22 Oct 2020 | 04:54
އިންޑިއާއިން ލަދާކް ބޯޑަރު ސަރަހައްދުން ހިފެހެއްޓި ޗައިނާގެ ސިފައިންގެ މީހަކު ދޫކޮށްލައިފި

ހިމާލިޔާގެ ލަދާކް ސަރަހައްދުން އިންޑިއާއިން ހިފެހެއްޓި ޗައިނާގެ ސިފައިންގެ މީހާ އިއްޔެގެ ވަގުތެއްގައި ދޫކޮށްލައިފިއެވެ.

ޗައިނާގެ ސިފައިންގެ މީހެއް ކަމަށްވާ ވަންގް ޔަ ލޮންގް އިންޑިއާއިން ހިފެއްޓުމަށް މެދުވެރިވީ ހުއިހައްޕާ މީހަކަށް އެހީވުމުގެ ގޮތުން ޔަކްތަކެއް ހޯދައިދިނުމުގެ މަސައްކަތުގައި އުޅެނިކޮށް މަގު އޮޅިގެން ލަދާކް ބޯޑަރު ސަރަހައްދުގެ އިންޑިއާއާއި ވީ ފަޅިއަށް އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުރަސްކުރެވެމުން ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މިދިޔަ ހޯމަ ދުވަހު އިންޑިއާގެ ކަމާއިބެހޭ ފަރާތްތަކުން އާންމުކުރި ބަޔާނެއްގައި އިންޑިއާއިން ބުނެފައިވަނީ ޗައިނާގެ ސިފައިންގެ މީހަކު ހިފައްޓާފައިވާ ކަމަށާއި އޭނާ ދޫކޮށްލާނީ ފުރިހަމަ ކުރަންޖެހޭ ރަސްމީ ކަންކަން ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ. މިކަމާއި ގުޅިގެން ޗައިނާގެ ޑިފެންސް މިނިސްޓްރީ އިން ވަނީ ބޯޑަރުގައި ސުލްހަމަސަލަސްކަން ދެމި ހުރުމަށް އެދޭނަމަ ވީހާވެސް އަވަހަށް އޭނާ ދޫކޮށްލުމަށް ގޮވާލާކަމަށް ބުނެފައެވެ.

މިއަހަރުގެ ޖޫންގައި ހިނގި ތަޅާފޮޅުމަށްފަހު ފަހު ޗައިނާއިންނާއި އިންޑިއާއިން ދަނީ ގިނަ އަދަދެއްގެ ސިފައިން ލަދާކް ސަރަހައްދަށް އެއްކުރަމުންނެވެ. އެ ސަރަހައްދުގައި ކުރިޔަށްދާ މި ކުރިމަތިލުމުގައި މިހާތަނަށް އިންޑިއާގެ ސިފައިންގެ 20 މީހަކު ވަނީ މަރުވެފައެވެ.

އަދި ޗައިނާގެ ސިފައިންގެ ލަޝްކަރުގެ މީހުންގެ ތެރޭގައިވެސް އަނިޔާވި ފަރާތްތައް ހިމެނޭކަމަށް ޤަބޫލުކުރެވުނު ނަމަވެސް ޗައިނާއިން ވަނީ މިކަމާއި ގުޅިގެން އެއްވެސް މައުލޫމާތެއް ދީފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ، ކުދި ރެނދުތައް ލި
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.
11 Sep 2026
ދީނުގެ އަސާސްތައް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.
11 Sep 2026
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ، މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާނީ މިހިނގާ ސެޕްޓެންބަރު މަހުގެ 14 އިން 15 އަށް ކަމަށެވެ.