މާލޭ ސިޓީ ކައުންސިލުން ކުއްޔަށް ދޫކުރާ ތަންތަނުގެ ކުލި އެ ކައުންސިލަށް ދައްކަންޖެހޭ ގޮތަށް ހަމަޖައްސައިފި

17 Oct 2020 | 20:16

މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިހުރި ތަންތަނުގެ ކުލި އެކައުންސިލަށް ދައްކަންޖެހޭ ގޮތަށް ބަދަލު ގެނެސްފިއެވެ.

ޕީއެސްއެމް ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މީރާއިން ކުރިން ސިޓީ ކައުންސިލް ތަންތަނުގެ ކުލި ދައްކަން ޖެހޭ ގޮތަށް އޮތް ނަމަވެސް އެއަށް ބަދަލު ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ބައެއް ކުލިތައް ސިޓީ ކައުންސިލުން ބަލައިގަންނަން ފަށާފައިވާ ކަމަށެވެ.

އެގޮތުން މާލޭ ސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ބިން ތަކާއި، މާރުކޭޓުތަކުގެ ކުލިތައް ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ދެއްކޭ ގޮތަށް ހަދާފައިވާ ކަމަށް ޝިފާ ވިދާޅުވިއެވެ. އަދި ހަމައެހެންމެ މާލެ، ވިލިމާލޭގައި ހުރި ބިންތައް ކުއްޔަށް ދޫކުރުމަށްފަހު އެބިންތަކުގެ ފައިސާ ވެސް ސިޓީ ކައުންސިލް މެދުވެރިކޮށް ދެއްކޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މީގެ ކުރިން މީރާއިން ކުލީގެ ފައިސާ ބަލައިގަންނަމުން ދިޔަ 10 ތަނެއް ހިމެނެއެވެ. އޭގެ ތެރޭގައި މާލޭގެ ބައެއް ޕާކިން ޒޯނާއި، ސިނަމާލެ ބްރިޖް ހިމެނެއެވެ.

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް