Advertisement

ސަލަފް ޖަމްއިއްޔާއިން މުޅިން އާ މަޖައްލާއެއް ނެރެފި

18 Oct 2020 | 22:13

'ދާރިސް' ގެ ނަމުގައި ޖަމްޢިޢްޔަތުއް ސަލަފުގެ ފަރާތުން މުޅިން އާ މަޖައްލާއެއް ނެރެފިއެވެ.

ދާރިސް ނަމުގައި ނެރުނު މިމަޖައްލައަކީ ޝަރުޢީ އަދަބީ އަދި ޢިޖްތިމާޢީ އަދި ސިޔާސީ ދާއިރާތަކަ ގުޅޭ ތަފާތު މަޒުމޫނުތަކެއް ހިމަނައިގެން ނެރުނު ޢިލްމީ މަޖައްލާއެކެވެ.

ދާރިސް މަޖައްލާގެ މުޙައްރިރު އައްޝައިޚް އަބްދުﷲ ބިން މުޙައްމަދު އިބްރާޙީމް ވިދާޅުވީ މި މަޖައްލާ ނެރުމުގެ މަޤްޞަދަކީ ލިޔުންތެރިން އިތުރުކުރުމާއި ކިޔުންތެރިކަން ހޭލުންތެރިކުރުވުން ކަމަށެވެ. މި މަޖައްލާގައި ފާހަގަކޮށްލެވޭ ބޭފުޅުންގެ ލިޔުންތަކާއި ޅެންވެސް ހިމެނޭނެއެވެ.

މިމަޖައްލާ އަކީ ސަލަފާއި މީޑިއާ ދާއިރާގައި ޙަރަކާތްތެރިވާ އަމިއްލަ ކުންފުންޏެއް ކަމަށްވާ 'ސަމީކް ޕްރައިވެޓް ލިމިޓެޑާ ގުޅިގެން ކޮންމެ ދެމަހަކުން އެއްމަހު ނެރޭ މަޖައްލާއެކެވެ. 

Advertisement

ކޮމެންޓް