ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 51 މީހުން!

16 Oct 2020 | 00:02

ދިވެހިރާއްޖެއިން އިތުރު 51 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗް.ޕީ.އޭއިން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 51 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 33 ދިވެހިންނާއި 18 ބިދޭސީންނެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 11،113އަށް އަރާފައެވެ.މީގެ ތެރެއިން 400މީހަކަށް އައިސޮލޭޝަންގައި ފަރުވާދެމުން އަންނައިރު 54 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު 9،931ވަނީ އަރާފައެވެ.

Advertisement

ކޮމެންޓް