ވީއައިއޭއަށް 1 އަހަރަށް އިންޝުއަރެންސްގެ ޚިދުމަތްދޭނެ ފަރާތެއް ހޯދަން އިއުލާންކޮަށްފި

17 Oct 2020 | 19:36

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ.)އަށް 1 އަހަރަށް އިންޝުއަރެންސްގެ ޚިދުމަތްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ނެރެފައިވާ ޢިޢުލާނެއްގައި ބުނެފައި ވަނީ އެ ކުންފުނިން ޚިދުމަތް ދެމުން އަންނަ ވެލާނާ އިންޓަނޭޝަންލް އެއަރޕޯޓް 2021 ވަނަ އަހަރަށް ޚިދުމަތްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެގޮތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކަކީ ' އޯލްރިސްކް އެންޑް ބިޒްނަސް އިންޓްރަފްޝަން' އެއަރޕޯޓް އޭވިއޭޝަން ލަޔަބިލިޓީ، އަދި ޓެރަރިޒަމް އިންޝުއަރެންސްއެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިވަ ފަރާތްތަކުން މަޢުލޫމާތު ކަރުދާސް ފުރިހަމަ ކުރެއްވުމަށްފަހު 22 އޮކްޓޯބަރު 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:15 ގެ ކުރިން ސިޓީ ނުވަތަ މެއިލް ކުރެއްވުމަށްވެސް މި އިއުލާނުގައިވެއެވެ.

އަދި ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކަ އެއްގޮތަށް ފަންނީ  ނުވަތަ މާލީ ދިރާސާއެއް ހެދުމަށްފަހު ހުށަހަޅާ ފަރާތްތަކަށް ބެލުމަށްފަހު އެންމެ ރަނގަޅު ބީލަމެއް ހުށަހަޅާ ފަރާތެއް އެވޯޑްކުރެވޭނެ ކަމަށްވެސް މި އިއުލާނުގައި ބުނެފަައިވެއެވެ.

Advertisement

ކޮމެންޓް