03 Oct 2020 | 18:43
ނިއުކްލިއަރ ހަތިޔާރުތައް ނައްތާލުމުގެ މަސައްކަތުގައި ފަހަތަށް ޖެހެވެން ނެތް: ޝާހިދު

ނިއުކްލިއަރ ހަތިޔާރުތައް ނައްތާލުމުގެ މަސައްކަތުގައި ފަހަތަށް ޖެހެވޭކަށެއް ނެތްކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ދުނިޔެއިން ނިއުކްލިއަރ ހަތިޔާރުތައް އެއްކޮށް ނައްތާލުމަށް ބާރުއެޅުމަށް ފާހަގަކުރާ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، އދގެ އާއްމު މަޖިލީހުގެ ހަވާސާގައި ބޭއްވި ޚާއްސަ ބައްދަލުވުމުގައި ކުރެއްވި ތަޤްރީރުގައެވެ.

މި ބައްދަލުވުމަށް މިނިސްޓަރ ޝާހިދު ފޮނުއްވި ވީޑިއޯ މެސެޖްގައި، ދުނިޔެއިން ނިއުކްލިއަރ ހަތިޔާރާއި، ބޮޑެތި ގެއްލުން ދެނިވި ހަތިޔާރު ނައްތާލުމުގައި އދ އަދާކުރަމުންދާ ދައުރު ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް ދުނިޔޭގެ އެކި ޤައުމުތަކުގައި ނިއުކްލިއަރ ހަތިޔާރު ހުރިކަން ފާހަގަކުރައްވައި، ނިއުކްލިއަރ ހަތިޔާރު މަނާކުރުމާ ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ ތަންފީޒު ނުކޮށް ހުރި ޤައުމުތަކުން ވީއެންމެ އަވަހަކަށް އެ މުޢާހަދާގައި ބައިވެރިވުމަށް މިނިސްޓަރ ޝާހިދު ގޮވާލެއްވިއެވެ.

އަދި ބޮޑެތި ގެއްލުން ދެނިވި ހަތިޔާރުތައް ނައްތާލުމަކީ ބައިނަލްއަޤްވާމީ ސުލްހައާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި، 2030 އެޖެންޑާގެ 16 ވަނަ ލަނޑުދަނޑި ހާސިލްކުރުމަށް މުހިއްމުކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖެއަކީ މިހާރުވެސް އަދި ކުރިއަށް އޮތްތަނުގައިވެސް ހަތިޔާރު އުފައްދާނެ ޤައުމަށް ނޫންކަމަށް ވިދާޅުވެ، ޓްރީޓީ އޮން ނަން-ޕްރޮލިފަރޭޝަން އޮފް ނިއުކްލިއަރ ވެޕަންސް މުއާހަދާގައި އެންމެ ފުރަތަމަ ސޮއިކުރި އެއް ޤައުމަކީ ދިވެހިރާއްޖެކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި ސަރަހައްދީ ސަލާމާއި ރައްކާތެރިކަމަށްޓަކައި ރާއްޖެއިން އަދާކުރަން ޖެހޭ ބައިނަލްއަޤްވާމީ ޒިންމާތައް ރާއްޖެއިން އަދާކުރަމުންދާކަން ފާހަގަކުރައްވަމުން، ރާއްޖެއިން އާރމްސް ޓްރޭޑް ޓްރީޓީ، ކްލަސްޓަރ މިއުނިޝަން ކޮންވެންޝަން އަދި ނިއުކްލިއަރ ޕްރޮހިބިޝަން ޓްރީޓީ ގައި ރާއްޖެއިން ބައިވެރިވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދުނިޔެއިން ނިއުކްލިއަރ ހަތިޔާރުތައް އެއްކޮށް ނައްތާލުމަށް ބާރުއެޅުމަށް ފާހަގަކުރާ ބައިނަލްއަޤްވާމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރަކު ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. މިއަހަރުގެ ބައްދަލުވުމުގައި ދުނިޔޭގެ 100 އަށްވުރެ ގިނަ ޤައުމުތަކުން މަންދޫބުން ބައިވެރިވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Jun 2026
ސާޖަންޓް ޙުސައިން ޢަބްދުއްރަޙުމާން ކުއްލި ގޮތަކަށް ނިޔާވެއްޖެ
ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާނަކީ ދިވެހި ސިފައިންގެ ޚިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ޤައުމީ ދިފާޢީ ބާރުގައި 21 އަހަރާއި 7 މަހާއި 16 ދުވަހު ޚިދުމަތް ކުރައްވާފައެވެ.
18 Jun 2026
ނޫސްވެރިންގެ ދިފާޢުގައި ފެށި މަސައްކަތް ޕާކުކޮށްފައި ނުބާއްވަން
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބް އަބްދުالله ވިދާޅުވީ، ނޫސްވެރިންގެ ދިފާޢުގައި އެންމެ ބޮޑަށް މަސައްކަތްކުރާ ޕާޓީއަކީ އެމްޑީޕީ ކަމަށެވެ. އަދި އެމްޑީޕީ އުފެދިގެން އައީ ނޫސްވެރިކަމުގެ ތެރެއިން ކަމަށެވެ.
18 Jun 2026
ސުލްހައިގެ އެއްބަސްވުމާ އެކު ތެލުގެ އަގު ދެ އިންސައްތަ ދަށަށް
ބްރެންޓް ކްރޫޑް ފީފާއެއް 1.64 ޑޮލަރު (2.06 ޕަސެންޓް) ދަށަށް ގޮސް 77.91 ޑޮލަރަށް ވަނީ ވެއްޓިފައެވެ. އަދި ޔޫ.އެސް. ވެސްޓް ޓެކްސަސް އިންޓަމީޑިއެޓް 1.80 ޑޮލަރު (2.34 ޕަސެންޓް) ދަށަށް ގޮސް ފީފާއެއް ވަނީ 74.99 ޑޮލަރަށް ވެއްޓިފައެވެ.
18 Jun 2026
ފެރިދޫއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ޖޫން 11 ވަނަ ދުވަހު ފެރިދޫ ޕޮލިހާއި މާޅޮހު ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ އއ. ހިމަންދޫ / ހިރުދުގަސްދޮށުގެ، ޙަސަން ޢަރީބް (23އ) އެވެ.
18 Jun 2026
މިއީ އުއްމީދު ކުރި ފެށުމެއް ނޫން؛ އެކަމަކު ނިމެން އަދި ގާތްވެސް ނުވޭ: ރޮނަލްޑޯ
އެމެރިކާގެ ހިއުސްޓަންގައި ކުޅުނު މި މެޗަށްފަހު ރޮނަލްޑޯގެ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއީ އެ ޓީމުން އުއްމީދު ކުރި ފަދަ ފެށުމެއް ނޫން ނަމަވެސް، މުބާރާތް އަދި ނިމުމާ ގާތްވެސް ނުވާ ކަމަށެވެ. އަދި ހިތްވަރާއެކު، ދެން އޮތް މެޗަށް ފޯކަސް ކުރުމަށް އޭނާ ވަނީ އެދިފައެވެ.
18 Jun 2026
ރާއްޖެ ދަރަނިވެރި ކުރުވީ ކޮންބައެއްތޯ ބެލުމަކީ މިވަގުތު މުހިންމުކަމެއް ނޫން
ދިވެހިރާއްޖެ ދަރަނިވެރިކުރުވީ ކޮން ވެރިކަމެއްގައި، ކޮން ބައެއްތޯ ބެލުމަކީ މިވަގުތު މުހިންމު ކަމެއް ނޫން ކަމަށާ، މުހިންމީ އެކަމަށް ހައްލެއް ހޯދުން ކަމަށް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
18 Jun 2026
އެމެރިކާއާއި އީރާނުން ސުލްހައިގެ އެއްބަސްވުމުގައި ސޮއިކޮށްފި
ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އީރާނުން ވަނީ 'ސްޓްރެއިޓް އޮފް ހޯރްމޫޒް' ވަގުތުން ހުޅުވާލުމަށް އެއްބަސްވެފައެވެ. އޭގެ ބަދަލެއްގެ ގޮތުން އެމެރިކާ އިން ވަނީ އީރާނަށް ކުރިމަތިކޮށްފައިވާ ކަނޑުގެ ބްލޮކޭޑް ނުވަތަ ހުރަސްތައް ވަގުތުން އުވާލުމަށް ނިންމާފައެވެ.
18 Jun 2026
ކްރޮއޭޝިއާ އަތުން މޮޅުވެ އިނގިރޭސިން ފެންވަރު ދައްކާލައިފި
ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅުނު މިމެޗްގައި އިނގިރޭސިންގެ ފަރާތުން ރީތި ފުޓްބޯޅައެއް ފެނިގެންދިޔައިރު، އެޓީމްގެ ހަމަލާތައްވެސް ފެނުނީ ވަރުގަދަކޮށެވެ