އެންއައިސީއަށް ގާސިމް އައްޔަންކުރުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ފާސްކޮށްފި

17 Oct 2020 | 14:17

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރުކަމަށް ގާސިމް އަބްދުލްކަރީމް އައްޔަންކުރުމަށް ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ނިންމައިފިއެވެ.

އެ ކޮމިޝަންގެ މެންބަރުކަމަށް ގާސިމަށް ރުހުންދޭން ފެންނަކަމަށް ނިންމީ އެ ކޮމެޓީން އޭނާއާއި އިންޓަރވިއު ކުރުމަށްފަހުގައެވެ. އެންއައިސީގެ މެންބަރުކަމަށް ގާސިމް އައްޔަންކުރުމަށް އޭނާގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.

ގާސިމް އާންމުންނަށް އެނގިގެންދިޔައީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބޭންކް އޮފް މޯލްޑިވްސްގެ ތެރެއިން ހިނގައިދިޔަ މުއާމަލާތްތައް ފަޅާއަރުވާލައިގެން ހައްޔަރުކުރި ހިސާބުންނެވެ. އެވަގުތު އޭނާ ހުރީ ބޭންކްގެ ފ.ނިލަންދޫ ބްރާންޗްގެ މެނޭޖަރެއްގެ ގޮތުގައެވެ.

އެ މައްސަލައިގައި 8 މަހާއި 12 ދުވަހަށް ޖަލަށްވެސް ލިއެވެ. ނަމަވެސް ހުކުމްކުރި އިރު އެއަށްވުރެ ދިގު މުއްދަތެއް ބަންދުގައި ހުރުމުން ގިނަ ދުވަސްތަކެއް ނުވެ އޭނާ މިނިވަންވިއެވެ.

Advertisement

ކޮމެންޓް