17 Oct 2020 | 21:37
ކެފޭ އަދި ރެސްޓޯރެންޓްތަކުގެ ވެެރިންނަށް އަމާޒުކޮށް ރޭމްއިން ސާވޭއެއް ކުރިއަށް ގެންދަނީ

ދިވެހިރާއްޖޭގެ ކެފޭ އަދި ރެސްޓޯރެންޓްތަކުގެ ވެެރިންނަށް އަމާޒުކޮށްގެން ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ސާވޭއެއް އެބަ ކުރިއަށް ގެންދާާާާާާކަން އެ އެސޯސިއޭޝަނުން ހާމަކޮށްފިއެވެ. 

ރޭމްއިން ބުނީ ރެސްޓޯރެންޓް/ކެފޭ ފަދަ މިސިނާޢަތާ ގުޅުންހުރި ވިޔަފާރިތައް މިވަގުތު ތަހައްމަލު ކުރަމުންދާ ދަތިތައް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނައުމުގައި ރަނގަޅު ސަރވޭއެއް ކުރުން މުހިންމު ކަމަށް ދެކޭކަމަށެވެ. އެގޮތުން މިސަރވޭ ކުރަމަށް އެ އެސޯސިއޭޝަންގެ ފަރާތުން ވަރަށް ގިނަ ސުވާލުތަކާއި ކަންބޮޑުވުންތަކަށް އެޑްރެސްވާ ގޮތަށް ސާރވޭ ފޯމެއް ތައްޔާރުކޮށްފައެވެ.

ރެސްޓޯރެންޓް އެސޯސިއޭޝަނުގެ ފަރާތުން ދަނީ މި ގޫގުލް ފޯމް އެކުވެރި ވިޔަފާރި ކުރާ ފަރާތްތަކާއި ހިއްސާކުރަމުންނެވެ. ރޭމްއިން ބުނީ އެ އެސޯސިއޭޝަނަކީ މި ސިނާޢަތުގެ ހުރިހާ ވިޔަފާރިތަކެއް ހިމާޔަތްކޮށް ދިނުމަށް ބޭނުންވާ އެ ދާއިރާ ތަރައްޤީ ކޮށްދިނުމަށާއި އެކިގޮތްގޮތުން އެ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ އެސޯސިއޭޝަނެކެވެ.

އެހެންކަމުން ވީހާވެސް ގިނަ ކުދި ބޮޑު ކެފޭ ރެސްޓޯރެންޓް ސިނާއަތްތަކުގެ ފަރާތުން މި ސާވޭ ފޯމް ފުރުމަށް ރޭމްއިން ވަނީ އެދިފައެވެ،

މި ސާރވޭ ގެ ސުންގަޑި އަކީ މާދަމާގެ ރޭގަނޑު ބާރަ ޖަހާއިރެވެ. 



ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދު ތަކުން ކަރަންޓް ކެނޑިއްޖެ
ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެއެވެ.
16 Sep 2026
އިނގިރޭސި ލީގްކަޕް؛ ލިވަޕޫލް އަތުން ބަލިވެ، މުބާރާތުން ސްޕާސް އަލްވަދާއު ކިޔައިފި
ލިވަޕޫލްގެ އަމިއްލަ ދަނޑު ކަމަށްވާ އެންފީލްޑްގައި ކުޅުނު މި މެޗުން ސްޕާސްގެ މައްޗަށް ލިވަޕޫލުން ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ
16 Sep 2026
ސޫދާނުގައި ރަން ނަގަމުންދިޔަ މައިނެއް ވެއްޓި މަދުވެގެން 60 މީހުން މަރުވެއްޖެ
މި ހާދިސާގައި ސަލާމަތްވި ދެ މީހަކު ބުދަ ދުވަހު އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އަދިވެސް ގިނަ އަދަދެއްގެ ބަޔަކު ވެއްޓިފައިވާ ބައިތަކުގެ ދަށުގައި ތާށިވެ، ގެއްލިފައިވާ ކަމަށާއި އެމީހުންވެސް މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
16 Sep 2026
ލީގް ކަޕްގައި އިޕްސްވިޗް އަތުން އާސެނަލަށް ފަސޭހަ މޮޅެއް
މެޗަށްފަހު އާސެނަލްގެ ކޯޗް މިކޭލް އަޓޭޓާ ބުނީ ޑޯމަން އަކީ ވަރަށް ހުށިޔާރު ކުޅުންތެރިއެއް ކަމަށާއި އޭނާ ޖެހި ލަނޑުތަކުން ވަރަށް ރަނގަޅަށް އެކަން ފެނިގެން ގޮސްފައިވާކަމަށެވެ. އަޓޭޓާ ބުނީ އުމުރުން އެހާ ހަގު ކުޅުންތެރިއަކު އެ ފެންވަރުގައި ޕްރިމިއާލީގުން ފެނުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެއް ކަމަށެވެ.
16 Sep 2026
ޕީއެންސީގެ ޒުވާނުންގެ ހަތް ގޮނޑިއަށް މެންބަރުން ހޮވައިފި
ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ ޒުވާނުންގެ ހަތް ގޮނޑިއަށް 12 ކެންޑިޑޭޓުންގެ ތެރެއިން ހަތް ބޭފުޅަކު މިއަދު އިންތިޚާބުކޮށްފައިވާ އިރު، އެންމެ ގިނަ ވޯޓު ހޯއްދެވީ ސިމާން ހާދީއެވެ.
16 Sep 2026
ޕީއެންސީ އަންހެނުންގެ މަޖިލީހަށް 10 މެމްބަރުން އިންތިޚާބުކޮށްފި،
ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ މަޖިލީހުގައި (ސެނެޓް) އަންހެނުންނަށް ޚާއްޞަކޮށްފައިވާ 10 ގޮނޑިއަށް ބޭފުޅުން އިންތިޚާބުކޮށްފިއެވެ.
16 Sep 2026
އިސްރާއީލުގެ އަސްކަރިއްޔާއަށް ފޮނުވާ މުދާ މެލޭޝިޔާ މަގުން ގެންދިޔުން ހުއްޓުވާނަން
އިސްރާއީލުގެ އަސްކަރިއްޔާއަށް ފޮނުވާ އެއްވެސް މުދަލެއް މެލޭޝިޔާ މަގުން ގެންދިޔުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު މިހެން ވިދާޅުވީ އިސްރާއީލަށް ގެންދަން އުޅުނު ކާގޯ ކޮންޓޭނަރުތަކެއް މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން ހިފެހެއްޓުމާ ގުޅިގެންނެވެ.
16 Sep 2026
ހޫތީން މައްކާއަށް ޑްރޯން ހަމަލާއެއް އަމާޒު ކުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
ހޫތީންގެ ސިޔާސީ ބިއުރޯގެ މެންބަރު ޙިޒާމް އަލް އަސަދު ވަނީ ރިޔާޛުން ކުރާ ތުހުމަތު ސިފަކޮށްފައިވަނީ ބޮޑު ދޮގެއް ކަމުގައެވެ. މައްކާގެ ވައިގެ ސަރަޙައްދާ ދިމާއަށް ހޫތީންގެ ޑްރޯންއެއް ދަތުރުކުރި ކަމަށް ސަޢޫދީން ބުނެފައިވެއެވެ.