18 Oct 2020 | 15:34
އުރީދޫއަށް އިންޓަރނޭޝަނަލް ބިޒްނަސް އެވޯޑްސްގައި އަދަދެއްގެ އެވޯޑްތަކެއް!

އިންޓަރނޭޝަނަލް ބިޒްނަސް އެވޯޑްސްގައި ގިނަ އެވޯޑްތަކެއް އުރީދޫއިން ކާމިޔާބުކޮށްފިއެވެ.

އިންޓަނޭޝަނަލް ބިޒްނަސްގައި އެންމެ ފާހަގަކޮށްލެވޭ ޓެލެކޮމް ކުންފުނީގެ ގޯލްޑް ސްޓީވީ އެވޯޑްގެ އިތުރުން އެތައް އެވޯޑްތަކެއް އުރީދޫ އިން ވަނީ ކާމިޔާބު ކޮށްފައެވެ. 

17ވަނަ އަހަރީ އިންޓަރނޭޝަނަލް ބިޒްނަސް އެވޯޑްސްގައި އުރީދޫއިން ވަނީ ގިނަ އެވޯޑެއް ކާމިޔާބުކޮށްފައެވެ. އެއީ ޓެލެކޮމިއުނިކޭޝަންގެ ދާއިރާއިން ގޯލްޑް ސްޓީވީ، މޯސްޓް އިނޮވޭޓިވް ކޮމްޕެނީ އޮފް ދަ އިޔާރ އިން ސިލްވަރ ސްޓީވީ، މޯބައިލް ސައިޓް އެންޑް އެޕް އިން ބްރޮންޒް ސްޓީވީ އަދި މޯސްޓް ވެލުއަބަލް ކޯޕަރޭޓް ރެސްޕޯންސް އިން ބްރޮންޒް ސްޓީވީ އެވެ.

އޭގެ އިތުރުން އޭޝިއާ ޕެސިފިކް އެވޯޑްސް އިން ވެސް 3 އެވޯޑެއް ލިބިފައިވެއެވެ.އެއީ އެވޯޑް ފޮރ އިނޮވޭޝަން އިން އެޕްސް އިން ގޯލްޑް ސްޓީވީ، އެވޯޑް ފޮރ އިނޮވޭޝަން އިން ކަސްޓަމަރ ސަރވިސް އިން ގޯލްޑް ސްޓީވީ އަދި އެވޯޑް ފޮރ އެކްސަލަންސް އިންއިނޮވޭޝަން އިން ޓެކްނޮލޮޖީއިން ސިލްވަރ ސްޓީވީއެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ ނަޖީބް ޙާން ވިދާޅުވީ އުރީދޫ ނެޓްވޯރކް އަދި ޓެލެކޮމިއުނިކޭޝަންސް އިންފްރާސްޓަކްޗަރ ވަރުގަދަ ކުރުމަށް ބޮޑެތި އިންވެސްޓްމެންޓްތަކެއް ކޮށްފައިވާކަމަށާއި، އެތަކެއް އިޖާދީ ޚިދުމަތްތަކެއްވެސް ރާއްޖެއަށް މުޅިން އަލަށް ތަޢާރަފްކޮށްފައިވާ ކަމަށެވެ.އަދި އުރީދޫ މޯލްޑިވްސްގެ ތަސައްވުރާއި އެއްގޮތުގެ މަތިން ޑިޖިޓަލް ޓެކްނޮލިޖީ މެދުވެރިކޮށް ރައްޔިތުންނާއި ވިޔަފާރިވެރިންނަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދީފައިވާ ކަމަށްވެސް ނަޖީބް ޙާން ވިދާޅުވިއެވެ.

އަދި މިދިޔަ ތިން އަހަރުގެ ތެރޭގައި މުޅިން އަލަށް ތަޢާރަފްކުރި އެޗް-ޑި ވޮއިސް ގެ ޚިދުމަތައި ވޮއިސް އޯވަރ ވައިފައިގެ ޚިދުމަތާއެކު ކަސްޓަމަރުންގެ ކޯލް ކޮލިޓީ ވަރުގަދަކޮށް، ފެންވަރު ރަނގަޅު އިންޓަރނެޓް އުރީދޫގެ ސުޕަރނެޓް މެދުވެރިކޮށް ރާއްޖޭގެ އާބާދީގެ 65 އިންސައްތައަށް ވަނީ ފޯރުކޮށްދީފައެވެ.

އުރީދޫ މޯލްޑިވްސްގެ ސެލްފް ކެއަރ އަޕްގްރޭޑާއި އެކު އުރީދޫގެ މޯބައިލް-މަނީގެ ޚިދުމަތް އެމް ފައިސާ އަދި އީ -ކޮމާރސް ގެ ޚިދުމަތްވެސް އެއްޕްލެޓްފޯމަކުން ލިބޭނެ ގޮތް ފަސޭހަ ކޮށްދީ ފުރިހަމަ ތަޖުރިބާއެއް ބިނާކުރުމުގައި އުރީދޫ މޯލްޑިވްސްގެ މިފަދަ އިސްނެގުނަތަކާއި އީޖާދީ ޚިދުމަތްތައް ތަޢާރަފްކުރުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާކަން އެކުންފުނިންވަނީ ހާމަކޮށްފައެވެ.

ކޯވިޑް-19 އާއި ގުޅިގެން އުރީދޫ މޯލްޑިވްސް އިން ދަނީ ކުންފުނީގެ މުވައްޒަފުންނަށާއި، ކަސްޓަމަރުން އަދި ދިވެހި ރައްޔިތުންނަށްވެސް އެކި ގޮތަގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.އެގޮތުން އުރީދޫ ގްރޫޕާއި ގުޅިގެން ދިވެހިރާއްޖޭގައި ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މުހިއްމު މަސައްކަތްތަކަށް ބޭނުންވާ ވެންޓިލޭޓަރ، ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އަދި ޓެސްޓިންގ ކިޓް ހޯދުމުގައި ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާއަށް އެއްބާރުލުންދިނުމުގެ ގޮތުން 2.5 މިލިއަން ރުފިޔާގެ އެހީތެރިކަންވަނީ ފޯރުކޮށްދީފައެވެ. 

ހަމައެއާއި އެކު އުރީދޫއިން ވަނީ ކޮވިޑް-19 އާއި ދެކޮޅަށް ސަރުކާރުގެ އެކި އިދާރާތަކާއި ގުޅިގެން ޤައިމީ ފެންވަރުގައި ކުރެވެމުންދާ ޙަރަކާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.އެގޮތުން އިންޓަރނެޓް ކަނެކްޝަންގެ އެހީތެރިކަމާއި، ކޮވިޑާއި ގުޅޭގޮތުން ހޭލުންތެރިކަމުގެ މަޢުލޫމާތު ޢާންމުނަށް ފޯރުކޮށްދިނުމާއި އޮންލައިންކޮށް ކިޔަވައިދިނުމަށާއި ސިއްހީ ދާއިރާ އަދި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ޚިދުމަތްތަށް ފޯރުކޮށްދިނުންވެސް ހިމެނެއެވެ.                             

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.