05 Oct 2020 | 04:44
ރެލިގޭޝަނުން ސަލާމަތްވި އެސްޓަން ވިލާ ޗެންޕިއަން ލިވަޕޫލްކޮޅަށް 7 ގޯލް ޖަހައިފި

އިނގިރޭސި ލީގުގައި ޗެންޕިއަން ލިވަޕޫލްއާ ދެކޮޅަށް 7 ގޯލް ޖަހާ އެސްޓަން ވިލާއިން ތިން ޕޮއިންޓް ކަށަވަރު ކޮށްފިއެވެ.

އެސްޓަން ވިލާގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ވަޓްކިންސް ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު ކެޕްޓަން ގްރީލިޝް ވަނީ ދެ ގޯލް ޖަހާ ތިން އެސިސްޓް ހަދާފައެވެ. ވަޓްކިންސް މި މެޗުގައި ޖެހި ތިން ގޯލާއެކު އޭނާ ވެފައިވަނީ ޔުނައިޓެޑްގެ ބާބަޓޯވްގެ ފަހުން ލިވަޕޫލްއާއި ދެކޮޅަށް ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

އެސްޓަން ވިލާއިން ދެން ޖެހި ގޯލްތައް ކާމިޔާބު ކޮށްދިނީ މި ސީޒަނުގައި ޗެލްސީ ދޫކޮށް އެޓީމާއި ގުޅުނު ބާކްލީ އަދި މެކްގިން އެވެ.

ހައިރާން ކުރުވަނިވި ބައްޔަކުން ލިވަޕޫލް ބަލިވި މި މެޗުގައި އެޓީމުގެ ދެ ގޯލްވެސް ޖަހައިދިނީ ސަލާހްއެވެ. މި މެޗަށް ލިވަޕޫލް ނުކުމެފައިވަނީ އެޓީމުގެ ހުށިޔާރު ގޯލް ކިޕަރު އެލިސަން އާއި ނުލާކަން ފާހަގަކޮށްލަން ޖެހެއެވެ. އޭގެ އިތުރުން ފޯވަޑް މާނޭ ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވުމާ ގުޅިގެން އޭނާވެސް މި މެޗުން ފެނިގެން ގޮސްފައެއް ނުވެއެވެ.

މިއީ 1963 ވަނަ އަހަރުގެ ފަހުން ހަތް ގޯލުން ލިވަޕޫލް ބަލިވި ފުރަތަމަ ފަހަރެވެ.

ނިމިދިޔަ ސީޒަނުގައި ރެލިގޭޓްނުވެ ކިރިޔާ ސަލާމަތްވި އެސްޓަން ވިލާގެ ކޯޗް މެޗަށް ފަހު ވާހަކަ ދައްކަމުން ބުނީ މިފަދަ ނަތީޖާއެއް ނެރެވިދާނެ ކަމާމެދު ހުވަފެނެއްގަވެސް އުންމީދު ނުކުރާ ކަމަށައި މެޗު ފަށައިގެން ފުރިހަމަ ވަގުތާ ޖެހެންދެން އޭނާގެ ޓީމުން ދެއްކީ ވަރަށް މޮޅު ކުޅުމެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ލިވަޕޫލްގެ މެނޭޖަރ ކްލޮޕް ބުނީ މެޗުގައި ލިވަޕޫލްއިން ހެދީ ބޮޑެތި ގޯސްތަކެއް ކަމަށައި އޭގެ ނަތީޖާ އޮތީ ފެންނަން ކަމަށެވެ. އެސްޓަން ވިލާއިން ދެއްކި ކުޅުމަށް ކްލޮޕް ތައުރީފް ކުރިކަންވެސް ފާހަގަ ކޮށްލެވެއެވެ.

ދެ ޓީމްވެސް މިހާތަނަށް ހަތަރު މެޗް ކުޅެ 9 ޕޮއިންޓް ހޯދާފައިވާއިރު ލަނޑުގެ ތަފާތުން ކުރި ހޯދާ އެސްޓަން ވިލާ އޮތީ ތާވަލުގެ ދެވަނައިގައެވެ. ލިވަޕޫލް އޮތީ ފަސް ވަނައިގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.