ސަޕޯޓަރުންގެ ގިނަ ވޯޓާއެކު ދަގަނޑޭ ސެމީފައިނަލަށް!

16 Nov 2020 | 17:37

އޭއެފްސީ ބްރެކެޓް ޗެލެންޖުގެ ސެމީ ފައިނަލަށް ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ އުހުގައި ފިޔަޖަހަމުން އަންނަ އަލީ އަޝްފާގް (ދަގަނޑޭ) ދަތުރުކޮށްފި އެވެ.

އޭއެފްސީ ކަޕުގައި ދަގަނޑޭ ޖަހާފައިވާ މޮޅު ގޯލްތަކުގެ މެދުގައި ބާއްވާ މިމުބާރާތުގެ ކުއާޓާ ފައިނަލްގައި ވަރަށް ކުޑަ ތަފާތަކުން ކުރިހޯދާފައިވަނީ ވިއެޓަނާމްގެ ހަނޯއީ އެފްސީގެ ކުޅުންތެެރިއަކާ ވާދަކޮށްގެންނެވެ.

މި ޗެލެންޖްގައި ދަގަނޑޭ ވާދަކުރަނީ 2013ވަނަ އަހަރު އޭނާ ނިއުރޭޑިއަންޓަށް ކުޅުނު އިރު، އިންޑޮނީޝިޔާގެ ޕާސިބޯއާ ދެކޮޅަށް ޖެހި ގޯލަކުންނެވެ. އެގޮތުން ގޯލް ކީޕަރާއި ޑިފެންސްގެ ކުޅުންތެެރިން ކައިރިން ނައްޓާލުމަށްފަހު އޭނާ ޖެހި މި ގޯލަށް އޭރުވެސް ގިނަބަޔަކު ވަނީ ތައުރީފްކޮށްފައެވެ.

މި މެޗްގައި ނިއުރޭޑިއަންޓުން ހަތްގޯލު ޖެހިއިރު، އޭގެ ތެރެއިން ފަސް ގޯލު ޖަހާފައިވަނީ ދަގަނޑޭއެވެ

Advertisement

ކޮމެންޓް