02 Oct 2020 | 05:48
ޔުއެފާ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލެވަންޑޯސްކީ އަށް

ޔުއެފާ މޮޅު ކުޅުންތެރިޔާގެ އެވޯޑް ބަޔާން މިއުނިކްގެ ފޯވަޑް ރޮބާޓް ލެވަންޑޯސްކީ ހާސިލްކޮށްފިއެވެ.

އުމުރުން 32 އަހަރުގެ ލެވަންޑޯސްކީ މި އެވޯޑް ހާސިލްކޮށްފައިވަނީ އޭނާއާއި އެއް ކްލަބަކަށް ކުޅެމުން އަންނަ ނުޔާ، އަދި މެންޗެސްޓާ ސިޓީގެ ޑިބްރޫނޯގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ނިމިދިޔަ ސީޒަނުގައި ލެވަންޑޯސްކީ ވަނީ 47 މެޗުން 55 ގޯލު ޖަހާ ބަޔާން މިއުނިކްއަށް ޖަރުމަން ލީގް، ޗެންޕިއަންސް ލީގް، އަދި ޖަރުމަން ކަޕް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

2019/20 ގެ ސީޒަނުގައި ލެވަންޑޯސްކީ ވަނީ އޭނާއާއި އެންމެ ކައިރިން ވާދަކުރި ކުޅުންތެރިޔާއަށް ވުރެ އިތުރަށް 16 ގޯލް ޖަހާފައެވެ.

މިދިޔަ ސީޒަނުގެ އަންހެން ކުޅުންތެރިޔާގެ މަގާމް ޗެލްސީގެ ފޯވަޑް ޕާނިލް ހަރޑާ ހާސިލްކުރިއިރު ޗޯކް އޮފް ދަ އިޔާގެ މަގާމް ލިބުނީ ހަވަނަ ފަހަރަށް ބަޔާން މިއުނިކަށް ޗެންޕިއަންސް ލީގް ކާމިޔާބު ކޮށްދިން ހާންސީ ފްލިކްއަށެވެ.

ފްލިކްގެ އިތުރުން މި އެވޯޑަށް ދެން ވާދަކުރީ ލިވަޕޫލްގެ މެނޭޖަރ ކްލޮޕް އަދި ލެއިޕްޒިގްގެ ކޯޗް ނާޖެލްސްމަން އެވެ.

އަހަރުގެ މޮޅު ގޯލް ކީޕަރުކަން ނުޔާއަށް ލިބުނު އިރު އަހަރުގެ އެންމެ މޮޅު ޑިފެންޑަރުގެ މަގާމް ލިބުނީ ކިމިޗް އަށެވެ. މިފަހަރުގެ ޔުއެފާ ޕްރެސިޑެންޓްސް އެވޯޑް ލިބުނީ ކުރީގެ ޗެލްސީ އަދި އައިވޮރީ ކޯސްޓްގެ ތަރި ޑީޑިއޭ ޑްރޮގްބާއަށެވެ.

ރޭ ބޭއްވުނު ޔުއެފާ އެވޯޑްސްގައި ބަޔާން މިއުނިކްގެ ކުޅުންތެރިންކަން ވިދާލިތަން ވަނީ ފާހަގަވެގެންގޮސްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ލިވަޕޫލް މޮޅުވިއިރު މެންޗެސްޓަރ ޔުނައިޓެޑަށް ފުއްދާލީ ޕޮއިންޓަކުން
ފްލަމް މޮޅުވަމުން ދަނިކޮށް ޔުނައިޓެޑް ސަލާމަތްކޮށްދިނީ 89 ވަނަ މިނެޓް ތެރޭގައި ކުންހާ އެވެ
21 Sep 2026
ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމަށް ސިންގަޕޫރުން ފެށީ ތަފާތު ހަރަކާތެއް
ދިރިއުޅުމުގެ ކާރުބާރު ބޮޑު މާހައުލުގައި ދުވާލަކު 15 މިނެޓު ފޮތެއް ކިޔާލައިގެން ކުޑަ ނަމަވެސް ފައިސާގެ އިނާމެއް ލިބޭނެ ގޮތެއް އޮތްނަމަ އެކަން ކުރާނަން ހެއްޔެވެ؟ ސިންގަޕޫރުގެ ސަރުކާރުން މިހާރު މިވަނީ ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމުގެ ގޮތުން މިފަދަ ތަފާތު ކެމްޕޭނެއް ފަށާފައެވެ.
21 Sep 2026
އިޓަލީގެ ސްކޫލްތަކުގައި ނިޤާބު މަނާކުރަން ހުށަހަޅަނީ
އިޓަލީގެ ބޮޑުވަޒީރު މެލޯނީ ސްކޫލްތަކުގައި ނިޤާބު މަނާކޮށް ބިދޭސީ ދަރިވަރުންގެ ޢަދަދު ކޮންޓްރޯލްކުރުމުގެ ފިޔަވަޅު އަޅަނީ
21 Sep 2026
ފަލަސްޠީނާ އެއްބައިވާ ދަރިވަރެއްގެ ގެ ފުލުހުން ފާސްކޮށްފި
މުމްބާއީގައި ފަލަސްޠީނަށް ތާއީދުކޮށް ގުޑި އެރުވުމުގެ ކެމްޕެއިނެއްގައި ބައިވެރިވި ދަރިވަރެއްގެ ގެ ވޮރެންޓަކާ ނުލައި ނުވަ ގަޑިއިރަށް ވުރެ ގިނައިރު ޓެރަރިޒަމާ ދެކޮޅު ޔުނިޓުން ބަލައި ފާސްކުރި ކަމަށް އެ ދަރިވަރު ތުހުމަތުކޮށްފިއެވެ.
21 Sep 2026
ސަންޑަރލޭންޑް ބަލިކޮށް މެންޗެސްޓަރ ސިޓީ ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިފި
ބައިނަލްއަގުވާމީ މެޗުތަކަށް ލީގު މެދުކަނޑާލުމުގެ ކުރިން ސިޓީން ހޯދި މި މޮޅަކީ، ވާދަވެރި އާސެނަލް އަށް ލިބުނު ނާކާމިޔާބީގެ ފައިދާ ނަގައި ތާވަލުގެ ކުރީގައި ފަރަގު ބޮޑުކުރުމަށް ލިބުނު މުހިންމު ފުރުސަތެއް
21 Sep 2026
ދުނިޔޭގެ ކުލަ ގެއްލެނީތަ؟
ކުޑައިރު ސްކޫލް ގޯތިތެރޭގައި ކުޅެ ނިމިގެން ގެއަށް ދާއިރު ފެންނަ ގަދަ ނޫ އުޑާއި މަގުމަތީގައި ދުއްވާ ރީނދުލާއި ރަތް ކާރުތަކާއި ގޭގެ ސިޓިންރޫމުގެ ކުލަގަދަ ފާރާއި ސޯފާތައް ހަނދާން އެބަހުރި ހެއްޔެވެ؟ ނަމަވެސް، މިހާރު ބޭރަށް ނުކުމެ ބަލައިލީމާ ފެންނަ މަންޒަރު ތަފާތެއް ނޫން ހެއްޔެވެ؟ މި ތަފާތު އިޙްސާސް ކުރެވެނީ ހަމައެކަނި ތިބާއަކަށް ނޫނެވެ. ދިރާސާތައް ދައްކާ ގޮތުގައި ޙަޤީޤަތުގައިވެސް ދުނިޔޭގެ ކުލަ ދަނީ "ގެއްލެމުން" ނެވެ.
21 Sep 2026
އެއް ސައިކަލު ދުއްވަން އިން ޒުވާނާގެ ލައިސެންސްއެއް ނެތް: ފުލުހުން
މާލޭގެ ސޯސަންމަގުގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވަން އިން މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ