03 Oct 2020 | 15:58
މިއުޒިކުން އަޅުގަނޑަށް ނުލިބުނު ހިތްހަމަ ޖެހުމެއް މިރާއްޖޭގައި އެހެން މީހަކަށް ނުލިބޭނެ: ޢަލީ ރަމީޒު

މިއުޒިކު ކުޅެގެން މީހަކަށް ހިތް ހަމަ ޖެހުމެއް ލިބޭނަމަ އެންމެ ބޮޑަށް އެކަން ހާސިލުވީހީ އޭނާއަށް ކަމަށާއި އޭނާއަށް ނުލިބުނު ހިތްހަމަޖެހުމެއް މިރާއްޖޭގައި އެހެން އެއްވެސް މީހަކަށް ނުލިބޭނެކަމަށް ޢަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

ތ.ހިރިލަންދޫގެ ޒުވާނުންނާއިއެކު އޮންލައިންކޮށް ރޭ ބޭއްވި ބައްދަލުވުމެއްގައި ޢަލީ ރަމީޒުގެ މިއުޒިކީ ޙަޔާތުގެ ހިތި ތަޖުރިބާތައް ހިއްސާ ކުރައްވަމުން ޢަލީ ރަމީޒު ވިދާޅުވެފައިވަނީ މިއުޒިކާއި ލަވަ އަޑު އެހުމުން ހިތަށް އެލިބޭކަމަށް މީހުން ބުނާ ހިތްހަމަ ޖެހުމަކީ ވަރަށް ކުޑަކުޑަ ވަގުތީ ކަމެއްކަމަށާއި ހަގީގީ ހިތްހަމަ ޖެހުމަކީ ﷲ ހަނދުމަ ކުރުމުން ލިބޭ ހިތްހަމަ ޖެހުންކަމަށެވެ. އަދި އެ ހިތްހަމަ ޖެހުމަކީ ދާއިމީ ހިތްހަމަ ޖެހުމެއްކަމަށާއި ﷲ ހަނދުމަ ކޮށްގެން ލިބޭ ހިތްހަމަ ޖެހުމަކީ ދުލަކުން ޤަލަމަކުން ބަޔާން ކުރެވޭ ވަރަށްވުރެ ބޮޑު ހިތްހަމަ ޖެހުމެއްކަމަށެވެ.

"މިއުޒިކަކީ ފުރާނައިގެން ކާނާއޭ ކިޔައިގެން ކިތަންމެ ވަރަކަށް އިޝްތިހާރު ގޮވިނަމަވެސް އެއީ ފުރާނައިގެން ކާނާއެއްނޫން. އެއީ ފުރާނައިގެން ހަލާކު. މުޅި މީހާގެ ހަލާކު. މީސްތަކުން ﷲ ގެ ދީނުން ދުރުކުރުމަށްޓަކައި އިސްތިޢުމާލު ކުރެވޭ އެންމެ ވަރުގަދަ އެއް ހަތިޔާރު އެއީ. " ޢަލީ ރަމީޒު ވިދާޅުވިއެވެ.

"ތިކުދިން ނިކަން އަޅުގަނޑުގެ މި ސުވާލަށް ޖަވާބެއް ދެއްވާ! މިއުޒިކުން ހިތްހަމަ ޖެހުން ލިބޭކަމަށް ބުނާއިރު އެ މިއުޒިކު ޕްރޮޑިއުސްކުރާ މީހުން ނުވަތަ ލަވަ ކިޔާ މީހުން އަމިއްލައަށް މަރުވަނީ ކީއްވެތޯ؟ ކިތައް ކިތައް މިއުޒީޝަނުންތޯ އަމިއްލައަށް މަރުވަނީ. އަމިއްލައަށް ބޮލަށް ބަޑި ޖަހައިގެން، ޒަހަރު ކައިގެން، ދަން ޖެހިގެން އަމިއްލައަށް މަރުވަނީ؟ ޖަވާބަކީ އެމީހުންގެ އެ މަސައްކަތުން އެމީހުންގެ ނަފްސު އިތުރަށް މާޔޫސްވުން. އެމީހުންގެ އެ މަސައްކަތުން އެމީހުންނަށް އެއްވެސް އުފަލެއް ނުލިބި މުޅި މީހާ ފްރަސްޓްރޭޓުވުން. ދެން އެމީހުން އީމާންވާ ރައްބެއް ރަސޫލެއް ނެތީމަ ގޮތް ހުސްވެގެން އަމިއްލަަށް މަރުވަނީ"

ޢަލީ ރަމީޒުގެ މިއުޒިކީ ޙަޔާތުގައި ދިމާވި ބައެއް ހާދިސާތައް ކިޔައިދެއްވަމުން، ހާޒިރުވެފައިތިބި ކުދިންނަށް ނަމާދު ޤާއިމު ކުރުމަށް ނަޞޭޙަތްތެރިވިއެވެ. ޢަލީރަމީޒު ވިދާޅުވިގޮތުގައި ނަމާދު ނުކުރާކަމަށް ވަންޏާ ކިތަންމެ ވަރަކަށް ތިމަންނާއަކީ މުސްލިމެކޭ ބުނެ ދަޢުވާ ކުރިނަމަވެސް އަދި އެމީހާއަށް މުޙައްމަދު ކިޔަސް އަޙްމަދު ކިޔަސް، އެމީހަކަށް އިސްލާމްދީނުގެ އެއްވެސް ޙިއްސާއެއް ނެތް ކަމަށެވެ.

ޖަމްޢިއްޔަތުއްސަލަފުގެ އިވެންޓެއްގެ ގޮތުގައި ކުރިއަށް ގެންދާ "ޢަލީ ރަމީޒާއެކު"، މި އިވެންޓު ބެލުމަށްޓަކައި ވަރަށް ގިނަ ޒުވާނުން ރޭ ޖަމާވި ކަމަށާއި ޒުވާނުންނަށް ވަރަށް ރަނގަޅު މެސެޖުތަކެއް ލިބިގެން ދިޔަކަމަށް އިވެންޓު އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވި އެ ރަށު ޢަބްދުލްމަތީން ވިދާޅުވިއެވެ.

ޢަލީ ރަމީޒުއާއެކު" މި އިވެންޓް ވެގެން ދިޔައީ ހަމަ ހީވެސް ނުކުރާހާ ކާމިޔާބު އިވެންޓަކަށް. 100 އަށްވުރެ ގިނަ އަޚުންނާ އުޚްތުން އިވެންޓްގައި ބައިވެރިވި. ޢަލީ ރަމީޒް ފަދަ ގިނަ ޒުވާނުން ބަލައިގަންނަ ޝަޚްސިއްޔަތެއްގެ ތަޖުރިބާ އަޑުއަހާލަން ލިބުމަކީ ހުރިހާ ޒުވާނުންވެސް ވަރަށް ޝައުގުވެރިވީ ކަމެއް. ޒުވާނުންނަށް މުހިންމު ގިނަ ފިލާވަޅުތަކެއް ލިބިގެން ދިޔަ. ކުޑަކޮށް ވާރޭވެސް ވެހެމުންދިޔައީ. އެހެންނަމަވެސް ހަމަ ހުރިހާ ކުދިން ތިބި ނުގޮސް. އަދި ހާޒިރުވެފައި ތިބި ކުދިން ކުރި ސުވާލުތަކަށް އަލީ ރަމީޒު ދިން ޖަވާބުތަކާއި ދޭތެރޭ ހުރިހާ ކުދިންވެސް ތިބީ ވަރަށް ހިތްހަމަ ޖެހިފަ. ގިނަ ކުދިންގެ މައްސަލައަކަށްވީ ވަގުތު ކުޑަވުން. ޢަލީ ރަމީޒުގެ ވާހަކަތަކަށް ވަރަށްބޮޑަށް ޝައުޤުވެރިކަމާއެކު އަޑުއަހަން ތިއްބާ ނިންމާލަން ޖެހުނީމަ ކުދިންގެ ޝަކުވާ އައީ" ދޮޅު ގަޑިއިރަށް ދެމިގެންދިޔަ މި އިވެންޓާ ބެހޭގޮތުން އެރަށުން ވާހަކަ ދެއްކި ޢަބްދުލްމަތީން ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ