އެއާޕޯޓުން ބޮޑު ކްލަސްޓާއެއް!

16 Nov 2020 | 06:03

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ކާގޯގައި މަސައްކަތް ކުރާ 22 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެއާޕޯޓްގެ މަސައްކަތްކުރާ ގިނަބަޔަކު ކޮވިޑް-19 އަށް ޓެސްޓް ކުރަން ފަށައިފިއެވެ.

ހެލްތު އިމްޖެންސީ އޮޕަރޭޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ފާތުމަތު ނަޒްލާ ރަފީޤް ވިދާޅުވީ މާލެ އިންޓަރނޭޝަންލަ އެއާޕޯޓްގެ ކާގޯގައި މަސައްކަތްކުރާ 22 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ނަޒްލާ ވިދާޅުވީ އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓުން މިމަހުގެ 5 ވަނަ ދުވަހު ވަނީ ޕޮޒިޓިވް ކޭސްއެއް ފެނިފައެވެ. އަދި ޖެހިޖެހިގެން ހަތަރު ދުވަހު ޖުމްލަ 21 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ނަޒްލާ ފާހަގަކުރެއްވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ އެއާޕޯޓް ކާގޯ ޑިޕާޓްމަންޓުން ގިނަ ބަޔަކު މި ބައްޔަށް ޕޮޒިޓިވްވެ، ޕޮޒިޓިވްވެފައިވާ މީހުންނާއި ކޮންޓެކްޓްވި މީހުން ދެނެގަނެ މިހާތަނަށް 27 މީހަކު އެކަހެރިކޮށްފައިވާ ކަމަށެވެ.

މި ކްލަސްޓާ އާއި ގުޅިގެން މިއަދު 136 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ.

Advertisement

ކޮމެންޓް