އަލިފާނުގެ ހާދިސާ ހިނގި އިމާރާތް.. ފޮޓޯ: ވޮއިސް
ހަބަރު
25 Jul 2026 | 16:55
އެޕޯލޯ ކްރިސްޓަލް ރެސިޑެންޓުގައި ރޯވި އަލިފާންގަނޑު ނިއްވާލީ ދޮރު ހަލާކުކޮށްލައިގެން ވަދެ

ހުޅުމާލެ ފޭސް އެކެއްގައި ހުންނަ، އެޕޯލޯ ކްރިސްޓަލް ރެސިޑެންގެ އެޕާޓްމަންޓެއްގައި މިއަދު ރޯވި އަލިފާންގަނޑު ނިއްވާލީ ދޮރުހަލާކުކޮށްލައިގެން ވަދެކަމަށް ފުލުހުން ބުނެފިއެވެ.

މިކަމާ ގުލޭގޮތުން ފުލުހުން މިއަދު ބުނީ ފޭސް އެކެއްގައި ހުންނަ އެޕޯލޯގެ އެ ޓަވަރުގެ އެޕާޓްމަންޓްގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ 13:57 ހާއިރުކަމަށެވެ. އަލިފާން ރޯވީ އިމާރާތުގެ 8 ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގައެވެ. އަލިފާން ރޯވެ ދުން އަރަންފެށުމާއެކު، އާއްމުން އެކަން ރިޕޯޓްކުރުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުޓީމާއި ފުލުހުން ވަރަށް އަވަހަށް އެ ސަރަހައްދަށް އެޓެންޑްވި މަންޒަރު ވޮއިސްގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ.

ފުލުހުން ބުނީ އާންމުންގެ އެހީތެރިކަމާއެކު އެ އެޕާޓްމަންޓުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، އެތަނުގައި ރޯވެފައި ހުރި އަލިފާންގަނޑު ނިއްވާލިކަމަށެވެ.

މި ހާދިސާ ހިނގި ވަގުތު އެޕާޓްމަންޓްގައި އެއްވެސް މީހަކު ނެތްކަމަށް ފުލުހުން ބުންޏެވެ. އަދި މި ހާދިސާގައި އަލިފާން ރޯވެފައި ހުރީ ބެލްކަނީގައި ހުރި ލަކުޑި ތަކެއްގައެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ

ކޮމެންޓް
ޖޫޖު
ބަޓް ބުރިޔެއް ވައްޓާލުމާ ވައްތަރީ
25 Jul 2026
ވާނުވާ
ސިނގެރެޓު ބޮއެފައި ފިލިޓަރު އުކާނީ ތިރީ ބެލްކަންޏަށް. ދެން ވާނެ އެއްޗެއް ވާންވީ.
25 Jul 2026
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.