04 Nov 2020 | 13:16
އެމެރިކާގެ ނިންމުން 2020: ޓްރަމްޕްގެ މިސްރާބު ސުޕްރީމް ކޯޓަށް!

އެއްވެސް ރަސްމީ ޔަގީންކަމެއް ނެތި އެމެރިކާގެ ރިޔާސީ އިންތިޚާބު "ކާމިޔާބުކުރެއްވިކަމަށް" އެގައުމުގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާންކުރައްވައިފިއެވެ.

ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓް ޓްރަމްޕް މިފަދައިން އިއުލާންކުރެއްވީ ވައިޓް ހައުސްގެ އީސްޓް ރޫމްގައި ސަޕޯޓަރުންނާ މީޑިޔާގެ ފަރާތްތަކާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

ޓްރަމްޕް ވިދާޅުވީ މިލިޔަނުން މީހުން ރިޕަބްލިކަން ޕާޓީއަށް ވޯޓުލާފައިވާ ކަމަށާއި، ނަމަވެސް އެމީހުން އެ ހައްގުން ދުރުކުރުމަށް ބަޔަކު މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި އިންތިޚާބު ކާމިޔާބުކޮށްފައިވަނީ ރިބަޕްލިކަނުންކަމަށްވެސް ވަނީ ބުނެފައެވެ.

އެމަނިކުފާނު ވިދާޅުވީ ގާނޫނު ހެޔޮގޮތުގައި ބޭނުންކުރުމަށް ބޭނުންވެ ވަޑައިގަންނަވާ ކަމަށާއި، އެހެންކަމުން ސުޕްރީމް ކޯޓަށް ދާނެކަމަށެވެ. ޓްރަމްޕް ވިދާޅުވީ ވޯޓުލުން ހުއްޓުވަން ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށާއި، ފަތިހު ހަތަރެއް ޖަހާއިރު ބެލޮޓެއް ފެނި އެ ލިސްޓަށްލުމަށް ނޭދޭކަމަށެވެ.

އިންތިޚާބުގެ ވޯޓުގުނުން ކުރިއަށްދާއިރު، ނަތީޖާ މިހާތަނަށް ނުލިބިވާ ގިނަ ސްޓޭޓްތަކުގެ ނަތީޖާއިން ފެންނަނީ ދެބޭފުޅުންވެސް ވަރަށް ގާތުން ވާދަކުރައްވަމުން ގެންދަވާ ތަނެވެ. ރާއްޖެގަޑިން 13:00 ހާއިރު އޭއެފްޕީއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ނަތީޖާތައް ދައްކާ ގޮތުގައި ބައިޑަންއަށް ޔަގީންވެފައިވަނީ އިލެކްޓޯރަލް ކޮލެޖްގެ 235 ވޯޓެވެ. ޓްރަމްޕަށް ޔަގީންވެފައިވަނީ 213 ވޯޓެވެ.

އެމެރިކާގެ އިންތިޚާބީ ނިޒާމް ހަމަޖެހިފައިވާ ގޮތުން ރައީސްކަމުގެ މަގާމަށް ހޮވޭ ފަރާތެއް އައްޔަންކުރާނީ 538 އިލެކްޓަރުންގެ މައްޗަށް އެކުލެވޭ އިލެކްޓޯރަލް ކޮލެޖަކުންނެވެ.

މި އިލެކްޓޯރަލް ކޮލެޖް އެކުލެވިގެންވަނީ 435 ކޮންގްރެސް ރެޕްރެޒެންޓޭޓިވުން، 100 ސެނެޓަރުން އަދި ޑިސްޓްރިކްޓް އޮފް ކޮލަމްބިޔާގެ އިތުރު 3 އިލެކްޓަރުންގެ މައްޗަށެވެ. އެމެރިކާގެ ރައީސްކަމުގެ މަގާމަށް ހޮވޭ ފަރާތެއް ހޮވިގެންދާނީ މި އިލެކްޓޯރަލް ކޮލެޖްގެ ތެރެއިން އެންމެ ފުރަތަމަ މަދުވެގެން 270 ވޯޓު ހޯދައިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Jul 2026
ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރު ފާހަގަކުރެއްވީ، ރާއްޖޭގެ ތަރައްޤީއަށް ދެއްވާ އަހަމިއްޔަތުކަން
ބައްދަލުވުމުގައި ރައީސް ޑރ.މުއިއްޒު ވަނީ ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް، ޚާއްޞަކޮށް ދިވެހި ޙައްޖުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން ވެދެއްވާފައިވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައި
25 Jul 2026
މުޒާހަރާތަކާ ގުޅިގެން އިންޑިއާގެ ތައުލީމާބެހޭ ވަޒީރު އިސްތިއުފާދެއްވައިފި
ޕްރަދާން އިސްތިއުފާދެއްވާފައިމިވަނީ ކޮކްރޯޗް ޖަންތާ ޕާޓީން ހަފުތާތަކެއް ވަންދެން ކުރި މުޒާހަރާތަކާ ގުޅިގެން ކުރިމަތިވެވަޑައިެގެންނެވި ފިއްތުންތަކުގެ ސަބަބުންނެވެ
25 Jul 2026
ރިއަލް މެޑްރިޑުން އެންމެފަހުން ރޮޑްރީ ހޯދުމުގެ މަސައްކަތް ފަށައިފި
މެންޗެސްޓަރ ސިޓީއާއެކު ރޮޑްރީ ހަދާފައިވާ އެއްބަސްވުމުގައި ބާކީ 12 މަސް ދުވަސް އޮތް ނަމަވެސް، އޭނާ އެ ކްލަބުގައި މަޑުކުރުވުމަށްޓަކައި އާ އެއްބަސްވުމެއްގައި ސޮއިކުރުވަން ސިޓީން ވަރަށް ބޮޑަށް ބޭނުންވެއެވެ
25 Jul 2026
މާލެ ސަރަހައްދަށް ކުއްލިއަކަށް މޫސުން ގޯސްވެއްޖެ
25 Jul 2026
ހުޅުމާލޭ ފޭސް ދޭކުން ދެން އެންމެ އަވަހަށް ނިމޭނީ ކޮން މިސްކިތެއް؟
ހުޅުމާލޭގައި އިމާރާތް ކުރަމުންދާ މިސްކިތްތަކަށް ބަލާއިރު، ނުނިމި ދިގުލައިގެންދިޔަ މިސްކިތަކީ ސަލާހުއްދީން ސްކޫލް ކައިރީ އެސްޖޭއިން އިމާރާތްކުރަމުން އަންނަ މިސްކިތެވެ
25 Jul 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ސްރީލަންކާއިން ދެ ދިވެއްސަކު ހައްޔަރުކޮށްފި
ސްރީލަންކާގެ ނޫސްތަކުގައިވާގޮތުން މި ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ނާކޮޓިކްސް ބިއުރޯ (ޕީއެންބީ) ގެ ޚާއްޞަ އޮޕަރޭޝަނެއްގައި ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ
25 Jul 2026
މިނިވަންދުވަހުގެ ހަރަކާތްތަކަށް ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރު ރާއްޖެއަށް
ޕްރިންސް ޑރ.މަންސޫރުގެ މި ދަތުރުފުޅަކީ ސަޢޫދީ ވަލީއަޙުދު އަދި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ފަރާތްޕުޅުން ކުރައްވާ ދަތުރުފުޅެކެވެ
24 Jul 2026
ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން އިސްތިޢުފާ ދެއްވައިފި
ޝަހާބުއްދީން އިސްތިއުފާދެއްވީ ސިއްހީ ހާލަތުހުރިގޮތުން މަގާމުގެ ޒިންމާ އަދާނުކުރެވޭތީކަމަށް އެމަނިކްފާނު ވަނީ ވިދާޅުވެފައި