11 Nov 2020 | 14:41
ޔާމީންގެ އަދަބު ލުއިކޮށްދެވޭނީ ސުޕްރީމް ކޯޓުގެ މަރުޙަލާއަށްފަހު ކަމަށް ރައީސް ވިދާޅުވެއްޖެ

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ހުކުމް ތަންފީޒު ކޮށްފައިވާ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ އަދަބު ލުއިކޮށްދެވޭނީ ސުޕްރީމް ކޯޓުން ނިމިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޞާލިޙް ވިދާޅުވީ ޙުކުމް ތަންފީޒުކުރާ މީހަކަށް މަޢާފްދިނުމަކީ ރަޢީސްކަށް ހުންނަ މީހަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ކޮށްދެވޭނެ ކަމަކީ އަދަބު ލުއިކޮށްދިނުންކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓުން މައްސަލަ ނިންމުމުގެ ކުރިން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

"އެއްވެސް ޑީލެއްގެ ދަށުން ބަންދެއްގައި ހުރި މީހަކު ދޫކޮށްލުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން" އެ މަނިކުފާނު ވިދާޅުވިއެވެ.

މަނީ ލޯންޑަރިންގެ އަމަލެއް ހިންގުމުގެ ކުށް  ސާބިތުވެފައިވާ  ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ކަމަށް ކްރިމިނަލް ކޯޓުން ނިންމާ ފަސް އަހަރަށް އެމަނިކުފާނު ޖަލަށް ލުމާއެކު ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ނޮވެންބަރު 28، 2019 ގައި ވަނީ ހުކުމްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Jul 2026
މުޒާހަރާތަކާ ގުޅިގެން އިންޑިއާގެ ތައުލީމާބެހޭ ވަޒީރު އިސްތިއުފާދެއްވައިފި
ޕްރަދާން އިސްތިއުފާދެއްވާފައިމިވަނީ ކޮކްރޯޗް ޖަންތާ ޕާޓީން ހަފުތާތަކެއް ވަންދެން ކުރި މުޒާހަރާތަކާ ގުޅިގެން ކުރިމަތިވެވަޑައިެގެންނެވި ފިއްތުންތަކުގެ ސަބަބުންނެވެ
25 Jul 2026
ރިއަލް މެޑްރިޑުން އެންމެފަހުން ރޮޑްރީ ހޯދުމުގެ މަސައްކަތް ފަށައިފި
މެންޗެސްޓަރ ސިޓީއާއެކު ރޮޑްރީ ހަދާފައިވާ އެއްބަސްވުމުގައި ބާކީ 12 މަސް ދުވަސް އޮތް ނަމަވެސް، އޭނާ އެ ކްލަބުގައި މަޑުކުރުވުމަށްޓަކައި އާ އެއްބަސްވުމެއްގައި ސޮއިކުރުވަން ސިޓީން ވަރަށް ބޮޑަށް ބޭނުންވެއެވެ
25 Jul 2026
މާލެ ސަރަހައްދަށް ކުއްލިއަކަށް މޫސުން ގޯސްވެއްޖެ
25 Jul 2026
ހުޅުމާލޭ ފޭސް ދޭކުން ދެން އެންމެ އަވަހަށް ނިމޭނީ ކޮން މިސްކިތެއް؟
ހުޅުމާލޭގައި އިމާރާތް ކުރަމުންދާ މިސްކިތްތަކަށް ބަލާއިރު، ނުނިމި ދިގުލައިގެންދިޔަ މިސްކިތަކީ ސަލާހުއްދީން ސްކޫލް ކައިރީ އެސްޖޭއިން އިމާރާތްކުރަމުން އަންނަ މިސްކިތެވެ
25 Jul 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ސްރީލަންކާއިން ދެ ދިވެއްސަކު ހައްޔަރުކޮށްފި
ސްރީލަންކާގެ ނޫސްތަކުގައިވާގޮތުން މި ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ނާކޮޓިކްސް ބިއުރޯ (ޕީއެންބީ) ގެ ޚާއްޞަ އޮޕަރޭޝަނެއްގައި ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ
25 Jul 2026
މިނިވަންދުވަހުގެ ހަރަކާތްތަކަށް ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރު ރާއްޖެއަށް
ޕްރިންސް ޑރ.މަންސޫރުގެ މި ދަތުރުފުޅަކީ ސަޢޫދީ ވަލީއަޙުދު އަދި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ފަރާތްޕުޅުން ކުރައްވާ ދަތުރުފުޅެކެވެ
24 Jul 2026
ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން އިސްތިޢުފާ ދެއްވައިފި
ޝަހާބުއްދީން އިސްތިއުފާދެއްވީ ސިއްހީ ހާލަތުހުރިގޮތުން މަގާމުގެ ޒިންމާ އަދާނުކުރެވޭތީކަމަށް އެމަނިކްފާނު ވަނީ ވިދާޅުވެފައި
24 Jul 2026
ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިންމައިލެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.