02 Oct 2020 | 06:56
ސެލްޓަ ވީގޯ ބަލިކޮށް ބާސާ ތާވަލުގެ ކުރިއަށް

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އަދި ސެލްޓަ ވީގޯ ވާދަކުރި މެޗް 3-0 ކާމިޔާބުކޮށް ބާސެލޯނާ ތާވަލުގެ ކުރިއަށް ޖެހިލައިފިއެވެ.

މެޗުގެ 11 ވަނަ މިނެޓުގައި ބާސެލޯނާއަށް ލީޑް ނަގައިދިނީ 17 އަހަރުގެ އަންސޫ ފާތީ އެވެ. މިއާއެކު ލީގުގައި އޭނާ ބާސެލޯނާއަށް ޖަހައިދިން ގޯލުގެ އަދަދު ވަނީ 10 އަކަށް އަރާފައެވެ. މިއީ ސްޕެނީޝް ލީގުގައި 17 އަހަރުގެ ކުޅުންތެރިޔަކު ބާސެލޯނާއަށް 10 ގޯލް ޖަހައިދިން ދެވަނަ ފަހަރެވެ. ފާތީގެ އިތުރުން މި ރެކޯޑް ހެދި އަނެއް ކުޅުންތެރިޔަކީ ބޯޖަންއެވެ.

ފުރަތަމަ ހާފް ނިމިގެން ދިޔައިރު ބާސެލޯނާގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައިނުވާއިރު ހާފް ނިމެން ކައިރި ވެފައިވަނިކޮށް އެޓީމުގެ ޑިފެންޑަރ ލެންގްލޭ އަށް ވަނީ ދެ ރީނދޫ ކާޑު ހަމަވުމުގެ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

ބާސެލޯނާގެ ދެވަނަ ގޯލަކީ ސެލްޓަ ވީގޯގެ ޑިފެންޑަރުންގެ ކައިރިން މެސީ ދެމިގަނެގެން ފޮނުވާލި ހަމަލާއެއް އިދިކޮޅު ކުޅުންތެރިޔާ އަތުން ބައިކޮޅަށް ވައިން ގޯލެކެވެ. ދެވަނަ ހާފުގެ އިތުރުގަޑީގައި ބާސެލޯނާގެ ތިންވަނަ ގޯލް ޖަހައިދިނީ ސާޖިއޯ ރޮބޭޓޯ އެވެ.

ކޯމަންގެ އިރުޝާދުގެ ދަށުން މި ސީޒަނައި ކުރިމަތިލި ބާސެލޯނާ ލީގުގައި ކުޅުނު ދެމެޗުން މޮޅުވެ އޮތީ ތާވަލުގެ ފަސް ވަނައިގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް