15 Sep 2020 | 15:27
ގއ.މާމެންދޫގައި މަގުމަތިވެފައިވާ އުމުރުން ދުވަސްވީ މީހަކު ބަލައިދޭނެ މީހަކު ހޯދަން އިއުލާންކޮށްފި

ގއ.މާމެންދޫގައި މަގުމަތިވެފައިވާ އުމުރުން ދުވަސްވީ މީހަކު ބަލައިދޭނެ މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

ގއ.މާމެންދޫ ރަށު ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެރަށުގައި މަގުމަތިވެފައިވާ އުމުރުން 80 އަހަރުގެ ފިރިހެނަކު ބަލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެފައިވާ ކަމަށެވެ. އެހެންކަމުން އެކަން ކޮށްދޭން އެދޭ ފަރާތްތަކުން މިމަހުގެ 15ވާ ދުވަހުގެ 11:00 އަށް ކައުންސިލް އިދާރާއަށް އައިސް މައުލޫމާތު ސާފުކުރުމަށް ވަނީ އެދިފައެވެ.

ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ "ސަން"އިން ބުނެފައިވާ ގޮތުގައި ދުވަސްވީ އެ މީހާ މީގެކުރިން ބަލަހައްޓަމުން ދިޔައީ އޭނާ ކުރިން ކައިވެނިކޮށްގެން އުޅުނު އަންހެން މީހާގެ ދަރިއެއް ކަމަށެވެ. ނަމަވެސް މީގެ ފަސް ދުވަސް ކުރިން އެ ގެއިން އޭނާ ވަނީ ބޭރުކޮށްލާފައެވެ.

އެގޮތުން ޑޮކްޓަރަށް ދެއްކުމަށް ކަމަށް ބުނެ ފުރޮޅުލީ ގޮނޑިއަކަށް ލައި މަގުމައްޗަށް ވަނީ ދޫކޮށްލާފައެވެ. އެހެންވުމުން އެރަށުގެ ބަޔަކު ވަނީ އޭނާ ފުލުހުންނާ ހަވާލުކޮށްފައެވެ

އެމީހާއަށް ދޭންވާ ފަރުވާ ދިނުމަށްފަހު މިހާރު އޭނާ ބަލަހައްޓަމުން ދަނީ ރަށު ކައުންސިލުންނެވެ. ކައުންސިލްގެ ބެލުމުގެ ދަށުން ދުވަސްވީ މީހާ މިވަގުތު ހުރީ އެ ރަށު ފުޓްބޯޅަ ދަނޑުގެ ޗޭންޖިން ރޫމެއްގައެވެ.

މަގުމަތިވެފައިވާ މީހާގެ ދަރިއެއް ނެތް ނަމަވެސް އޭނާގެ އާއިލީ ތިން ވާރިސުން އެ ރަށުގައި ދިރިއުޅޭކަމަށް "ސަން" އިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ރަތްކަނޑާއި ގަލްފް އޮފް އެޑަން ބަލަހައްޓަން ސައުދީން އުފެއްދި ކޯލިޝަންގައި ރާއްޖެ ބައިވެރިވެއްޖެ
މި ކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.
16 Sep 2026
ބިޒްނަސް ކިޔަވާ ދަރިވަރުން ގިނަވުމަކީ ހާސްވާން ޖެހޭ ކަމެއް: ޑރ. ހަސަން ހަމީދު
ގައުމުގައި އާއްމު ވެފައިވާ ފަސާދައަކީ މާޒީގައި މި އަދަދު 80 އިންސައްތައަށް އެރުމުގެ ނަތީޖާ ކަމަށް ބައެއް މީހުން ބުނާނެ ކަމަށެވެ.
16 Sep 2026
އަވައްޓެރި ސްރީލަންކާގެ ކަސްޓަމްސްގެ އާމްދަނީ 2 ޓްރިލިއަން ރުޕީސްއަށްވުރެ މަތީގައި
މި ކުރިއެރުމާއެކު، މިއަހަރު ނިމޭއިރު ލަންކާ ކަސްޓަމްސްގެ އާމްދަނީ ކުރިން ލަފާކުރިވަރަށްވުރެ ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވެއެވެ
16 Sep 2026
އިންޑިއާ މަނަވަރަކުން ޕާކިސްތާނު ސަރަހައްދަށް ވަނުމުން ޕާކިސްތާނުން އިހުތިޖާޖުކޮށްފި
ޕާކިސްތާނުގެ ފޮރިން އޮފީހުން ބުނީ މިއީ 1991 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ކަނޑައެޅިގެން ޚިލާފު، އަދި ސަރަޙައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އިންޑިއާއިން މި ހާދިސާގެ ހަޤީޤަތް އޮޅުވާލައި، ޑިޕްލޮމެޓިކް ފެންވަރުގައި ޕާކިސްތާނާ ދެކޮޅަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށްވެސް އެ ޤައުމުން ބުނެއެވެ
16 Sep 2026
ކޮސޯވޯގެ ކުރީގެ ރައީސް ހާޝިމް ތާޗީ 25 އަހަރަށް ޖަލަށް
ހާޝިމް ތާޗީ އަކީ މުސްލިމެއް ނަމަވެސް ސިޔާސީ ހަޔާތުގައި އޭނާ އަބަދުވެސް އިސްކަންދެއްވީ ދީނީ ކަންކަމަށްވުރެ ބޮޑަށް ކޮސޯވޯގެ މިނިވަންކަމަށާއި ހުޅަނގުގެ ގައުމުތަކާ ގުޅުން ބަދަހިކުރުމަށެވެ
16 Sep 2026
ގައްދޫ އަތުން ޓީސީއަށް މުހިންމު މޮޅެއް
މިއަދުގެ މެޗުން ގައްދޫ އަތުން ޓީސީ މޮޅުވިއިރު، މިއީ މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ
16 Sep 2026
ތާރީހީ ކާމިޔާބެއް: އަރަބިއްޔާގެ އެންމެ މޮޅު ދަރިވަރުންނަށް ދެބެއިން
މަތީ ސާނަވީ ބައިން އެއްވަނަ ދަރިވަރަކީ މުހައްމަދު މަބާހް މުހައްމަދެވެ. އަދި ސާނަވީން އެއްވަނަ ދަރިވަރަކީ އޭނާގެ ކޮއްކޮ މުއައްޔަދު މަބާހް މުހައްމަދެވެ.
16 Sep 2026
ޑްރަގް ވިޔަފާރި ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅޭނެ މިންގަނޑު ކުރީން އޮތީ ވަރަށް އުނދަގޫކޮށް: އިހްސާން
"ރައީސް ނިންމެވި ނިންމެވުމަކީ އަޅުގަނޑުމެން އެކަމަށް ދޭނީ [މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް] އެންމެ ހަރުކަށި އަދަބޭ. އެއީ މަރުގެ އަދަބު," މިނިސްޓަރު ވިދާޅުވި އެވެ.