"ފުރާންސުގެ ބުދު"

09 Nov 2020 | 11:17

ނޯޓް: މިއީ سعد القحطاني އޭނާގެ ޔޫޓިޔުބު ޗެނަލުގައި ޕޯސްޓު ކުރައްވާފައިވާ ވީޑިއޯއެއްގެ ދިވެހި ތަރުޖަމާއެވެ.

1913 ވަނަ އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހު ފްރާންސްގެ މާރސީލިއާއަށް ރޮޖަރ ގްރާޑީ އުފަންވިއެވެ. އޭރުގެ އެހެން ފްރެންޗް ފެމިލިތަކެކޭ އެއްގޮތަށް، މިކުއްޖާވެސް އުފަންވެ ބޮޑުވަމުން އައީ އޭތިއެސްޓް ފެމިލީއެއްގެތެރޭގައެވެ. އޭނާގެ މަންމައާއި ބައްޕަ ދީނެއް ޤަބޫލު ނުކުރިނަމަވެސް އޭނާ އަބަދުވެސް ޙައްޤަކީ ކޮބައިތޯ ހޯދާބަލާ ހައްޤަށް ވާޞިލުވެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ.

ވޭތުވެދިޔަ ޤަރުނުގެ ފަހުކޮޅުގައި ދިމާވި ބޮޑުތަދުގެތެރޭގައި އޭނާގެ ހިތުގެތެރޭގައި ވަރަށް ގިނަ ސުވާލުތަކެއް ދައުރުވަމުން ދިޔައެވެ. އެސުވާލުތަކަށް ޖަވާބަކަށް އެދި ހިތް އެހާމެ އާދޭސްކުރަމުން ދިޔައެވެ. އޭނާ އަމިއްލަ އަށް ވެސް ދިމާވެފައިވާ އިޤްތިޞާދީ ކާރިސާ ތަޖުރިބާކުރިއެވެ.

ޢާންމުވެފައިވީ ހައިހޫނުކަމާއި ތަދުމަޑުކަން ބޮޑުވެ، އެމެރިކާއާއި ޔޫރަޕު އެކީއެކަށް ނުތަނަވަސްކަމެއްގެތެރެއަށް ވެއްޓި، ހާސްވުމާއި ކަންބޮޑުވުން ޢާންމުވެ، އޭގެތެރެއިން އެއްބަޔަކު އެއީ ދުނިޔޭގެ ނިމުން ކަމުގައިވެސް ޤަބޫލުކުރިއެވެ. ގިނަބަޔަކު ހާސްކަމާއި ކަންބޮޑުވުގެތެރެއަށް ޣަރަޤުވަމުން ދިޔައީ އޭތިއެޒަމްގެ ސަބަބުންނެވެ.

އެހެނީ އޭތިއެޒަމަކީ ދިރިއުޅުމުގައި އެއްވެސް ކުލައެއް އަދި މާނައެއް އަދި ރަހައެއް ޖައްސުވައިދޭ އެއްޗެއް ނޫނެވެ. އެހެންކަމުން މި މުއްދަތުގެތެރޭގައި ރޮޖާރ އޭނާގެ ޢުމުރުން އެންމެ 14 އަހަރުގައި ކްރިސްޓިއަން ދީން ޤަބޫލުކުރިއެވެ. އެއީ އޭތިއެޒަމްގެ އަނދިރިކަމުން ސަލާމަތްވެ، ދިރިއުޅުމުގައި ރީތިކުލައެއް ޖައްސާ މާނަވީއެއްޗަކަށް އެދިރިއުޅުން ހެދޭތޯއެވެ. އެހެނަސް ކްރިސްޓިއަންޓީގައި ދިރިއުޅުމާއި ގުޅިލާމެހި އެކީގައި ކުރިޔަށް ދެވޭނެ މާޙައުލެއް ނޯވެއެވެ. އިންސާނާގެ ދިރިއުޅުން އޭގެމައްޗަށް ބިނާވާ އެންމެ އަސާސީ އަސާސްތަކަށް ކަމަށްވާ، ޢިލްމާއި ، ސިޔާސަތާއި، އިޖްތިމާޢީ އަދި އިޤްތިޞާދީ ޙަރަކާތްތަކާ އެނޫން ކަންތަކާވެސް ކްރިސްޓިއަނިޒަމްއާ އެހާމެ ބީރައްޓެއްސެވެ. ކްރިސްޓިއަނިޒަމަކީ ޕްރެކްޓިކަލް ރިލިޖަނަކަށްވުނެން ބޮޑަށް ރޫޙީ ރިލިޖަނެކެވެ.

އެހެންކަމުން ރޮޖާ މަޑުމަޑުން ކްރިސްޓިއަނިޒަމްއާއި ކޮމިއުނިޒަމް މިކްސް ކުރަން ފެށިއެވެ. ދިރިއުޅުމުގައި ދިމާވާ ކަންކަމާއި ކުރިމަތިލުމުގައި، އޭނާ އީމާންވެގެން ހުރި ކްރިސްޓިއަނިޒަމް އަށް ކަވަރު ނުކުރެވޭ ގެޕްތައް ފުރާލުމަށް ކޮމިއުނިޒަމް ވީ ލިބިގެންދިޔަ ވަރަށް މުހިންމު ފުރުސަތަކަށެވެ. އެހެންކަމުން 1933 ވަނަ އަހަރު ފްރާންސްގެ ކޮމިއުނިސްޓް ޕާޓީއާ ރޮޖާ ގުޅުނެވެ. އަދި ކޮމިއުނިސްޓް ޕާޓީއާ ގުޅުނު ހިނދުން ފެށިގެން ނުހަނު ހިއްވަރާއެކީ ކޮމިއުނިޒަމް ނަގާކޮޅަށްޖެހުމަށް މަސައްކަތް ކުރިއެވެ. ކޮމިއުނިޒަމަށް ފޭރާވާ ކޮންމެ އެއްޗެއް ސުންނާފަތިކުރަން އޭނާގެ އަތްކުރިއޮޅާލާ ރެޔާއިދުވާލު މަސައްކަތްކުރަމުން ގެންދިޔައެވެ.

އެގޮތުން ރޮގަރ ގްރައުޑީއަކީ ކޮމިއުނިސްޓުންގެ މެދުގައި ފެމިލިޔާ ޕާސަނަލިޓީއަކަށް ވެގެން ދިޔައެވެ. ނަމަވެސް އެޕާޓީއާ ގުޅުނީއްސުރެންވެސް އޭނާދިޔައީ އޭނާ ކުރިން ޤަބޫލުކުރަމުން ދިޔަ ޤަބޫލުކުރުންތައް ޝުޔޫޢީ ތިލަފަތަކުން ކިރަމުންނެވެ. އެހެންކަމުން ކިތައްމެ ފަހަރަކުމެ އޭނާގެ ރައްޓެހިންނާ މާރކިޒަމްގެ އެކިއެކި ކަންކަމާއިމެދު ޚިޔާލުތަފާތުވެ ދެބަސްވާން ޖެހުނެވެ. އެންމެފަހުން މިކޯޅުންތައް ބޮޑުވެ، ކޮޅުންލައިގެން ގޮސް އާޚިރު ނަތީޖާއެއްގެ ގޮތުން 1970 ގައި ރޮޖާ އެޕާޓީއިން ވަކޮށް އެއްލާލެވުނެވެ. ރޮޖާ ދެން ފެށީ އޭނާގެ ޙަޔާތުގެ އެންމެ މުހިންމު ޗެޕްޓާރތަކެވެ. އެއީ އެހެން ސިވިލައިޒޭޝަންތަކާއި ދީންތައް ދިރާސާކޮށް ހޯދާބެލި ޗެޕްޓާއެވެ. ރޮޖާ މަޑުމަޑުން އެހެން ދީންތައް ދިރާސާކޮށް އޭގެތެރެއަށް ފީނާ ޙަޤީޤަތްތަށް ތިލަކުރަމުން ދިޔައެވެ.

އެދީންތަކުގެ އޮޔާއި ވަޔާއި ރޯޅިތަކާއި ރާޅުބާނިތައް ދިރާސާކުރަމުން ގޮސް އޭނާގެ ނާކޮޅުގެ ފަހުގެ މަންޒިލަކަށް ވީ އިސްލާމްދީނުގެ އައްސޭރިއެވެ. އެގޮތުން 1982 ވަނަ އަހަރު ޖެނީވާގައި އޭނާ އިސްލާމްވިކަން އިޢުލާނު ކުރިއެވެ. މިއީ އެތައް ދުވަހެއްގެ ދުއްވުމާއި ފީނުމުގެ ނަތީޖާއެވެ. އިސްކަންދަރިއްޔާގައި އޭނާ ދީފައިވާ ލެކްޗާއެއްގައި ބުނެފައިވެއެވެ. [އަހަރެން ބުނަން ބޭނުންވަނީ އަހަރެން އިސްލާމްވީ ހުރެހުރެފައެއް ނޫން ވާހަކައެވެ. އެހެނަސް އަހަރެން އިސްލާމްވީ އެތައް ދުވަހެއްގެ ވޭނާއި އުނދަގުލާއި ދަތުރުކުރުމާއި ހޯދުމަށް ފަހުގައި އެތަކެއް ގޯޅިތަކެއް އަޅުމަށްފަހުއެވެ. އެންމެ ފަހުން އަހަންނަށް މިވަނީ ފުރިހަމަ ޔަޤީންކަމާއި ހަމައަށް ވާޞިލުވެފައެވެ. އަދި ހިތްރުހި ހަމަޖެހުންގެނުވައިދޭ ބިލީފް ސިސްޓަމަކާ ހަމައަށް އަހަންނަށް މިހާރު މިވަނީ ވާޞިލުވެފައެވެ.

އަހަރެންގެ ނަޒަރުގައި އެއީ އިސްލާމް ދީނެވެ.] އަދި [Promises de Islam] މި ނަމުގައި ފޮތެއް ނެރެފައިވެއެވެ. އެ ފޮތުގައި ބުނެފައިވާގޮތުން އިންސާނިއްޔަތު ގެއްލުމާއި ހަލާކުގެތެރެއިން ސަލާމަތްކޮށް ރައްކާތެރި މަންޒިލަކަށް ފޯރުކޮށްދެވޭނެ ހަމައެކަނި ދީނަކީ އިސްލާމް ދީނެވެ. ދެލޯކުރިމަތީގައި ސާފުކޮށް ފެންނަން އޮތް ހަލާކާއި ގެއްލުމުން ސަލާމަތްވެވޭ ހަމައެކަނި ގޮތަކީ އެއީކަމެވެ. އަދި އޭގެ އިތުރުން ހުޅަނގުގެ ޙަޟާރާތުތަކަށްވުރެން އިސްލާމީ ސިވިލައިޒޭޝަން ފުރިހަމަވެފައި މޮޅުއިތުރުވާ ސަބަބުތައް ވެސް ބަޔާންކޮށްފައިވެއެވެ.

މިވާހަކަތަކަކީ ގަސްތުގައި ހުޅަނގުގެ ފަތްފުށްތަކުންނާއި ދިރާސާތަކުން އުނިކުރަން މަސައްކަތްކުރާ ވާހަކަތަކެވެ. ރޮޖާގެ ލެކްޗާރ: [އެއީ އެމީހުންނަށް ވެސް އެނގޭނެ 1944 ވަނަ އަހަރު، އަލްޖީރިއާ އާއި ޓިއުނޭޝިއާ އަށް ފްރާންސުން އަރައިގެން އުޅުނުއިރު، ޖެނަރަލް މާސްޓް އަހަރެން ޓިއުނޭޝިއާ އިން ބޭރުކޮށްލިކަން. އަދި ޖެނަރަލް ކާތްރޫ އަހަރެން އަލްޖީރިއާ އިން ބޭރުކޮށްލިކަން. އެއީ އަހަރެން ލިޔުނު ފޮތުގައި ޢަރަބި އިސްލާމީ ޙަޟާރަތު ދުނިޔޭގެ އެހެނިހެން ޙަޟާރާތުތަކަށް ވުރެން މޮޅު ވާހަކަ ލިޔެފައިވާތީއެވެ.]

އެއަށްފަހު ރޮޖާ ވަނީ އިސްލާމީ އުންމަތުގެ މުހިންމު ބޮޑެތި މަސްއޫލިއްޔަތުތައް ފަރުދީގޮތުން އަދާކުރަން ފަށާފައެވެ. އޭގެ އެންމެ މުހިންމު އެއްކަމަކީ ފަލަސްތީނުގެ މައްސަލައެވެ. އޭނާވަނީ ފަލަސްޠީނުގެ މައްޗަށް އިޒްރޭލު މީހުންނަށް އެއްވެސް ހައިސިއްޔަތެއް ނޯންނާނެކަން ބަޔާންކޮށްފައެވެ. އަދި އެމާތް ބިމުގައި އިޒްރޭލު މީހުންނަށް ތިބުމުގެ އެއްވެސް ޙައްޤެއް ވެސް ނޯންނާނެ ކަމަށެވެ. މިވާހަކަތައް ފްރާންސްގެ [ލެ މޮންޑޭ] ގައި Le France et L'URSS ont conclu un traite d'alliance et d’assistance mutuelle prevu pour une duree de vingi ans " معناه (France and the USSR have concluded a treaty of alliance and mutual assistance scheduled for a period of twenty years) މި ނަމުގައި ލިޔުމެއް ލިޔެ ޝާއިޢުކޮށްފައި ވެއެވެ.

އެ ދުވަސްކޮޅަކީ ވަޙުޝީ ޒަޔަނިސްޓު ޖަމާޢަތްތަކުން ޞަބްރާއާއި ޝާތީލާއަށް އަރައިގެން އުޅުނު ދުވަސްވަރެވެ. ތާރީޚީގޮތުން ބަލާނަމަ 1982 އެވެ. އެހެންކަމުން މި ބަޔާން ވެގެންދިޔައީ ޒަޔަނިސްޓް އެސޯސިއޭޝަންތަކާ ރޮޖާއާއި ޖެހިގެންދިޔަ ވަރުގަދަ ޖެހުމަކަށެވެ.

އެއާވިދިގެން ފްރާންސްގެ އިތުރުން ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިމެ ރޮޖާ އާއި ދެކޮޅަށް ޒަޔަނިސްޓުން ވަނީ ވަރަށް ވަރުގަދައަށް އަޑު އުފުއްލާފައެވެ. ނަތީޖާއެއްގެ ގޮތުން، ރޭޑިއޯ ސްޓޭޝަންތަކާ ޓީވީތަކާ ނޫސް މަޖައްލާތަކުގެ ކޮލަމްތަކުން ތާއަބަދު އެމީހެއްގެ ވާހަކަތައް ގެނެސްދީ ހޫނު ދަރުހީބެއް ދެމުން ދިޔަ ރޮޖާ އަށް ފްރާންސްގެ ޑެއިލީ ނޫސް މަޖައްލާތަކާ އެހެނިހެން ޚަބަރުފަތުރާ ވަސީލަތްތަކުން ވެސް ޖާގަ ގެއްލުނެވެ. ނަމަވެސް ރޮޖާ ކުރަމުންދިޔަ ހިއްވަރަކަށް ފަނޑުކަމެއް ނާދެއެވެ. ކެނޑިނޭޅި ޒަޔަނިސްޓުންގެ ބިންގާތައް ފުނޑަމުން ދިޔައެވެ.

ދުވަސްކޮޅެއްގެތެރޭގައި Les Mythes fondateurs da la politique israilienne " (The Founding Myths of Modern Israel ) މި ނަމުގައި ފޮތެއް ނެރުނެވެ. މި ފޮތުގައި ޒަޔަނިސްޓުންނަށް ފަލަސްޠީނަށް ވެރިވެގަނެގެން އުޅުމުގެ އެއްވެސް ޙައްޤެއް ނުވާނެކަން ބަޔާންކޮށްފައިވެއެވެ. އަދި އެމީހުން އެމީހުންގެ ކޮޅު ގަދަކުރަން ދައްކާ ހުރިހާ ހެކިތަކަކަށް ވަކިވަކިން ރައްދުދީ ބާޠިލުކޮށްފައިވެއެވެ. ނަމަވެސް އެންމެ ބޮޑު ޢަޖައިބަކަށްވީ، މިނިވަންކަމާއި ، އެކުވެރިކަމާއި، ހަމަހަމަކަމާއި، ހައްޤުތަކުގެ ބައްޕަކަމުގައިވާ ފަރަންސޭސިވިލާތުން ޖައްސަމުންދިޔަ ލަދުހުތުރު ވައްތަރުތަކެވެ.

ފްރީޑަމްއޮފް އެކްސްޕްރެޝަންގެ ނިވާފަތްގަނޑުގައި ފިލައިގެން އޮއްވާ، ދަޅުތަކާއި ނަގޫ ބޭރުވެ ފޭރާދަތުން ދަޅައަޅާ ހަމަ ސޫރަ ފާޅުވާން ފެށިއެވެ. ފަރަންސޭސިވިލާތުގެ ކޯޓުތަކާއި މުއައްސަސާތައް ރޮޖާގެ ފަހަތުން ދުވަން ފެށިއެވެ. ބަހަނާއަކަށް ދައްކަމުންދިޔައީ ރޮޖާ އޭނާގެ ފޮތުގައި ބަޔާންކޮށްފައިވާ ތަފާސްހިސާބުތަކެވެ. ޒަޔަނިސްޓުން ހިންގާފައިވާ ޖަރީމާތަކުގައި މަރުވެފައިވާ މީހުންގެ ޢަދަދުތައް އެއީ ސާބިތުހިފޭ ޢަދަދުތަކެއް ނޫން ކަމަށް ދަޢުވާކުރަމުން ދިޔައެވެ. އެހެންކަމުން ސެމިޓިޒަމާ ޚިލާފުވި ކަމުގެ ކުށުގައި، ފަރަންސޭސިވިލާތުގެ ކޯޓުންވަނީ ރޮޖާގެ މައްޗަށް އެއް އަހަރުގެ ޖަލު ޙުކުމެއް ކޮށް، 12000 ފްރަންކް އިން ޖޫރިމަނާ ކޮށްފައެވެ. އޭނާގެ ކުށަކީ ޒަޔަނިސްޓުންގެ ހޮލޮކާސްޓްގައި މަރުވިމީހުންގެ ޢަދަދާއިމެދު ޝައްކު އުފެއްދުމެވެ.

މި ޙާދިސާ ވެގެންދިޔައީ ފްރީޑަމް އޮފް އެކްސްޕްރެޝަނުގެ ކިބަޅިފަރާތް ހާމަކޮށްދިން ހާދިސާއަކަށެވެ. ބިތުފަންގި ނެގުމުން އެނގިގެންދިޔަނީ ފްރީޑަމް އޮފް އެކްސްޕްރެޝަނަކީ ފަރަންސޭނީ ބުދުކަމެވެ. އެމީހުން ދަޢުވާކުރާގޮތުން އެމީހުން ފްރީޑަމް އޮފް އެކްސްޕްރެޝަނަށް ވަރަށް އިޙްތިރާމް ކޮށް ކަމޭހިތައެވެ. ނުވަތަ ކަލަކަށް ދެވޭ އެންމެ މަތީ ދަރަޖަ އެމީހުން ފްރީޑަމް އޮފް އެކްސްޕްރެޝަނަށް ދޭކަމަށް ބުނެއެވެ. އެހެނަސް ހަޤީޤަތަކީ ކަމެއްދަމެއް ބޮޑުވެ ޙާޖަތެއް ޖެހޭ ހިނދު އެބައިމީހުންގެ ބަނޑުފުރާނަ މުއްތިކުރަނީ އެބުދުންނެވެ.

ދާދިއިހަކަށްދުވަހު ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފުރައްސާރަކުރި ކަންތަކާމެދު ފަރަންސޭސިވިލާތުގެ ވެރިކަމުގެ ފަރާތުން ރަސްމީ ސިފައެއްގައި، ޢަމަލުކުރި ގޮތަކީ އެބުދުގެ ޙަޤީޤަތް ފުރިހަމައަށް ހާމަވެގެންދާ ކަމެކެވެ. ފަރަންސޭސިވިލާތުގެ ޝާރލީ އިބިޑޯ އިން ތަކުރާރުކޮށް، ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރަސްސާރަކޮށް ކާޓޫނު ކުރެހުމުން، އެޤައުމުގެ ރައީސް އެކަމާބެހޭގޮތުން ދީފައިވާ ބަސްދީގަތުމުގައި އެމީހުންގެ އެދަޢުވާގެ ދޮގުކަން ސާބިތުކޮށްދީފިއެވެ.

އޭނާ ބުނެފައިވާގޮތުން އެ ކާޓޫނު ކެރެކްޓާރ ތަކަކީ އެއްވެސް ޙާލެއްގައި ނަފްރަތު އުފައްދުވާ އެއްޗެއް ނޫނެވެ. ފްރާންސަކީ އަބަދުވެސް ފްރީޑަމް އޮފް އެކްސްޕްރެޝަން އޮންނަ ތަނެއް ކަމަށެވެ. އެހެންކަމުން އޭނާ އެޔަށް ބޯލަނބާ ކިޔަމަންވެ ކަމޭހިތަން ޖެހޭކަމަށެވެ. އަދި އެއަށްވުރެން ހުތުރުކަން ބޮޑީ މުސްލިމުންގެ ޝުޢޫރުތަކަށް ދިން ހަމަލާއެވެ.

ފްރާންސްގެ ޓީޗަރަކު، ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކޮށްފައިވާ އެ ފޮޓޯތައް އޭނާ ކިޔަވައިދޭ ސްކޫލުގެ ދަރިވަރުންނަން ކުލާހުގައި ދެއްކުމުން، ވެރިކަމުގެ ފަރާތުން އޭނާއަށް ކަމޭހިތައި މާތްކޮށް ހިތިހިތުމަކީ ބޮޑުވެގެންވާ ޖަރީމާއެކެވެ.

ފަރަންސޭސިވިލާތުގެ ވެރިކަމުގެ ފަރާތުން މީހަކަށް ކަމޭހިތެވޭނެ އެންމެ ބޮޑަކަށް އެމީހާއަށް ވަނީ ކަމޭހިތާފައެވެ. އެގޮތުން އޭނާގެ މަރުވެފައިވާ ހަށިގަނޑު ރަސްޢިއްޒަތުގައި ސަންދޯކަކަށް ލައިގެން ގެންދާ މަންޒަރު ދައްކުވައިދޭ ތަމްސީލެއްވެސް ރަސްމީކޮށް ކުޅެފައިވެއެވެ. އެބައިމީހުންގެ ލަދުޙަޔާތް ނެތްމިންވަރު ދެއްކުން މިހިސާބުން ހުއްޓުވީކީއެއް ނޫނެވެ. މެކަރޯން ވަނީ ފުރައްސާރަކުރުމާއި މަލާމާތްކުރުމުގެ އެކުޅިގަނޑު އެމީހުން ނުހުއްޓާނެކަމަށް ރަސްމީކޮށް ފާޅުގައި އިޢުލާނު ކޮށްފައެވެ. އަދި އެފަދަ ކުރެހުންތަކާއި ފުރައްސާރަތަކަށް ކުޑަވެސް ފަސްޖެހުމެއް ނާންނާނެކަމަށް އަންގާފައިވެއެވެ.

އެންމެ ހެއްވާ ތަންކޮޅަކީ، ފުރައްސާރައިގެ ކުރެހުންތަކާއި ފޮޓޯތައް ސްކޫލުގެ ދަރިވަރުންނަށް އުނގަންނައިދޭ މި ފަރަންސޭސިވިލާތާއި ޔޫރަޕުގެ އެހެން ޤައުމުތަކުން އަހަރުމެން މުސްލިމުންގެ މަންހަޖުތައް ރިފޯމްކޮށް އަލުން އެކުލަވާލަން ގޮވާލާ ފަހަތުން ދުވާދުވުމެވެ. އަދި ނަފްރަތު އުފެދޭ ވާހަކަތަކާއި ކަންކަން މަންހަޖުތަކުން އުނިކުރާށޭ ކިޔާ ނަސޭހަތްތެރިވާ ނަސޭހަތްތެރިވުމެވެ. އޭ ފަރަސްސޭސިވިލާތެވެ!

ތަނެއްގައި ބަދަލުކުރަންޖެހިފައިވާ ކަރިކުލަމެއް އޮތްކަމުގައިވާނަމަ އެއީ ކަލޭމެންގެ އަމިއްލަ ތަޢުލީމީ ކަރިކުލަމް ތަކެވެ. އެ ކަރިކުލަމްތަކުގައި މަދީ، ލެޔާއި އަނިޔާއިން ފުރިފައިވާ ކަލޭމެންގެ ތާރީޚެވެ. ނޫންނަމަ އެހެން ޤައުމުތަކުގެ މުއްސަނދިކަމާއި ޤުދުރަތީ ވަސީލަތްތައް ފޭރި ނިގުޅައިގަތުމުން ފުރާލެވިފައިވާ ކަލޭމެންގެ މާޒީގެ ޞަފްޙާތަކެވެ. ކަލޭމެންގެ ދަރިވަރުންނަށް، ކީރިތިމާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާކުރަން ދަސްކޮށްދިނުމަށް ވުރެން، އެކުދިންނަށް އެވާހަކަތައް ކިޔައިދިނުން މާތާހިރުވާނެއެވެ. އެކުދިންނަށް އެއްޗެއް ބުނެދޭނަމަ، ފަރަންސޭސިވިލާތުގެ އިސްތިޢުމާރުގައި އަލްޖީރިއާ އޮތްއިރު، 1830 އާއި 1962 އާއި ދެމެދު، ކަލޭމެންގެ ކާބަފައިން އަލްޖީރިއާގެ 10 މިލިޔަން މީހުން މަރައި ސުންނާފަތި ކުރިއިރު، ކަލޭމެންގެ ހަރުދަނާ ރިވެތި ފަރަންސޭސީ އުޞޫލުތަކުން އެކަން ނުހުއްޓުވި ވާހަކަ ބުނެދޭށެވެ.

އެތައްސަތޭކަ އިންސާނުންނެއް، ވަކިވަކިންނާއި ޖަމާޢަތް ޖަމާޢަތަށް ނެތިކޮށްލަމުންދިޔައިރު އަންހެނަކަށް ކުޑަކުއްޖަކަށް އަދި މުސްކުޅިއަކަށް ބެލުމެއް ނެތްވާހަކަ ބުނެދޭށެވެ. އެތައް ހާސް ބައެއްގެ ފުރާނަމަ ވަޙުޝީގޮތެއްގައި ދުއްވާލާ، ބޯތައް ކަނޑައި ބަނޑުތައް ކޮނެ ގޮހޮރުތައް ނެގި ވާހަކަ ވެސް ކިޔައިދޭށެވެ.

އަލްޖީރިއާގެ އެކި ހިސާބުތަކުގެ 2500 އަށްވުރެން ގިނަ އަދަބުދޭ މަރުކަޒުތައް ހަދާފައިވާ ވާހަކަވެސް ކިޔައިދޭށެވެ. އަދި އެތަންތަނުގައި އަދަބު ދިނުމުގެ ވެސް އެންމެ ނުބައިނުލަފާ ޖައްބާރު ގޮތްތައް ބޭނުންކޮށްފައިވާ ވާހަކައެވެ. މީހުންތައް އޮރިޔާންކޮށް ފެނުންތެންމާ ކަރަންޓު ޖައްސާ މަރަމުންދިޔަ ވާހަކަ ވެސް ކިޔައިދޭށެވެ. އަދި ހަށިތައް ފުނޑުފުނޑުކޮށް، ވަޅިތަކުން އަނގަތައް ކަންފަތާހަމައަށް ފެޅި ވާހަކަ ވެސް ކިޔައިދޭށެވެ.

ނުވީތާކަށް މިނިކާ ކުއްތާތައް ބޭނުންކޮށްގެން އަދަބުދީ ގައިގައި އެކުއްތާތަކުގެ ފޭރާދަތް ދަތްނުޖެހޭ އެންމެ ތަންކޮޅެއްވެސް އެ ފަކީރުން ގައިގައި ނުބަހައްޓާ ވާހަކަ ކިޔައިދޭށެވެ. އަދި އިތުރަށް ކިޔައިދޭން ބޭނުންނަމަ، ފަރންސޭސިވިލާތުގެ ބައެއް ޖެނަރަލުން ހިތްއުފާކޮށްލަށް، ކުޅުނު ކުޅިވަރު ވެސް ކިޔައިދޭށެވެ. އަލްޖީރިއާގެ މާބަނޑު އަންހެނުން ގެނެސް، ބަނޑުގައި ވަނީ ކޮން ޖިންސެއްގެ ދަރިއެއްތޯ ގެސް ކުރުމަށްފަހު، ބަނޑުފަޅައިގެން ބަލާ ދަރީގެ ޖިންސު ދިމާކުރެވުނީ ކާކަށްތޯ ބަލަން ކުޅުނު ކުޅިވަރު ތަފްޞީލުކޮށް ކިޔައިދޭށެވެ.

އެކުދިންނަށް، ބިއުޓީ އެންޑް ރޮމޭންސް ގެ ވެރިރަށް އަދި ލޯބިވެރިންގެ ޤިބްލަކަމަށްވާ ޕެރިހުގައިވާ އިންސާނުންގެ މިއުޒިއަމްގައި 18000 އަށްވުރެން ގިނަ އިންސާނުންގެ ކައްބޯ ރައްކާކުރެވިފައިވާ ވާހަކަ ކިޔައިދޭށެވެ. އަދި ދާދި ފަހުން އެތަނުން 500 މީހުންނަކީ ކޮން ބައެއްކަން އެނގުނުވާހަކައާއި، އޭގެތެރޭގައި އަލްޖީރިއާގެ 36 ލީޑަރުންގެ ކައްބޯ ވާ ވާހަކަ ބުނެދޭށެވެ. އަދި އެބޯތަކަކީ އެއީ ފަރަންސޭސިވިލާތުން އަލްޖީރީއާ ހިފައިގެން އުޅުނުއިރު އެތަނުން ބޯކަނޑައިގެން ފްރާންސްގެ ވެރިރަށް ގެންގޮސްފައިވާ ކައްބޯތަކެއް ކަން ވެސް އުނގަންނައިދޭށެވެ. އަދި ވެސް އުނގަންނައިދޭން ބޭނުންނަމަ، ފަރަންސޭސިވިލާތުގެ އާރކިޓެކްޗާރގެ ވަރުގަދަކަން ތަމްސީލުކޮށްދޭ، މުޅިދުނިޔޭގެ ސަމާލުކަން އެތަނަކަށް ހުއްޓިފައިވާ ބިނާ، އެވެލް ޓަވަރު ހަދާފައިވަނީ އަލްޖީރިއާއިން ފޭރިގެންފައިވާ ދަނގަޑުންކަން އުނގަންނައިދޭށެވެ. އަދި ތާރީޚީ ފަތްފުށްތަކުގައި ވާގޮތުން މި ޓަވަރުގައި އަލްޖީރިއާ އަށް ނިސްބަތްވާ ދަގަނޑުގެ 10000 ޓަނުގެ ހިމެނޭކަމާއި އެތަކެތި ވިރުވާ އޭގެ 18000 ޕީސް، އެޓޫރިސްޓް ބިނާ ހެދުމަށް ބޭނުންކޮށްފައިވާ ކަން ބުނެދޭށެވެ.

މިހުރިހާ ކަމެއް ހިނގަމުންދާއިރު އަހަރުމެން މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ ކޮން ކަމެއް ހެއްޔެވެ؟ އަހަރުމެންގެ މައްޗަށް ވާޖިބުވެގެންވަނީ އަހަރުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައި ވަސައްލަމައަށް ނަޞްރުވެރި ވުމެވެ. އެކަލޭގެފާނަކީ އަހަރުމެން ކާފަރުކަމުގެ އަނދިރިން އިސްލާމްކަމުގެ ނޫރަށް ނެރުއްވުމަށް ﷲ ތަޢާލާ ފޮނުއްވާފައިވާ ނަބިއްޔާއެވެ. އަހަރުމެންނަށް މި ދީން ފޯރުކޮށްދެއްވުމަށްތަކައި އެކަލޭގެފާނު ނުހަނު ބުރަ އުފުއްލަވާފައިވެއެވެ.

އަހަރުމެންގެމައްޗަށް އެކަލޭގެފާނުގެ ހައްޤުތައް ވަރަށް ގިނަގުނައެވެ. އެކަލޭގެފާނަށް ވާގިވެރިވެ ނަޞްރު ދިނުމަކީ އަހަރެމެންގެ ވާޖިބެކެވެ. އަދި އެވާޖިބު އަދާކުރުމުގެ ގޮތުން މިއަދު އަހަރުމެންނަށް އެންމެ ކުޑަމިނުން އެކަލޭގެފާނަށް ފުރައްސާރަކޮށް ޖޯކުޖަހާ މަލާމާތްކޮށް، އަހަރުމެންގެ ޝުޢޫރުތަކާ ކުޅެ، ކަރާމާތްތެރިކަން ނަގާލި މީހުންނާ ގުޅުން ކަނޑާލެވެން ޖެހޭނެއެވެ. އެމީހުންގެ އުފެއްދުންތަކާއި އެއްޗެހިތަކުން އެއްކިބާވެވެން ޖެހޭނެއެވެ.

އެހެންކަމުން އަހަރުމެން ފްރާންސްގެ ޕްރޮޑަކްޓްތައް ބޮއީކޮޓް ކޮށް، މުޅި މުސްލިމް އުންމަތައް އެކަން ކުރުމަށް ގޮވާލަމެވެ. އެއީ އަރުމެންގެ ނަފްސުތަކަށް ނިކަމެތިކަމުން ސަލާމަތްކޮށް ފަލާޙުގެ އައްސޭރިއަކަށް ލެފޭތޯއެވެ. އަހަރުމެންގެ ތަޢުޒިޔާއަކީ އަހަރުމެންގެ ވެރިރަސްކަލާނގެ ހައްޤު ބަސްފުޅެވެ. ((إنا كفيناك المستهزئين)) މާނައީ: [ހަމަކަށަވަރުން، ކަލޭގެފާނަށް ފުރައްސާރަކުރާމީހުންގެ ނުބައިކަމުން ތިމަންރަސްކަލާނގެ ކަލޭގެފާނު ރައްކާތެރިކުރައްވާހުށީމެވެ!] يَا أَيُّهَا الَّذِينَ آمَنُوا إِن تَنصُرُوا اللَّـهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ ﴿٧﴾ [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް (އެބަހީ: ﷲގެ ދީނަށް) ނަޞްރުދޭނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް ނަޞްރު ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ފައިތިލަތައް ސާބިތު ކުރައްވާނެތެވެ.] وَلَا تَهِنُوا وَلَا تَحْزَنُوا وَأَنتُمُ الْأَعْلَوْنَ إِن كُنتُم مُّؤْمِنِينَ ﴿١٣٩﴾ [ތިޔަބައިމީހުން (ފިނޑިވެ) ނިކަމެތި ނުވާށެވެ! އަދި، ތިޔަބައިމީހުން ހިތާމަވެސް ނުކުރާށެވެ! މަތިވެރިކަން ބޮޑުވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. (އެއީ) ތިޔަބައިމީހުން މުއުމިނުން ކަމުގައި ވާނަމައެވެ.] وَلَا تَهِنُوا فِي ابْتِغَاءِ الْقَوْمِ ۖ إِن تَكُونُوا تَأْلَمُونَ فَإِنَّهُمْ يَأْلَمُونَ كَمَا تَأْلَمُونَ ۖ وَتَرْجُونَ مِنَ اللَّـهِ مَا لَا يَرْجُونَ ۗ وَكَانَ اللَّـهُ عَلِيمًا حَكِيمًا ﴿١٠٤﴾ [ތިޔަބައިމީހުން ދުޝްމިނުން އަތުލައިގަތުމުގައި ފިނޑިވެ ނިކަމެތިނުވާހުށިކަމެވެ! ތިޔަބައިމީހުންނަށް ލިބިފައިވާ ހާނީއްކައިގެ ސަބަބުން ވޭންލިބޭ ކަމުގައިވާނަމަ، ފަހެ، ތިޔަބައިމީހުންނަށް ވޭންލިބޭފަދައިން، ހަމަކަށަވަރުން، އެބައިމީހުންނަށްވެސް ވޭންލިބޭނެތެވެ. އެބައިމީހުން ނޭދޭކަންތައް ﷲގެ ޙަޟްރަތުން ތިޔަބައިމީހުން އެދެމުއެވެ. މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.]

ރެފަރެންސް

ރޯގާ ޖާރޫދީ އިސްލާމްވީ ކީއްވެ؟ https://ar.wikipedia.org/wiki/روجيه_غ...

ކައްބޯ https://youtu.be/YFtcnkVt8xA https://www.france24.com/ar/20160927-...

އަލްޖީރިއާގެ ޝަހީދުންގެ ޢަދަދު https://laddh-algerie.org/?p=1508 https://www.skynewsarabia.com/middle-...

ފަރަންސޭސީންގެ އަނިޔާތަކުގެ ތަފްޞީލު https://youtu.be/TR0-tEg-Eik

އިވިލް ޓަވާރ + އަލްޖީރިއާގެ ދަގަނޑު https://www.sasapost.com/crimes-of-fr... http://www.micheldandelot1.com/128e-a...

Advertisement

ކޮމެންޓް