ބޭރު ފައިސާ ގަނެ ވިއްކުމުގެ ލައިސަންސް ދޫކުރުން އެމްއެމްއޭއިން ވަގުތީ ގޮތުން މަޑުޖައްސާލައިފި

17 Oct 2020 | 14:52

ބޭރު ފައިސާ ގަނެ ވިއްކުމުގެ ލައިސަންސް ދިނުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން (އެމްއެމްއޭ) އިން ވަގުތީ ގޮތުން މަޑުޖައްސާލައިފިއެވެ.

އެމްއެމްއޭ އިން މިއަދު ނެރުނު ޢިޢުލާނެއްގައި ބުނީ ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ރާއްޖޭގެ އާބާދީއާއި އަޅާބަލާއިރު ގިނަވެފައިވާކަމަށެވެ. އެހެންކަމުން، އެ ހުއްދަ އިތުރު ފަރާތްތަކަށް ދިނުން ވަގުތީ ގޮތުން ހުއްޓާލުމަށް ނިންމާފައިވާކަމަށް ވަނީ ބުނެފައެވެ.

އެމްއެމްއޭއިން ވަނީ ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ދިނުމުގެ ޤަވާއިދު އިސްލާޙް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް މި ޢިޢުލާނުގައި ބުނެފައިވެއެވެ.

މިދުވަސްވަރަކީ ޑޮލަރުގެ އަގު ކަޅު ބަޒާރުގައި ވަރަށް ބޮޑަށް އުފުލިފައިވާ ދުވަސްވަރެއްކަން ގިނަބަޔަކު ފާހަގަކުރެއެވެ. ދާދި ފަހުން ބީއެމްއެލްއިން ވަނީ ޑޮލަރުގެ ލިމިޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

Advertisement

ކޮމެންޓް