އިންތިހާބު ވޮއިސް ލައިވް ބްލޮގް ކަވަރޭޖް
ހަބަރު
03 Apr 2026 | 15:54
އިންތިހާބު ވޮއިސް ލައިވް ބްލޮގް ކަވަރޭޖް
05 Apr - 01:14

މާލެސިޓީގެ މޭޔަރުގެ ގޮނޑި ދިފާއު ކުރެއްވި ކެނޑިޑޭޓް އާދަމް އާޒިމް ވޯޓުގެ ކާމިޔާބީ ފާހަގަކުރުމާއި، ސަޕޯޓަރުންނަށް ޝުކުރު އަދާކުރެއްވުމަށް ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން..

04 Apr - 23:46

މިއަދު މިފެނުނީ މުޅި ރާއްޖެ އަލުން ރަންރީނދޫ ވެގެން ދިޔަ މަންޒަރު: ޝާހިދު

04 Apr - 23:45

މިއަދު ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާ އިޙްތިރާމާއެކު ބަލައިގަންނަން. އަދި މިއިންތިހާބު ކާމިޔާބު ކުރެެއްވި ހުރިހާ ފަރާތްތަކަށް ތަހްނިޔާ ދަންނަވަން: ރައީސް ޑރ.މުއިއްޒު

04 Apr - 22:34

ސަރުކާރު ބަލިކޮށް އެމްޑީޕީ ކުރި ހޯދައިފި: ރައީސް ނަޝީދު

04 Apr - 22:28

އިމާދުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި ގަލޮޅު ދެކުނު ދާއިރާގެ ވޯޓުފޮށި ގުނުން މެދުކަނޑާލައިފި

އިމާދުއްދީން ސްކޫލްގައި ވޯޓްފޮށި ބަހައްޓާފައިހުރި ސަރަހައްދު

04 Apr - 20:52

ސިޓީތަކުގެ މިހާތަނަށް ގުނައި ނިމިފައިވާ ފޮށިތަކުގެ ނަތީޖާތައް ދައްކާގޮތުން ކުރީގައި އުޅެނީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެނޑިޑޭޓުން

04 Apr - 20:49

މާލެސިޓީގައި ބަހައްޓާފައި ހުރި ތިލަދުންމައްޗަށް ނިސްބަތްވާ ރަށްރަށުގެ ފޮށިތައް ގުނުމުގެ މަސައްކަތް ދަނީ ކުރިއަށް

04 Apr - 20:46

މިހާތަނަށް އާއިރު އަދިވެސް 13 ފޮއްޓެއް ބަންދުނުކުރެވޭ. މިހާތަނަށް ބަންދުކުރެވިފައިވަނީ 575 ވޯޓުފޮށި: އީސީ

04 Apr - 20:15

ބައެއް ފޮށިތަކުގެ ވޯޓު ގުނުމުގެ މަސައްކަތް އަދިވެސް ނުފެށޭ

04 Apr - 19:16

މަޖީދިއްޔާ ސްކޫލްގައި ބަހައްޓާފައި ހުރި ހުޅުހެންވޭރު ދާއިރާގެ ވޯޓުފުށި ގުނަނިކޮށް ދެބަސްވުމެއް އުފެދި ވޯޓުގުނުން ހުއްޓިއްޖެ

04 Apr - 18:48

ހަވީރު ފަހެއް ޖެހުމާ ހަމަޔަށް އާއިރު ބަންދުކުރެވިފައިވަނީ 588 ފޮށީގެ ތެރެއިން 512 ފޮށި: އީސީ

04 Apr - 18:22

މާދަމާ އަދި ހޯމަދުވަސްވެސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސައިފި.

04 Apr - 17:41

އިންތިޚާބާއި ގުޅޭގޮތުން އެންމެ ގިނައިން ޝަކުވާ ހުށަހަޅާފައިވަނީ އިދާރީ ގޮތުން ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން- އީސީ

04 Apr - 17:20

ވޯޓްލާ ބައެއް މަރުކަޒުތަކުގައި ވޯޓުލުން ބަންދުވެއްޖެ

04 Apr - 17:05

އުއްމީދުކުރަނީ ދަންދެބައިވުމުގެ ކުރިން ފޮށިތަކުގެ ނަތީޖާ އިއުލާނުކޮށް ނިންމުން: އިލެކްޝަންސް

04 Apr - 17:04

5 ޖެހި ހަމަވިނަމަވެސް ކިއުގަ މީހުން ތިބިނަމަ ވޯޓުލުމަށް ފުރުސަތު ދޭނެ: އިލެކްޝަންސް

04 Apr - 17:00

ވޯޓްލާން ކިއުއަށް އެރުމުގެ ފުރުސަތު ބަންދުވެއްޖެ

04 Apr - 16:43

ހަވީރު ހަތަރެއް ޖެހުމާ ހަމަޔަށް ވޯޓުލާފައިވަނީ 62.9 އިންސައްތަ. އެއީ ވޯޓުލެވޭ އާބާދީގެ 185،709 މީހުން

04 Apr - 15:59

ވޯޓުލުމުގެ ވަގުތު 5:00 އަށް އިތުރު ކޮށްފި

04 Apr - 15:29

ވޯޓުލުމުގެ ވަގުތު ހަމަވާން ބައި ގަޑި އިރަށް ވެފައިވާއިރު ގިނަ އަދަދެއްގެ މީހުން ވޯޓުލާން ކިޔުއަށް ދަނީ އަރަމުން. 

ޖަމާލުއްދީން ސުކޫލުގެ ފޮށިތަކަށް ވޯޓުލާން ގޮސް ގިނަ ބަޔަކު ކިޔު ގައި: ފޮޓޯ/ ވޮއިސް

04 Apr - 15:05

04 Apr - 14:55

މިއަދުގެ މިހާހިސާބަށް އާއިރު ވޯޓުލެވޭ އާބާދީގެ 44.75 އިންސައްތަ މީހުން ވޯޓުލައި ނިމިއްޖެ. ވޮޓުލާން ނިކުންނަ އަދަދަށް ބަލާނަމަ މި އަދަދު ރަނގަޅު: އީސީގެ ރައީސް ޒާހިދު

04 Apr - 14:55
04 Apr - 14:35

ހުޅުމާލެ ފޭސް ދޭއްގެ ބައެއް ސްކޫލުތަކުގައި ބަހައްޓާފައިހުރި ވޯޓުފޮށިދޮށުގައި ވޯޓްލާންގޮސްތިބި ބަޔަކު ހިތްހަމަ ނުޖެހިއްޖެ. އެތަނުގައި ހުރި ވޮއިސްގެ ނޫސްވެރިޔާ ބުނީ ވޯޓްލާންގޮސް ތިބި މީހުން ހިތްހަމަ ނުޖެހުނީ ވޯޓުލުމުގެ ކަންކަން މާ ލަހުންދާތީކަމަށް. އެގޮތުން ހަމައެކަނި ކާމިލްދީދީ ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓުފޮށްޓަށް 4 ރަށެއްގެ މީހުން ވޯޓުލާއިރު، ކިއުއަށް އަރައި ވޯޓުލާ ނިމޭއިރު 2 ގަޑިއިރަކަށްވުރެ ގިނަ ވަގުތު ހޭދަވާކަމަށް ބައެއްމީހުން ވަނީ ފާހަގަކޮށްފައި

04 Apr - 13:59

ގދ.ގައްދޫ ވޯޓުފޮށި ދޮށުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން މެދުކެނޑުނު ވޯޓުލުމުގެ ކަންކަން އަލުން ފަށައިފި

ގައްދޫ ވޯޓުފޮށި ދޮށުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯގެ ސްކްރީން ޝޮޓް

04 Apr - 13:33

ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވޯޓުލެއްވުން

އުއްޗު ވޯޓުލައްވަނީ

04 Apr - 13:27

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވޯޓު ލައްވައިފި

ރައީސް ސޯލިހް ވޯޓުލައްވަނީ

04 Apr - 13:11

ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވޯޓު ލައްވައިފި

04 Apr - 12:43

ވޯޓުލުމަށް ދީފައިވާ ވަގުތު ދެބައިވިއިރު، 62،083 މީހުން ވޯޓުލައިފި. އެއީ 21.05 އިންސައްތަ މީހުން. ވޯޓުނުލައި އަދިވެސް 78.95 އިންސައްތަ މީހުން އެބަތިބި: އިލެކްޝަންސް

04 Apr - 12:35

އިހްސާސްކުރެވޭ ހޫނުމިން މިއަދު އެންމެ މަތީ މާލެ ސަރަހައްދުގައި، ގަދަ ހޫނުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައި

މިއަދުގެ އިހްސާސްކުރެވޭ ފިނިހޫނުމިން ހުރި މިންގަނޑު... މައުލޫމާތު: މެޓް އޮފީސް

04 Apr - 12:31

އައްޑޫސިޓީގެ މޭޔަރު ކެނޑިޑޭޓް މުސްރިފް އަލީ ވޯޓުލެއްވުން

އައްޑޫސިޓީ މޭޔަރު ކެނޑިޑޭޓް މުސްރިފް ވޯޓުލެއްވުން

އައްޑޫސިޓީ މޭޔަރު ކެނޑިޑޭޓް މުސްރިފް

04 Apr - 12:23

ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް ވޯޓުލައްވައިފި

ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް ވޯޓުލައްވަނީ

04 Apr - 12:20

ޕީއެންސީގެ ފަރާތުން މާލެސިޓީގެ އަންހެނުން ކޮމިޓީގެ ރައީސާކަމުގެ މަޤާމަށް ވާދަކުރައްވާ އާއިޝަތު އަލައިކާ ވޯޓުލެއްވުން

އަލައިކާ ވޯޓުލައްވަނީ

04 Apr - 11:47

އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވޯޓުލައްވައިފި

04 Apr - 11:46

މިއަދުގެ 11:00 ގެ ނިޔަލަށް ވޯޓުލާފައިވަނީ 19.95 އިންސައްތަ މީހުން: އިލެކްޝަންސް

04 Apr - 11:33

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވޯޓު ލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވޯޓުލައްވަނީ..

04 Apr - 11:10

އިލެކްޝަންސްގެ މިއަދުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް އެންމެ ގިނައިން ވޯޓުލާފައިވަނީ ފިރިހެނުން. މިހާތަނަށް 24 ހާހަށްވުރެ ގިނަ ފިރިހެނުން ވަނީ ވޯޓުލާފައި

04 Apr - 11:09

ރައީސް ޔާމީން ވޯޓު ލައްވައިފި.

ވޯޓު ލެއްވުމަށްފަހު ދެއްވި ބަސްދީގަތުމުގައި އެމަނިކުފާނު ވަނީ ހުރިހާ އެންމެން ވެސް ވޯޓު ދިނުމަށް އެދިވަޑައިގެންފައި.

ޔާމީން ވޯޓު ލައްވަނީ: ފޮޓޯ/ ޕީއެންއެފް

”އެއްގޮތަކަށް ވެސް އިހުތިޔާރީ ވޯޓަކަށް މި ވޯޓު ނުބައްލަވާ. މަޖުބޫރު ވޯޓަކަށް ހައްދަވާ.“ ޔާމީން ވިދާޅުވިއެވެ. 

ޔާމީން ވޯޓު ލައްވަނީ: ފޮޓޯ/ ޕީއެންއެފް

04 Apr - 10:50

އިލެކްޝަންސް ކޮމިޝަނުން އަމަލުކުރި ގޮތުގެ ސަބަބުން، ސިއްރު ވޯޓެއްލުމުގެ ހައްގު ލިބިފައިވަނީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ އެންމެ 19 ފަރާތަކަށް ކަމަށް ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާއިން ބުނެފި.

މި ފުރުސަތު ލިބުނު ބައެއް ފަރާތްތަކަށް ވެސް ތިން އިންތިޚާބުގެ ޓެމްޕްލޭޓް ލިބިފައިނުވާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވޭ.

”ރާއްޖޭގެ ސިޔާސީ އެކި ފަރާތްތަކާއި މުއައްސަސާތަކާ ގުޅިގެން މި ޖަމިއްޔާއިން ކުރި ބުރަ މަސައްކަތުން ރާއްޖޭގެ ވޯޓުލުމުގެ ނިޒާމަށް ގެނެވުނު ހެޔޮ ބަދަލުތަކަށް، މިއަދު މިވަނީ ފަހަތަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި ފެނިގެން ގޮސްފައެވެ.“ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ޖަމިއްޔާ.

04 Apr - 10:17

އަމީނިއްޔާ ސްކޫލުގެ ވޯޓުލާ މަރުކަޒެއްގެ ބޫތު ހުންނަ ގޮތުން ވޯޓުކަރުދާސް ފެންނާތީ އެތަނުގައި އެމްޑީޕީގެ މޮނީޓަރުންތަކެއް އަޑުގަދަކުރަން ފަށައިފި.

އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން 

04 Apr - 10:02

އެމްޑީޕީގެ މޭޔަރު ކެނޑިޑޭޓް އާދަމް އާޒިމް ވޯޓުލެއްވުން

04 Apr - 09:50

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވޯޓުލެއްވުން

04 Apr - 09:45

ޕީއެންސީގެ ފަރާތުން މާލޭ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޓޭޑް މޫސާ ޢަލީ ޖަލީލް ވޯޓު ލައްވައިފި

ޕީއެންސީގެ ފަރާތުން މާލޭ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޓޭޑް މޫސާ ޢަލީ ޖަލީލް ވޯޓު ލައްވަނީ

ޕީއެންސީގެ ފަރާތުން މާލޭ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޓޭޑް މޫސާ ޢަލީ ޖަލީލް ވޯޓު ލައްވަނީ

04 Apr - 09:43

މާލޭ މޭޔަރު އަދި އެމްޑީޕީގެ ފަރާތުން މާލޭ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޓޭޑް އާދަމް އާޒިމް ވޯޓު ލައްވައިފި

މާލޭ މޭޔަރު އަދި އެމްޑީޕީގެ ކެންޑިޓޭޑް އާދަމް އާޒިމް ވޯޓު ލެއްވުން

މާލޭ މޭޔަރު އަދި އެމްޑީޕީގެ ކެންޑިޓޭޑް އާދަމް އާޒިމް ވޯޓު ލެއްވުން

މާލޭ މޭޔަރު އަދި އެމްޑީޕީގެ ކެންޑިޓޭޑް އާދަމް އާޒިމް ވޯޓު ލެއްވުން

04 Apr - 09:43

‎މިއަދު ކުރިއަށްދާ ‎ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގައި ޤާއިމުކޮށްފައިވާ ހުރިހާ މަރުކަޒެއްގައި ވޯޓުލުން ވަނީ ފެށިފައި

-އީސީ

04 Apr - 09:31

މިހާތަނަށް ޖުމްލަ 588 ފޮށީގެ ތެރެއިން 585 ފޮށީގެ ވޯޓުލުން ވަނީ ފެށިފައި.

ވޯޓުލުން ނުފެށިހުރި މަރުކަޒުތަކަކީ، އެ މަރުކަޒަކަށް ވޯޓުލުން ފެށުމަށް ބޭނުންވާ އާންމުންގެ ދެމީހުން ހާޒިރުނުވާ ތަންތަން.

އަޕްޑޭޓްތައް ލިބޭ ވަރަކުން މި ގުރޫޕުގައި ހިއްސާކުރަމުން ގެންދާނެ ވާހަކަ ދަންނަވަން

- އީސީ

04 Apr - 09:10

މިއަދު ކުރިއަށްދާ ‎ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ވޯޓުލުން ފެށިގެން ކުރިއަށްދަނީ،

މިހާތަނަށް ޖުމްލަ 588 ފޮށީގެ ތެރެއިން 560 ފޮށީގެ ވޯޓުލުން ވަނީ ފެށިފައި.

- އިލެކްޝަން ކޮމިޝަން

04 Apr - 09:03

ވޯޓުލުމަށްފަހު މީޑިއާތަކާއި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވަނީ ވޯޓުލުމަކީ ކޮންމެ މީހަކަށްވެސް ލިބިފައިވާ ޤާނޫނީ ހައްޤަކަށްވާއިރު އެ ހައްޤު ކޮންމެ މީހަކުވެސް އަދާކުރުމަށް އިލްތިމާސްކުރައްވާފައި 

04 Apr - 09:03

ރައީސް މުޢިއްޒު ވޯޓުލައްވަނީ: ފޮޓޯ/ ވޮއިސް

ރައީސް މުޢިއްޒު ވޯޓުލައްވަނީ: ފޮޓޯ/ ވޮއިސް

04 Apr - 09:03

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވޯޓު ލައްވައިފި. 

ރައީސް މުޢިއްޒު ވޯޓު ލެއްވީ ތާޖުއްދީންގައި ހުރި ދާއިރާ ވޯޓު ފޮއްޓަށް.

04 Apr - 08:47

04 Apr - 08:19

04 Apr - 08:12

އިންތިޚާބުގެ ވޯޓުލާން ފެށުން: ފޮޓޯ/ ވޮއިސް

އިންތިޚާބުގެ ވޯޓުލާން ފެށުން: ފޮޓޯ/ ވޮއިސް

އިންތިޚާބުގެ ވޯޓުލާން ފެށުން: ފޮޓޯ/ ވޮއިސް

އިންތިޚާބުގެ ވޯޓުލާން ފެށުން: ފޮޓޯ/ ވޮއިސް

04 Apr - 08:00

ތިން އިންތިޚާބުގެ ވޯޓުލުން ފަށައިފި

04 Apr - 07:46

ވަކި ވޯޓެއްގައި ބައިވެރިވާން ބޭނުން ނުވާ މީހުންނަށް އެ ވޯޓެއްގެ ކަރުދާސް ނުދޭތީ އިދިކޮޅު އިންތިޚާބުން ކަންބޮޑުވުން ފާޅުކޮށްފި.

04 Apr - 07:26

މާލޭ އޭރިއާގެ ވޯޓުލާ މަރުކަޒުތަކުގެ މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދަނީ

މާލެސިޓީ ވޯޓުލާ މަރުކަޒަކަށް ވޯޓުލުމަށް ބޭނުންކުރާ ތަކެތި ގެނައުން.. ފޮޓޯ: އިލެކްޝަންސް

04 Apr - 07:20

މިއަދުގެ ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، ހެނދުނު 8 ކުން ފެށިގެން ހަވީރު 4 ޖެހުމާ ހަމަޔަށް.

މިއަދު ޖުމްލަ ތިން އިންތިހާބެއްގެ ވޯޓުލުން އޮންނާނެ. އެއީ ލޯކަލް ކައުންސިލް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން ރެފަރެންޑަމް ވޯޓް.

ވޯޓުލުމަށް އީފާސް ބޭނުމެއް ނުކުރެވޭނެ. ބޭނުންކުރެވޭނީ އައިޑީކާޑް، ޕާސްޕޯޓް، ޕާސްޕޯޓްކާޑް އަދި ލައިސަންސް ކާޑް.

ވޯޓުލާން ދާންޖެހޭ ފޮށި ޔަގީންކުރުމަށް VR (space) ID card number ޖެހުމަށްފަހު 1414 އަށް މެސެޖްކޮށްލުމުން ވޯޓުލާންދާންޖެހޭ ފޮށީގެ މައުލޫމާތު ލިބޭނެ.

03 Apr - 23:58

ލޮލަށް ނުފެންނަ މީހުންނަށް ހާއްސަ ޓެމްޕްލެޓް ބަހައްޓާ ފޮށިތަކުގެ ލިސްޓް

03 Apr - 22:02

ވަކި ވޯޓެއްގައި ބައިބެރިވާން ބޭނުން ނުވާ ނަމަ އެ ކަރުދާސް ނުދޭނެ އަދި އެކަން އިއުލާންވެސް ކުރާނެ ކަމަށް ޒާހިދު ވިދާޅުވެއްޖެ.

"ތިން ކަރުދާސްކޮޅު އަޅުގަނޑުމެން އޭނާއަށް ދޭނެ. ދެން އެއްވެސް މީހަކު ވަކި ލާން ބޭނުން ނޫން ކަމަށްވަންޏާ އެ ކަރުދާސްކޮޅެއް ނުދޭނެ. ނުދީ އަޅުގަނޑުމެން އިއުލާންކުރާނެ އިނގޭތޯ. އަޅުގަނޑމެން އިއުލާންކުރާނެ މިވެނި މީހަކު އެ ކަރުދާސްކޮޅު ބޭނުންނޫން ކަމަށް. މި ހާމަކޮށްފައި އިއުލާންކުރާނެ. ސޯ އޮބްޒާވަރުންނާއި ހުރިހާ އެންމެނަށް އޭތި ނޯޓު ކުރެވި ފަހުން އޭތި ކެރީކުރުމުގައި އިންތިޒާމުތައް ހަމަޖެހިގެންދާނެ،" ޒާހިދު ވިދާޅުވި

03 Apr - 21:41

ތިން އިންތިހާބުގެ ވޯޓު ގުނުމުގެ ކަންކަން ކުރިއަށްދާނީ ވަކިވަކިން. އެންމެފުރަތަމަ އިއުލާނުކުރާނީ ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ، އެއަށްފަހު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ނަތީޖާ، އަދި އެއަށްފަހު ރެފަރެންޑަމްގެ ނަތީޖާ: ޒާހިދު

އީސީގެ ރައީސް ޒާހިދު

03 Apr - 21:32

މާދާމާ ބެއްވުމަށް ހަމަޖެހިފައިވާ އިންތިހާބުތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަން އަދި ފުލުހުން ގުޅިގެން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން..

03 Apr - 21:25

މާދަމާ މުޅި ރާއްޖޭގައި ކުރިއަށްދާ އިންތިހާބުގެ އެންމެހާ ސެކިއުރެޓީގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި ފުލުހުން ކުރިއަށްގެންދާ "އޮޕަރޭޝަން ބްލޫރޭ" ވަނީ މިރޭ 18:00 އިން ފެށިފައި. އިންތިހާބަށް ފުލުހުން ވަނީ ފުރިހަމަޔަށް ތައްޔާރުވެފައި: ޝަރީފް

ޢަބްދުﷲ ޝަރީފް

03 Apr - 21:20

ވޯޓްފޮށި ދޮށުގައި އޮބްޒޯވްކުރުމާއި، މޮނިޓަރކުރުމުގެ ކަންކަން ހެދިފައިވާ އުސޫލްތަކާއި ދީފައިވާ ތަމްރީނުތަކާ އެއްގޮތަށް ކުރިއަށްގެންދިއުމަށް ވަރަށްބޮޑަށް އެދެން. މީގެ ކުރިން ދިޔަ އިންތިހާބުތަކުގައި އެފަރާތްތަކުގެ ސުލޫކީ މިންގަނޑުހުރީ ވަރަށް ރަނގަޅަށް: ޒާހިދު

03 Apr - 21:14

މި އިންތިހާބުގައި 588 ވޯޓުފޮށި ދޮށުގައި މަސައްކަތްކުރުމަށް ތަމްރީނުދެވިފައިވާ އިލެކްޝަންސްގެ 6،581 އޮފިޝަލުން ހަރަކާތްތެރިވަމުންދާނެ. މީގެ އިތުރުން އަންނަ މީހުންނަށް ކަންކަން އަންގައިދިނުމަށް ގްރައުންޑް މެނޭޖަރުންގެ ގޮތުގައި، 210 އޮފިޝަލުން ހަރަކާތްތެރިވަމުންދާނެ: ޒާހިދު

03 Apr - 21:12

އިންތިހާބުގެ ކަންކަން ފެށުނީއްސުރެ ނިމެންދެން 8،000 ވުރެ ގިނަ މަންދޫބުންނާއި މޮނީޓަރުން ހަރަކާތްތެރިވަމުންދާނެ: ޒާހިދު

03 Apr - 21:05

އަތޮޅޫތެރޭގެ ރަށްތަކާއި ރިސޯޓްތަކުގައި ވޯޓުލުމުގެ އިންތިޒާމުތައްހުރީ ހަމަޖެހި ނިމިފައި: އީސީގެ ރައީސް ޒާހިދު

އީސީގެ ރައީސް ޒާހިދު

03 Apr - 21:00

03 Apr - 20:36

އިންތިހާބާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ބަޔާނެއް.. އިންތިހާބާ ގުޅިގެން ހިންގާ ރިޝްވަތުގެ އަމަލުތަކާއި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި  ބޭނުންކުރުމާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތަކާއި މީޑިއާގެ ވަސީލަތްތަކުން ފާހަގަކުރާ އަދި އެހެނިހެން ގޮތްގޮތުން ކޮމިޝަނުގެ ސަމާލުކަމަށް އަންނަ ޝަކުވާތަކާ ގުޅޭ މައްސަލަތައް، ކޮމިޝަނުން ގެންދަނީ ތަހްގީގްކުރަމުން..

03 Apr - 18:48

އިލެކްޝަން ކޮމިޝަން އަދި ފުލުހުން ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން މިރޭ 21:00 ގައި އޮންނާނެކަން އެ ކަމިޝަނުން ހާމަކޮށްފި

މި ބައްދަލުވުން ވޮއިސް ފޭސްބުކް އަދި ޔޫޓިއުބް އިން ވަގުތުން ގެނެސްދެވޭނެ

03 Apr - 18:00

ހައެއް ޖެހުމާއެކު އިންތިހާބު ކެމްޕެއިން ހަރަކާތްތައް ހިންގުމަށް ދީފައިވާ ވަގުތު ހަމަވެއްޖެ

03 Apr - 17:44

ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި އަޅުގަނޑު ދާނީ ކުރިއަށް. އަޅުގަނޑުމެން އެންމެން ގުޅިގެން ކުރާ މަސައްކަތްތަކުގައި ނަތީޖާ ނެރެދޭނަން: ރައީސް ޑރ.މުއިއްޒު

03 Apr - 17:41

އެމްޑީޕީ ރެލީގެ ތެރެއިން
ފޮޓޯ: އެމްޑީޕީ

03 Apr - 17:41

ޕީއެންސީ އިންތިހާބު ކެމްޕއިން ނިންމާލުމަށް ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން..

03 Apr - 17:39

ކޮރަޕްޝަން ނައްތާލުމަށްޓަކައި، ޗެކްއެން ބެލެންސް ނިޒާމް ހަރަދަނާކުރުމަށް، އަދި ޑިމޮކްރަސީ ހަރުދަނާކުރުމަށްވެސް އެންމެ ރަނގަޅުވާނީ އެއްދުވަހެއްގައި ދެ އިންތިހާބު ބޭއްވާގޮތަށް ވޯޓުދިނުން: ރައީސް ޑރ.މުއިއްޒު

03 Apr - 17:38

އެއްދުވަހެއްގައި އިންތިހާބު ބޭއްވުމުން ދެން ވާނެގޮތުގެ މައްސަލާގައި އިދިކޮޅުން ދައްކާ ވާހަކަތަކުގައި އެއްވެސް އަސާސެއްނެތް: ރައީސް ޑރ.މުއިއްޒު

03 Apr - 17:31

ކެމްޕެއިން ނިންމާ ޖަލްސާގައި ރައީސް ޑރ.މުއިއްޒު ވާހަކަދައްކަވަނީ

03 Apr - 17:27

މީގެ ކުރިން ބާރު ލިބުނީމާ ބޭނުންކުރީ އަމިއްލަ މަންފާއަށް، އެކަމް އަޅުގަނޑުމެން ނިންމުންތައް ނިންމަނީ ޤައުމަށް ފައިދާވާގޮތަށް. މިސާލަކަށް ވޭޕްގެ މައްސަލާގައިވެސް ނިންމުން ނިންމާފައިވާނީ ޤައުމީ ވިސްނުމުގައި. އަންނަން އޮތް ޖީލު އެކަން ބަލައި ގަންނާނެ. މިއަދު އެ ނިންމުމަކީ ރައްޔިތުންވެސް ބަލައިގަންނަ ނިންމުމެއް: ރައީސް ޑރ.މުއިއްޒު

03 Apr - 17:23

ދަރުމަވަންތަ ހޮސްޕިޓަލް އަދި އައިޖީއެމްއެޗް އަދި ފިނޭންސް މިނސިްޓްރީ އިމާރާތް ހުރީ ސުކޫކަށް ރަހުނުކޮށްފައި. މިއަދު ސުކޫކު ދައްކައި އެ ހުރިހާ ތަނެއް އެވަނީ މިނިވަންވެފައި: ރައީސް ޑރ.މުއިއްޒު

03 Apr - 17:21

އެމްޑީޕީ ސަރުކާރުން ސުކޫކް ނެގީ އެއްވެސް ރޭވުމެއްނެތި. އިއްޔެ ސުކޫކް ދެއްކީ ދިވެހި މާލިއްޔާގެ އަމިއްލަ ބާރުވެރިކަމުން: ރައީސް ޑރ.މުއިއްޒު

03 Apr - 17:20

މިއަދާހަމަޔަށް މިއައީ އެންމެ ފައިސާ ފޮއްޗެއްވެސް ޗާޕުނުކޮށް: ރައީސް ޑރ.މުއިއްޒު

03 Apr - 17:19

ޕީއެންސީއަކީ ޤައުމީ ފިކުރުގެ ޕާޓީއެއް. އަޅުގަނޑުމެން އިސްކުރާނީ ޤައުމު: ރައީސް ޑރ.މުއިއްޒު

03 Apr - 17:15

އެމްޑީޕީ ހޭވައްލާ ތައްޔާރު ކެމްޕެއިން ނިންމާ ހިނގާލުމުގައި ދެ ރައީސުން..

03 Apr - 17:14

ޕީއެންސީ ޓީމް މިހާރު ތިބީ ރަސްފަންނުގައި

03 Apr - 17:13

އެމްޑީޕީ ހޭވައްލާ ތައްޔާރު ކެމްޕެއިން ނިންމާ ހިނގާލުމުގެ ތެރެއިން

03 Apr - 17:02

ޕީއެންސީ ކެމްޕެއިން ނިންމާލާ ހިނގާލުމުގައި މާލެސިޓީ އަންހެނުންގެ ކޮމިޓީގެ ރައީސާ ގެ މަޤާމަށް ކުރިމަތިލައްވާފައިވާ އަލައިކާ

03 Apr - 05:23

ގިނަ ދުވަސްތަކަކަށްފަހު އެމްޑީޕީ ރެލީގެ ކުރީ ސަފުގައި ކުރީގެ ދެ ރައީސުން 

03 Apr - 05:17

މާދަމާ ލާ ވޯޓު ތަކަކީ ޤައުމީ ވިސްނުމުގައި ލާ ވޯޓުތަކެއްގައި ހަދަންޖެހޭ. އެއީ އަޅުގަނޑުމެންގެ ދަރިންގެ މުސްތަޤްބަލަށްޓަކައި: ރައީސް ޑރ.މުއިއްޒު

03 Apr - 05:16

ޕީއެންސީ ކެމްޕެއިން ނިންމާ ޖަލްސާގައި ރައީސް ޑރ.މުއިއްޒު ވާހަކަފުޅު ދައްކަވަން ފައްޓަވައިފި

03 Apr - 05:04

އެމްޑީޕީގެ ރެލީ

03 Apr - 04:47

ޕީއެންސީ ރެލީ މަޖީދީމަގުން ނިންމުމަށް ހަމަޖެހިފައިވަނީ ރަސްފަންނު ސަރަހައްދަށް 

03 Apr - 04:31

އެމްޑީޕީގެ ހިނގާލުން ފެށިގެން ކުރިއަށް. އެމްޑީޕީން ރެލީ ކުރިއަށް ދާނީ އާޓިފިޝަލް ޝީޗުން ފެށިގެން އަމީނީމަގުން

03 Apr - 04:24

ކޮންގްރެސް ޕާޓީ ކެންޕެއިން ނިންމާ ރެލީ ފެށުމަށް ހަމަޖެހިފައިވަނީ ޕީއެންސީ ހަރުގެ ކުރިމައްޗައް. ގިނަބަޔަކު ވަނީ މި ސަރަހައްދައް އެއްވެފައި 

މިއީ ލޯކަލް ކައުންސިލް، އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބު 2026 ކައުންސިލް އިންތިހާބުގެ ވޮއިސް ލައިވް ބޮލްގް ކަވަރޭޖްއެވެ.

މިކަވަރޭޖް އިންތިހާބުގެ ވަގުތީ ނަތީޖާ ހާމަކުރުމާހަމަޔަށް ކުރިއަށް ގެންދެވޭނެއެވެ.

16:30 އިންތިހާބުގެ ކެމްޕެއިންގެ އެންމެ ފަހުގެ ކަމެއްގެ ގޮތުން ދެ ޕާޓީން ވަނީ މަގުމަތީ ހިނގާލުމުގެ ހަރަކާތް މީގެ ކުޑައިރުކޮޅެއްކުރިން ފަށާފައި.

16:32 އެމްޑީޕީގެ މެމްބަރުން އަމީނީމަގުން ހިނގާލުން ކުރިއަށްދާއިރު ޕީއެންސީން ހިނގާލުން ކުރިއަށްގެންދަނީ މަޖީދީމަގުގަ.


ޕީއެންސީ ހިނގާލުމުގެ ތެރެއިން..

އެމްޑީޕީ ހޭވައްލާ ތައްޔާރު ކެމްޕެއިން ނިންމާ ހިނގާލުން

16:39 އެމްޑީޕީގެ ހިނގާލުމުގެ ތެރެއިން ވާހަކަދައްކަވަމުން މޭޔަރު ކެނޑިޑޭޓް އާދަމް އާޒިމް ވިދާޅުވީ، ކެމްޕެއިންކުރުން ސަރުކާރުން ހަނިކުރިނަމަވެސް އެޕާޓީގެ މެމްބަރުންނަކީ ހިތްވަރުގަދަ ބައެއްކަމަށް.

- މާދަމާ ތިން އިންތިހާބެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ. އެއީ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބުގެ އިތުރުން ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ބެލުމަށް ނަގައި ފެންނަ ނުފެންނަ ވޯޓު..

- މާދަމާ ވޯޓުލުން ފަށާނީ ހެނދުނު 08:00 ގައި. އަދި ވޯޓުލުން ނިމޭނީ ހަވީރު 16:00 ގައި. 

ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ އަދަދު:

ޕީއެންސީ 1322 ކެންޑިޑޭޓުން
އެމްޑީޕީ 905 ކެންޑިޑޭޓުން
އެމްޑީއޭ 57 ކެންޑިޑޭޓުން
ޖުމްހޫރީ ޕާޓީ 15 ކެންޑިޑޭޓުން
އަދާލަތު ޕާޓީ 9 ކެންޑިޑޭޓުން
ދަ ޑިމޮކްރެޓްސް 8 ކެންޑިޑޭޓުން
އަމިއްލަ ގޮތުން 645 ކެންޑިޑޭޓުން

މި އިންތިހާބުގައި ޖުމުލަ 588 ވޯޓު ފޮށި ބަހައްޓަ އެވެ. މާދަމާގެ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ޖުމުލަ އަދަދަކީ 294،876 އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
30 Jun 2026
ޓާޓާގެ ޑޭޓާ ލީކުން އައިފޯން 18 ޕްރޯގެ ސިއްރު ކޮމްޕޯނެންޓް ލިސްޓު ހާމަވެއްޖެ
ލީކުވި ފައިލްތަކުގެ ތެރޭގައި އެޕަލްގެ "ކޮންފިޑެންޝަލް" ވޯޓާމާކް ޖެހި ފައިލްތައް ހިމެނޭ ކަމަށާއި އައިފޯން 18 ޕްރޯ ޖީލާ ދިމާވާ އެޕަލްގެ އިންޓާނަލް ކޯޑް ނަންތައް ވެސް ހުރި ކަމަށް މި ކަމާ ބެހޭ މައުލޫމާތު އެނގޭ ފަރާތުން ބުނެފައިވެއެވެ. އައިފޯން 18 ޕްރޯ ފައިލްތަކުގެ ފޯލްޑަރުގައި 2026 ގެ ކުރީކޮޅުގެ ތާރީޚު ޖެހި ޓާޓާގެ ޕްލާންޓެއްގައި ޑްރޮޕް ޓެސްޓް ހަދަމުންދާ އައިފޯންތަކުގެ ފޮޓޯ ވެސް ހިމެނެއެވެ. އެ ފޮޓޯތަކުން ފެންނަނީ ތިން ފަހަތު ކެމެރާ ސެޓަޕެއް ހިމެނޭ އެޕަލް ލޯގޯ ޖެހި އާދައިގެ ސްލެބް ބައްޓަމެއްގެ ގްރޭ ކުލައިގެ ހެންޑްސެޓެއް ކަމަށް ރޮއިޓާސް އިން ރިޕޯޓުކޮށްފައިވެއެވެ.
30 Jun 2026
ވަޓްސްއެޕްގައި ޔޫޒާނޭމް ފީޗާ ތަޢާރަފު ކުރަނީ
ވަޓްސްއެޕުން ފޯނު ނަންބަރު ހިއްސާ ނުކޮށް ޔޫޒާނޭމް މެދުވެރިކޮށް ޗެޓް ކުރެވޭ ފީޗާއެއް ތަޢާރަފު ކުރަމުން އަންނައިރު، މި ފީޗާ މަދު މަސްތަކެއްގެ ތެރޭގައި ތިން ބިލިއަން ޔޫޒަރުންނަށް ލިބޭނެއެވެ.
30 Jun 2026
ޕެނަލްޓީ ޖަހައިގެން ޖަރުމަނު ބަލިކޮށް ޕަރަގުއޭ އަނެއްބުރަށް
މިއީ ވޯރލްޑް ކަޕްގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ޕެނަލްޓީ ޖަހައިގެން ޖަރުމަން ބަލި ފުރަތަމަ ފަހަރެވެ
30 Jun 2026
ފަހަތުން އަރައި ޖަޕާނު ބަލިކޮށް، ބްރެޒިލް ގަދަ 16 އަށް
މެޗުން ބްރެޒިލް މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މެޗްގެ އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައި މާޓިނެލީއެވެ. މި މުބާރާތުގައި ދެން ބްރެޒިލް ނިކުންނާނީ، އައިވަރީ ކޯސްޓާއި ނޯވޭ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ
29 Jun 2026
ދެ އަހަރާ ބައިގެ ތެރޭގައި ކަސްޓަމުން ވަނީ 324 ކިލޯގެ ޑްރަގް އަތުލައިގެންފައި
އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަދަދު ކުރީ ދައުރުގެ ދެ އަހަރާއި ބަޔަށް ވުރެ 31 އިންސައްތަ އިތުރެވެ.
29 Jun 2026
ކަޓަރަކުން މީހެއްގެ ކުޑަވައި އިނގިލި ބުރިކޮށްލި މައްސަލަ: ތިން މީހަކު ދިގު މުއްދަތަށް ޖަލަށް
މި މީހުންގެ ތެރެއިން ސާއިފް ވަހީދު 15 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ. އަދި ނައުޝާދު އާއި އަލީ ސާމީ 10 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.
29 Jun 2026
ޖަނަވަރީގެ ކުރީން މުޅި ރާއްޖޭގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށަން ނިންމައިފި
ސަރުކާރުން ޢާންމުންނަށް ދެއްވާ ޚިދުމަތްތައް ހަރުދަނާކުރައްވައި، ކަނޑައަޅުއްވާފައިވާ ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމެވުމުގެ މަޤުޞަދުގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ވަނީ ނިންމަވައިފަ އެވެ.
29 Jun 2026
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްބޭނި ލަންކާގެ މަސްބޯޓް ދައުލަތަށް ނަގައި ބޮޑު ޖޫރިމަނާއެއް
މި ހުކުމްގައި ވަނީ ލަންކާގެ އެ މަސްބޯޓު ގަވާއިދާ ހިލާފަށް މަސްވެރިކަން ކޮށްފައިވާތީވެ، ބޯޓުގެ ވެރިފަރާތް އޭޖޭވީޑީ ސިލްވާ 600،000 ރުފިޔާއިން ޖޫރިމަނާކޮށް މިއަދުގެ ދޭއް ޖެހުމުގެ ކުރިން މަސްވެރިކަމާ ބެހޭ ވުޒާރާއަށް އެ ފައިސާ ދެއްކުމަށް އަމުރުކޮށްފައެވެ