08 Oct 2020 | 14:48
ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރީ ގޯސްކޮށް: ސުޕްރީމް ކޯޓު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފައިވަނީ ގޯސްކޮށް ކަމަށްބުނެ ހައިކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުންވެސް ތާއިދުކޮށްފިއެވެ.

ފުލުހުން ތަހުގީގުކުރަމުންދިޔަ ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގގެ މައްސަލައާއި ގުޅިގެން އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ކްރިމިނަލް ކޯޓުގެ އަމުރަކާއި އެކު ފްރީޒް ކުރީ ނެރުނު އަމުރަކުން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ 8 އެކައުންޓްތަކެވެ. ނަމަވެސް ހައިކޯޓުން ފަހުންވަނީ މި އަމުރު ބާތިލްކޮށްފައެވެ.

ހައިކޯޓުގެ އެ ނިންމުން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި ފަހުން ވަނީ އިސްތިއުނާފްކޮށްފައެވެ. މި މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ފްރީޒްކުރެވުނު އެކައުންޓްތަކާ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަތަކުގެ ތެރެއިން ގއ.ވޮޑަމުއްލާ ކުއްޔަށްދީގެން ލިބުނު އެއް މިލިޔަން ޑޮލަރާއި ގުޅުމެއް އޮތްކަމަށް ދެއްކިފައި ނުވާކަމަށެވެ. 

ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު އަލްއުސްތާޛު ހުސްނުއްސުއޫދު ރިޔާސަތުގައި އިންނަވާ، ފަނޑިޔާރު އަލްއުސްތާޛާ އައިޝާ ޝުޖޫނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ހިމެނޭ ބެންޗެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Jul 2026
މިނިވަން ދުވަހާ ގުޅިގެން އުރީދޫއިން ހާއްސަ އޮފާތަކެއް
މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއް އޮފާއަކީ "މިނިވަން 61 ޕެކް" ގެ ނަމުގައި ހުޅުވައިލި ޑޭޓާ ޕެކެވެ. މި ޕެކުގެ ދަށުން 61 ރުފިޔާ ދައްކައިގެން 24 ގަޑިއިރަށް 61 ޖީބީގެ ޑޭޓާ ލިބޭނެއެވެ
25 Jul 2026
އެޕޯލޯ ކްރިސްޓަލް ރެސިޑެންޓުގައި ރޯވި އަލިފާންގަނޑު ނިއްވާލީ ދޮރު ހަލާކުކޮށްލައިގެން ވަދެ
އަލިފާން ރޯވެ ދުން އަރަންފެށުމާއެކު، އާއްމުން އެކަން ރިޕޯޓްކުރުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުޓީމާއި ފުލުހުން ވަރަށް އަވަހަށް އެ ސަރަހައްދަށް އެޓެންޑްވި މަންޒަރު ވޮއިސްގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ
25 Jul 2026
އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށަނީ
25 Jul 2026
ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރު ފާހަގަކުރެއްވީ، ރާއްޖޭގެ ތަރައްޤީއަށް ދެއްވާ އަހަމިއްޔަތުކަން
ބައްދަލުވުމުގައި ރައީސް ޑރ.މުއިއްޒު ވަނީ ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް، ޚާއްޞަކޮށް ދިވެހި ޙައްޖުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން ވެދެއްވާފައިވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައި
25 Jul 2026
މުޒާހަރާތަކާ ގުޅިގެން އިންޑިއާގެ ތައުލީމާބެހޭ ވަޒީރު އިސްތިއުފާދެއްވައިފި
ޕްރަދާން އިސްތިއުފާދެއްވާފައިމިވަނީ ކޮކްރޯޗް ޖަންތާ ޕާޓީން ހަފުތާތަކެއް ވަންދެން ކުރި މުޒާހަރާތަކާ ގުޅިގެން ކުރިމަތިވެވަޑައިެގެންނެވި ފިއްތުންތަކުގެ ސަބަބުންނެވެ
25 Jul 2026
ރިއަލް މެޑްރިޑުން އެންމެފަހުން ރޮޑްރީ ހޯދުމުގެ މަސައްކަތް ފަށައިފި
މެންޗެސްޓަރ ސިޓީއާއެކު ރޮޑްރީ ހަދާފައިވާ އެއްބަސްވުމުގައި ބާކީ 12 މަސް ދުވަސް އޮތް ނަމަވެސް، އޭނާ އެ ކްލަބުގައި މަޑުކުރުވުމަށްޓަކައި އާ އެއްބަސްވުމެއްގައި ސޮއިކުރުވަން ސިޓީން ވަރަށް ބޮޑަށް ބޭނުންވެއެވެ
25 Jul 2026
މާލެ ސަރަހައްދަށް ކުއްލިއަކަށް މޫސުން ގޯސްވެއްޖެ
25 Jul 2026
ހުޅުމާލޭ ފޭސް ދޭކުން ދެން އެންމެ އަވަހަށް ނިމޭނީ ކޮން މިސްކިތެއް؟
ހުޅުމާލޭގައި އިމާރާތް ކުރަމުންދާ މިސްކިތްތަކަށް ބަލާއިރު، ނުނިމި ދިގުލައިގެންދިޔަ މިސްކިތަކީ ސަލާހުއްދީން ސްކޫލް ކައިރީ އެސްޖޭއިން އިމާރާތްކުރަމުން އަންނަ މިސްކިތެވެ