ކޮލަމްބޯގެ މަގެއް.. ވޮއިސް ފޮޓޯ: އަލީ ހުސައިން
ހަބަރު
25 Jul 2026 | 10:19
މަސްތުވާތަކެތީގެ މައްސަލައެއްގައި އަވައްޓެރި ސްރީލަންކާއިން ދެ ދިވެއްސަކު ހައްޔަރުކޮށްފި

ގާތްގަނޑަކަށް 10 މިލިއަން ރުޕީސްގެ އައިސް (ކްރިސްޓަލް މެތެމްފެޓަމީން) ސްރީލަންކާއަށް އެތެރެކޮށް ވިއްކަން އުޅުނު ކަމުގެ ތުހުމަތުގައި ދެ ދިވެއްސަކު އަވައްޓެރި ސްރީލަންކާއިން ހައްޔަރުކޮށްފިއެވެ.

ސްރީލަންކާގެ ނޫސްތަކުގައިވާގޮތުން މި ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ނާކޮޓިކްސް ބިއުރޯ (ޕީއެންބީ) ގެ ޚާއްޞަ އޮޕަރޭޝަނެއްގައި ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ.

މި މައްސަލައިގައި ފުރަތަމަ ހައްޔަރުކޮށްފައިވަނީ ޢުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރުކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިވާކަމަށް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އޭނާ ލައިގެން ހުރި އެއްޗެހީގެ ތެރޭގައި 602 ގްރާމް ކްރިސްޓަލް މެތެމްފެޓަމީން ފޮރުވާފައި ހުރިއިރު، މީގެ ތެރެއިން އެއްބައި ފޮރުވާފައިހުރީ ލައިގެންހުރި ބޮކްސާގެ ތެރޭގައެވެ.

ލަންކާގެ ނޫސްތަކުން ބުނެފައިވަނީ ޕީއެންބީގެ ޑެޕިއުޓީ ޑިރެކްޓަރަށް ލިބުނު ޖާސޫސީ މަޢުލޫމާތަކާ ގުޅިގެން ފުލުހުން ވަނީ އެމީހާ ބޯޓުން ފޭބި ހިސާބުން ފެށިގެން ފާރަލާފައެވެ. މި މައްސަލާގައި އެމީހުންނާ ސުވާލުކުރުމުން ގެނައި މަސްތުވާތަކެތި ޙަވާލުކުރަން ހަމަޖެހިފައި އޮތީ ލަންކާގައި ހަރަކާތްތެރިވާ މައި ޑިސްޓްރިބިއުޓަރަކާ ކަމަށް އެނގުނު ކަމަށްވެސް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މަސްތުވާ ތަކެތީގެ މައްސަލާގައި ދެވަނަ މީހާ ހައްޔަރުކޮށްފައިވަނީ، އިއްޔެ ރޭ ކޮލޮމްބޯގެ ހޮޓަލެއް ތެރެއިންނެވެ. ޢުމުރުން 28 އަހަރުގެ އެ މީހާ ހައްޔަރުކޮށް އޭނާގެ އަތުން 10 ގްރާމާއި 670 މިލީގްރާމުގެ އައިސް ހޯދާފައިވެއެވެ. އިއްޔެ ނެގޮމްބޯ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އިތުރު ތަޙުޤީޤަށް އެމީހުން ބަންދުގައި ބައިތިއްބަން 14 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

ސްރީލަންކާގެ ޤާނޫނުތައް ބުނާގޮތުން މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތްތައް ކަމަށްވާ ހެރޮއިން، ކޮކެއިން، މޯފިން، އަދި މެތައެމްފެޓަމިން ފަދަ ތަކެއްޗާ މެދު ގާނޫނު ތަންފީޒުކުރުމުގައި ވަރަށް ހަރުކަށި އުސޫލުތަކެއް ގެންގުޅެއެވެ. އެގޮތުން މި ބާވަތުގެ މަސްތުވާތަކެތީގެ ތެރެއިން 5 ގުރާމް ނުވަތަ އެއަށްވުރެ ގިނަ މިންވަރެއް އެތެރެކުރުން، އޭގެ ވިޔަފާރިކުރުން ނުވަތަ އަތުގައި ބެހެއްޓުމަކީ މަރުގެ އަދަބު ނުވަތަ އުމުރަށް ޖަލަށްލުން ކަނޑައެޅިގެންވާ ބޮޑު ކުޑެކެވެ. އަދި 5 ގްރާމަށްވުރެ މަދުނަމަ އަދަބަކީ  5 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއެކު، ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ