ވާކަށް ނެތް. މި ހިތްދަތިކަން މާޒީއަށް ދޫކޮށްލެވެން އޮތީ، އެންމެން ވެސް ކޮވިޑް-19 އިން ރައްކާތެރިވާން ފިޔަވަޅުތައް އަޅައިގެން.

އެޑިޓަރުގެ ނޯޓް: މިއީ ކޮވިޑް ހުއްޓުވުމަށް ދިވެހި މީޑިއާއިން އިސްނަގައިގެން ކުރިއަށްގެންދާ ގައުމީ ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ފޮޓޯ ސްޓޯރީއެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ޕެރަ ސްޕޯޓްސް ކްލަބްގެ އަހަރީ އެއްވުން ކުލަގަދަކޮށް ބާއްވައިފި
ޕެރަ ސްޕޯޓްސް ކްލަބްގެ އަހަރީ ދުވަސް ފާހަގަކުރުމާއި، މި އަހަރު ކާމިޔާބުކަމާއެކު ބޭއްވުނު "ބްލައިންޑް ފޯލްޑް ރަން" ގެ ކާމިޔާބީ ފާހަގަކޮށް، އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަންކުރުމަށް ޚާއްޞަ އަހަރީ އެއްވުމެއް ބާއްވައިފިއެވެ. މިއީ މިފަދަ އެއްވުމެއް އެ ކްލަބުން ބޭއްވި 5 ވަނަ އަހަރެވެ.
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ