ރައީސް ވާހަކަފުޅު ދައްކަވަނީ --
ހަބަރު
03 Apr 2026 | 17:50
ސުކޫކު ދެއްކުމުން ސަރުކާރުން ރަހުނުކުރި ތަންތަން މިނިވަންވެއްޖެ: ރައީސް

ބައި ބިލިއަން ޑޮލަރުގެ ސުކޫކްގެ އަގު އެއްފަހަރާ އަދާކުރުމާއެކު ކުރީ ސަރުކާރުން ރަހުނުކުރި ދައުލަތުގެ މުހިންމު ތަންތަން މިނިވަން ވެގެން ގޮސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ، ސޮވެރިން ޑިވެލޮޕްމެންޓު ފަންޑާއި، ރިޒާވްގައި ރައްކާކޮށްފައި ހުރި ފައިސާ ބޭނުންކޮށްގެން ރާއްޖެއިްނ އަދާކުރަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫން ދައްކައި ހަލާސްކޮށް ނިންމިކަން ހާމަކޮށްފައެވެ.

މިއަދު އޮތް ރެލީގައި ވާހަކަފުޅު ދައްކަަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ލޯނު ނެގީ ދައުލަތުގެ މުހިންމު ތަންތަން ރަހުނުކުރުމަށް ފަހު ކަމަށެވެ. އޭގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗާއި ފިނޭންސް ބިލްޑިން ހިމެނޭ ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން ބޮޑެތި އަދަދުތަކުން ލޯނު ނެގީ މާލީގޮތުން އެއްވެސް ފައިދާއެއް ނެތް ކަންކަމުގައި ކަމަށެވެ. އަދި ވިދާޅުވީ ބޮޑު ދަރަނި މި ސަރުކާރުން އިއްޔެ ދެއްކީ އެންމެ ފައިސާ ފޮއްޗެއް ވެސް ޗާޕުނުކޮށް ގައުމުގެ އިގްތިސާދު ހަމަ ޖައްސަމުން ކަމަށެވެ.

"ނެގި ސުކޫކު, އަޅުގަނޑުމެންގެ ޤައުމު ދަރުވާނުލާ, އަޅުގަނޑުމެންގެ ރައްޔިތުންނަށް ލިބޭ އެއްވެސް އެއްޗެއް އިނާޔަތެއް އުނިކޮށް, އެއްވެސް ފައިސާ ފޮއްޗެއް ޗާޕުނުކޮށް ރެކޯޑް އަދަދެއްގެ ޤައުމީ ރިޒާވް ހާސިލުކުރުމަށް ފަހު އިއްޔެ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދައްކާ ޚަލާސް ކޮށްފިން," ރައީސް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް ހިންގަން ސޮއިކޮށްފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީއަށް ނިސްބަތްވާ މަޝްހޫރު ޑިވެލޮޕަރ، އީގަލް ހިލްސްއިން ދިވެހި ސަރުކާރާއެކު 20 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫޢެއް ތަރައްޤީ ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
21 Sep 2026
މަސްޖިދުލް ޙަރާމްގެ މުއައްޛިން، ޝައިޚް އިބްރާހީމް އަލްމަދަނީ އަވަހާރަވެއްޖެ
މައްކާގެ މަސްޖިދުލް ޙަރާމްގެ މަޝްހޫރު މުއައްޛިން، ޝައިޚް އިބްރާހީމް ބިން ޢާދިލް ޙަމްޒާ އަލްމަދަނީ އަވަހާރަވެއްޖެއެވެ. ޝައިޚް އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
21 Sep 2026
ނިއުގެ އެސިސްޓަންޓް ކޯޗަށް ސުޒޭރު ހަމަލާދިން މައްސަލަ ބަލަން ފަށައިފި
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރި މެޗުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒައިރު ހަމަލާދިން މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
21 Sep 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޑަހުވަދޫއިން ތިން މީހަކު ހައްޔަރުކޮށްފި
ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުން ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
21 Sep 2026
ގައިދީން ބެލެހެއްޓުމާގުޅޭ ޕްރޮގްރާމެއްގައި ފުލުހުންގެ އޮފިސަރަކު ބައިވެރިވެއްޖެ
ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން އިންތިޒާމުކޮށްގެން ޖަޕާނުގައި ކުރިއަށްގެންދިޔަ ޖަލުތަކާއި ގައިދީން ބެލެހެއްޓުމާގުޅޭ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރަކު ބައިވެރިވެވަޑައިގެންފިއެވެ.
21 Sep 2026
ލިވަޕޫލް މޮޅުވިއިރު މެންޗެސްޓަރ ޔުނައިޓެޑަށް ފުއްދާލީ ޕޮއިންޓަކުން
ފްލަމް މޮޅުވަމުން ދަނިކޮށް ޔުނައިޓެޑް ސަލާމަތްކޮށްދިނީ 89 ވަނަ މިނެޓް ތެރޭގައި ކުންހާ އެވެ
21 Sep 2026
ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމަށް ސިންގަޕޫރުން ފެށީ ތަފާތު ހަރަކާތެއް
ދިރިއުޅުމުގެ ކާރުބާރު ބޮޑު މާހައުލުގައި ދުވާލަކު 15 މިނެޓު ފޮތެއް ކިޔާލައިގެން ކުޑަ ނަމަވެސް ފައިސާގެ އިނާމެއް ލިބޭނެ ގޮތެއް އޮތްނަމަ އެކަން ކުރާނަން ހެއްޔެވެ؟ ސިންގަޕޫރުގެ ސަރުކާރުން މިހާރު މިވަނީ ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމުގެ ގޮތުން މިފަދަ ތަފާތު ކެމްޕޭނެއް ފަށާފައެވެ.
21 Sep 2026
އިޓަލީގެ ސްކޫލްތަކުގައި ނިޤާބު މަނާކުރަން ހުށަހަޅަނީ
އިޓަލީގެ ބޮޑުވަޒީރު މެލޯނީ ސްކޫލްތަކުގައި ނިޤާބު މަނާކޮށް ބިދޭސީ ދަރިވަރުންގެ ޢަދަދު ކޮންޓްރޯލްކުރުމުގެ ފިޔަވަޅު އަޅަނީ