ކޮޗިން ފެރީން ހަމައެކަނި ގެންނާނީ ދިވެހި އިމްޕޯޓަރުން ގެންނަ ތަކެތި: ފައްޔާޒް

22 Sep 2020 | 14:39

އިންޑިއާގެ ކޮޗިންއިން ދާދިފަހުން ފެށި ކާގޯ ފެރީގައި ދިވެހިރާއްޖެއަަށް ހަމައެކަނި ގެންނާނީ ދިވެހި އިމްޕޯޓަރުން ގަންނަ ތަކެތިކަމަށް އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛު ފައްޔާޒް އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މިނިސްޓަރ ފައްޔާޒް ވިދާޅުވީ ކާގޯފެރީން ހަމައެކަނި ގެންނާނީ ދިވެހި އިމްޕޯޓަރުން ގެންނަ ތަކެތި ކަމަށާއި، އިތުރު އެއްޗެއް ނުގެންނާނެކަމަށެވެ. އަދި މި ފެރީގެ ސަބަބުން ދެގައުމުގެ ދެމެދުގައި ޝިޕިންގ ޚިދުމަތް އޮތުމުގެ ޔަގީންކަން ލިބިދޭކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އަދި މި ކާގޯފެރީގެ ހަމައެކަނި ތަފާތަކީ ޝެޑިއުލް ދަތުރުތަކެއް އޮތުމުން ވިޔަފާރިކުރުމުގައިވާ ފަސޭހަކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ.

އިންޑިއާ-ދިވެހިރާއްޖެ ކާގޯ ފެރީ ދަތުރުގެ ޚިދުމަތް އިއްޔެ ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފައެވެ.

Advertisement

ކޮމެންޓް